ޑރ.މ.ޝިފާން
ކުޑަކުދިންގެ ކެންސަރަކީ ކުޑަކުދިންގެ (އާންމުކޮށް 0-14 އަހަރާ ދެމެދު، އަދި ބައެއްފަހަރު 19 އަހަރާ ހަމައަށް) ގައިގައި ޖެހޭ ކެންސަރުތަކަށް ކިޔާ ނަމެކެވެ. މިއީ އެއް ބާވަތެއްގެ ބައްޔެއް ނޫނެވެ. އޭގެ ތެރޭގައި ގިނަ ބާވަތްތައް ހިމެނެއެވެ. މިސާލަކަށް:
• ލިއުކީމިއާ (ލޭ ނުވަތަ ކަށީގެ މަދުގެ ކެންސަރުތައް)
• ސިކުނޑިއާ މައިބަދއިގެ ޓިއުމަރތައް
• ލިމްފޯމާ (ލިމްފެޓިކް ނިޒާމުގެ ކެންސަރުތައް)
• ނިއުރޯބްލަސްޓޯމާ، ވިލްމްސް ޓިއުމަރ (ކިޑްނީ ޓިއުމަރ)، ކަށީގެ ކެންސަރު ފަދަ ކެންސަރ"ގަނޑު" ޓިއުމަރ ފަދަ ޓިއުމަރުތަކެވެ.
ނޯޓް:ބޮޑެތި މީހުންގެ ކެންސަރުތަކާ އަޅާބަލާއިރު ކުޑަކުދިންގެ ކެންސަރުތައް މަދުކަމުގައި ވީނަމަވެސް، މުޅި ދުނިޔޭގައި ކުޑަކުދިން ބަލިވެގެން މަރުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ކެންސަރު އަވަހަށް ދެނެގަތުން މުހިންމުވާ ސަބަބުކެން
• ކެންސަރު ވީހާވެސް އަވަހަށް ދެނެގަނެވުނު ވަރަކަށް، ފަރުވާ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވެ، އުނދަގޫތައް މަދުވެ، އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެއެވެ.
• ކުޑަކުދިންގައި ފެންނަ ބައެއް އަލާމާތްތަކަކީ މާބޮޑު ނޫން ނުވަތަ އާންމު ބަލިތަކާ އެއްގޮތް އަލާމާތްތަކަކަށް ވާތީ، އެކަމަށް އަހައްމިއްޔަތުކަން ނުދެވި ނުވަތަ އެހެން ކަމެއްގެ ގޮތުގައި ދެކެވިދާނެއެވެ. ނަމަވެސް އަލާމާތްތައް ދެމިގެންދާނަމަ، ނުވަތަ ގޯސްވަމުންދާނަމަ، ނުވަތަ އާދަޔާ ޚިލާފުނަމަ، އެކަން ބަލައި ފާސްކުރުން މުހިންމެވެ.
• ވޭތުވެދިޔަ އަހަރުތަކުގައި ފަރުވާގެ ދާއިރާގައި އައިސްފައިވާ ކުރިއެރުންތަކާއެކު، ކުޑަކުދިންގެ ކެންސަރުތަކުން ދިރިހުރުމުގެ ނިސްބަތް މަތިވެފައިވެއެވެ. މިސާލަކަށް، ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭ ތަންތަނުގައި ގިނަ ބާވަތްތަކުގެ ކެންސަރުތަކުގައި 5 އަހަރަށް ދިރިހުރުމުގެ ނިސްބަތް މިހާރު %80 އަށްވުރެ މަތިވެފައިވެއެވެ
އާންމު އަލާމާތްތަކާއި ނިޝާންތައް
މި އަލާމާތްތަކަކީ އަބަދުވެސް ކެންސަރުގެ އަލާމާތްތަކެއް ނޫނެވެ. ގިނަފަހަރަށް މިއީ ނުރައްކާތެރިނޫން އެހެން ކަމެއްގެ (މިސާލަކަށް: އިންފެކްޝަނެއް، ޒަޚަމެއް، ހެދިބޮޑުވުމުގެ ސަބަބުން އަންނަ ބަދަލުތައް ފަދަ) އަލާމާތްތަކަށްވުން ގާތެވެ. ނަމަވެސް މި އަލާމާތްތައް ދެމިގެންދާނަމަ، ސަބަބެއް ނޭނގި ފެންނަމުންދާނަމަ، ނުވަތަ އިތުރަށް ގޯސްވަމުންދާނަމަ، ޞިއްޙީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަކީ ރަނގަޅު ކަމެކެވެ. ތިރީގައި މިވަނީ ބައެއް އިންޒާރުދޭ އަލާމާތްތަކެވެ:
ބައެއް ވަކި ކެންސަރުތަކާއި އޭގެ ސިފަތައް
• ލިއުކީމިއާގައި އާންމުކޮށް ފެންނަ ސިފަތަކުގެ ތެރޭގައި ހިމެނެނީ ހަނގަނޑު ނޫފައި ގަތުމާ ދެހަން ދޭތެރެއަށް ލޭއައުން އުފެދުން، (އެނީމިއާގެ ސަބަބުން) ހަން ކުލަ ބަދަލުވުން، ހުން އައުން، އަދި ކަށީގައި ރިހުން.
• ވިލްމްސް ޓިއުމަރ (ކުޑަކުދިންގެ ކިޑްނީ ކެންސަރު) އާންމުކޮށް ފެންނަނީ ބަނޑު ދުޅަވުމުގެ ސިފައިގައި، އަދި ބައެއް ފަހަރު ކުޑަކަމުދާ އިރު ލޭ އައުމާއި ރިހުން.
• ނިއުރޯބްލާސްޓޯމާ (ނާރުތަކުގެ ނިޒާމުން ފެށޭ) ބައެއް ފަހަރު ފެންނަނީ ގޮށްތަކެއްގެ ސިފައިގައި، ކަށީގައި ރިހުން، ނުވަތަ ނާރުތަކުގެ ޓިޝޫ ހިމެނޭ ސަރަޙައްދުތަކުގައި ދުޅަވުން.
މައިންބަފައިން/ބަލަދުވެރިން ކުރެވިދދާނެ ކަންތައްތައް
• ކުއްޖާގެ ސިއްޙަތު ބެލެހެއްطުން: އެ ކުއްޖަކަށް "އާންމު" ގޮތް އެނގުން، އެހެންކަމުން އާދަޔާ ޚިލާފު ބަދަލުތައް ފާހަގަކުރަން ފަސޭހަވާނެ.
• ދެމިގެންދާ ނުވަތަ އިތުރުވަމުންދާ އަލާމާތްތައް އަޅާނުލާ ދޫކޮށްނުލުން - އާންމު ބަލިތަކެއް ކަމަށް ހީވިޔަސް.
• މެޑިކަލް އެސެސްމަންޓް ހޯދުން: ޖިސްމާނީ ޗެކަޕް، ލޭގެ ޓެސްޓްތައް، އަދި އިމޭޖިންގ، ލަފާދެވިފައިވާ ގޮތަށް. ބޭނުންވެއްޖެ ހިނދެއްގައި ސްޕެޝަލިސްޓަކަށް އަވަހަށް ރިފަރ ކުރުން.
• ސުވާލުކުރުން: އަލާމާތް ފެނިފައިވަނީ ކިހާ ދުވަހެއް ވެއްޖެތޯ؟ ރަނގަޅުވެފައިވޭތޯ ނުވަތަ ގޯސްވެފައިވޭތޯ؟ އެއްވެސް އެއްޗަކުން ރަނގަޅުވޭތޯ ނުވަތަ ގޯސްވޭތޯ؟
ހުރަސްތަކާއި ގޮންޖެހުންތައް
• އަލާމާތްތައް ކަނޑައެޅިގެން ނޭނގުން، މެދުކެނޑުމަކާ ނުލައި ނުހުރުން، ނުވަތަ އެހެން ބައްޔެއްގެ ގޮތުގައި ދެނެގަނެވުން.
• ބައެއް ސަރަޙައްދުތަކުގައި މެޑިކަލް ފަރުވާ، ބަލި ދެނެގަތުމުގެ ވަސީލަތްތައް، ނުވަތަ ސްޕެޝަލިސްޓުންނަށް ރިފަރ ކުރުމުގެ ފުރުސަތު މަދުވުން.
• ބަލަދުވެރިންނާއި ސިއްޙީ މަސައްކަތްތެރިންގެ މެދުގައިވެސް ހޭލުންތެރިކަން ދ ދަށްވުން
ނިންމުން
ކުޑަކުދިންގެ ކެންސަރަކީ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް، އެއީ ދެނެގަނެވިދާނެ ބައްޔެކެވެ. މި ބައްޔަށް ޚާއްޞަ ނޫން ނަމަވެސް، އޭގެ ގިނަ އިންޒާރުތައް ކުރީކޮޅުން ދެނެގަނެވިދާނެއެވެ. އެއީ ބަލަދުވެރިންނާއި ޞިއްޙީ ނިޒާމުތައް ސަމާލުވެގެން ތިބެއްޖެނަމައެވެ. ކުރީކޮޅުން ބަލި ދެނެގަތުމުން، ފަރުވާގެ ނަތީޖާ ރަނގަޅުވެ، ފަރުވާ އިތުރަށް ފޯރުކޮށްދެވި، އަދި ގިނަ ފަހަރަށް ދިގު މުއްދަތަކަށް ދިމާވާ ނޭދެވޭ އަސަރުތައް މަދުވެގެންދެއެވެ. ފެނިދާނެ އަލާމާތްތަކަކީ ކޮބައިކަން އެނގި، ދެމިގެންދާ ބަދަލުތަކަށް ސަމާލުވެ، އަދި ވަގުތުން މެޑިކަލް ޕްރޮފެޝަނަލެއްގެ ލަފާ ހޯދުމަކީ ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެކެވެ.