ކީމޯތެރަޕީ ގެފަރުވާ ނަގަމުން ދާމީހެއްގެ ހަށިގަނޑުން ބޭރުވާ ތަކެތި ރައްކާތެރިކަމާ އެކު ނައްތާލާނެގޮތް

ޝެއާރް ކޮއްލާ

ކީމޯތެރަޕީ ގެފަރުވާ ނަގަމުން ދާމީހެއްގެ ހަށިގަނޑުން ބޭރުވާ ތަކެތި ރައްކާތެރިކަމާ އެކު ނައްތާލާނެގޮތް

ޑރ.މ.ޝިފާން

ތައާރަފް:

ކީމޯތެރަޕީގެ ފަރުވާނަގަމުން ގެންދާމީހެއްގެ ހަށިގަނޑުންބޭރުވާ (ބޮޑުކަމުޑާ، ކުޑަކަމުދާ، ދަވަ އަދި ހޮޑުފަދަ) ތަކެތި ނައްތާލުމުގައި (ގެންގުޅުމުގައި) ހާއްސަ ސަމާލުކަމެއް ބޭނުން ވެއެވެ. ސަބަބަކީ ކީމޯގައި ބޭނުން ކުރެވޭ ބޭސްތަކުގައި ހިމެނޭ ކެމިކަލްތަކަކީ "ސައިޓޯ ޓޮކްސިކް" މާނައަކީ ހަށުގަނޑުގައި ހުންނަ ރަނގަޅު (ބަލިނޫން) ސެލްތަކަށް ގެއްލުންދޭ ނޫނީ ސެލްތައް ނައްތާލާ ފަދަ ބާރުގަދަ ކެމިކަލް އަކަށް ވާތީ އެެވެ.

މި ލިޔުމަކީ، ސިއްޙީ މަސައްކަްތް ތެރިންނާ، ބަލި މީހުންގެ އެހީ ތެރިން ، ކީމޯތެރަޕީ ގެފަރުވާ ނަގަމުން ދާމީހެއްގެ ހަށިގަނޑުން ބޭރުވާ ތަކެތި ރައްކާތެރި ކަމާއެކު ނައްތާލާނެ ގޮތާމެދު ލިޔެވިފައި ވާލިއުމެކެވެ. އަދި މިލިޔުމަކީ "ގައިޑްލައން" ތަކުގެ ގެ އަލީގައި ލިޔަވިފައިވާ ލިޔުމެކެވެ.

ކީމޯތެރަޕީ ގެ ބޭހުން ބޭނުން ކޮށް ނައްތާލާ (އުކާލާ) ބައިން ދިމާވެދާނެ ނުރައްްކާތައް ދެނެގަތުން:

ކީމޯތެރަޕީގެ ބޭސްތައް އަމާޒުކޮށް އުފައްދާފައިވަނީ، ހަށިގަގަނޑުގައި އަވަހަށް އުފެދި އިތުރުވާ ކެންސަރުގެ ސެލްތަކަށް އަމާޒުކޮށެވެ. ނަމަވެސް ހަށި ގަނޑުގައިވާ އަވަހަށްއުފެދޭ އެހެނިހެންސެލްތަކަށް ވެސް އަސަރު ކުރެއެވެ.

( ގޮހޮރުގެ،އިސްތަށި ބުޑު އަދި ކަށީގެމަދު ފަދަ)

މިފަދަ ބޭސްތަކަކީ ފަރުވާނަގަމުންދާ މީހާގެ ކުޑަކަމު، ބޮޑުކަމު ހޮޑު އަދިބައެއްފަހަރު ދަލުގައި އެކުލެވިގެން، ހާއްސަކޮށް ކީމޯނަގާތާ48-72 ގަޑިއިރު ތެރޭ، ހަށިގަނޑުން ބޭރުވާ އެއްޗެކެވެ. (އެމެރިކަން ކެންސަރ ސޮސައިޓީ، 2022).

ކުރިންވެސްބަޔާން ކުރެވިފައިވާ ފަދައިން، ކީމޯގައި ބޭނުން ކުރެވޭ ބޭސްތަކުގައި ހިމެނޭ ކެމިކަލްތަކަކީ "ސައިޓޯ ޓޮކްސިކް" މާނައަކީ ހަށުގަނޑުގައި ހުންނަ ރަނގަޅު (ބަލިނޫން) ސެލްތަކަށް ގެއްލުންދޭ ނޫނީ ސެލްތައް ނައްތާލާ ކެމިކަލްތަކެކެވެ. އެހެންކަމުން މިފަދަ ތަކެއްޗަކީ، މިފަދަ ތަކެތީ ގައި ތަކުރާރުކޮށް "ޖެހި" އުޅޭ ސިއްހީއެހީތެރިން، އަދި ބަލިމީހުންގެ އެހީތެރިން، ގެންގުޅުމުގައި ރައްކާތެރި ހާއްސަ ފިޔަވޅުތަކެއް އަޅަންޖެހޭކަމެކެވެ. (ލިބިދާނެ ގެއްލުންތަކުގެ  ތެރޭގައި ހަންގަނޑު ހަލާކުވުން، ލޮލަށް ގެއްލުންވުން، ދަރިމައިވުމުގެ ސިއްހަތަށް ދިމާޖވާހުރަސްތަކެއް އަދި ކެންސަރ އުފެދުމުގެ ރިސްކު އިތުރުވުން. (ނެޝަނަލް އިންސްޓިޓިޢުޓް އޮފް ހެލްތް، 2021)

ރަނގަޅުގޮތުގައިމިފަދަ ތަކެތި ނައްތާލުމު ގައި ހެޔޮ އާދަތަކެއް ގެންގުޅުމަކީ އެންމެ މުހިއްމު އަސާސެވެ. ހާއްސަކޮށް ގޭގޭތެރޭގައި ނަމަ، ސިއްހީ ހިދްމަތް ތެރިންނަށް ލިބޭފަދަ ރައްކާތެރި ވަސީލަތް ތަކެއް ނުލިބޭހާލަތެއް ގައެވެ.

ރައްކާތެރިކަމާއެކު ކީމޯތެރަޕީ ގެ ސަބަބުން އުފެދޭ ތަކެތި ނައްތާލުމަށް ލިޔެވިފައި ވާ "ގައިޑްލައިން" ތައް ބުނަނީ ކީކޭބާ ؟

ޕީ.ޕީ.އީ ބޭނުން ކުރުނެ:

ކީމޯ ތެރަޕީ ގެ ފަރުވާ ނަގަމުން ދާ މީހުން ގެ ހަށި ގަނޑުން ބޭރުވާ ތަކެތި ނައްތާލުމުގައި، އަދި ގެންގުޅުމުގއި، ޕަރަސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ)، އަންގި(ސާރޖިކަލް ގްލަވްސް)، މާސްކް،( ފޭސް ޝީލްޑް) އަދި ގައުން ފަދަ ވަސީލަތް ތައްް ބޭނުން ކުރަންވާނެއެވ.

ހާއްސަކޮށް މިފަދަ ތަކެތި ގެންގުުޅޭ (ގައިގޯޅި ވެއުޅޭ) ހުރިހާއިރަކުވެސް އަންގިބޭނުން ކުރަން ވާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި "ލޭޓޭކްސް" އަންގި އަށް ވުރެ "ނައިޓްރައިލް" އަންގި ބޭނުން ކުރުމުގެ ފައިދާ އެތައް ގުނައަކަށް ރައްކާތެރި އެވެ. އެހެން ކަމުން އެންމެ އެދެވިގެން ވަނީ "ނައިޓްރައިލް" އަނގި ބޭނުން ކުރުމެވެ. (އޮންކޮލޮޖީ ނަރސިން ސޮސައިޓީ، 2021)

ފާހާނާ ތަށީގެ ފްލަޝްޓޭންކް ދެ ފަހަރު ފެންދުއްވާލުން

ބަލިމީހުން އަދި އެހީތެރިން ފާހާނާ ބެނުން ކުރުމައް ފަހު (ބޮޑުކަމު، ކުޑަކަމު، ނޫނީ ހޮޑު)، ފްލަޝް ޓޭންކުން މަދުވެގެން ދެފަހަރު ފެންދުއްވާލަން ވާނެއެވެ. ހާއްސަ ކޮށް ކީމޯނެ ގިތާ 48-72 ގަޑި އިރު ތެރޭގަނަމައެވެ. މި ކަން މިގޮތަށް ކުރަންޖެހޭ ސަބަބަކީ، ހަށިގަނޑުން ބޭރުވާ މިފަދަ ތަކެތީ ގައި އެކުލެވޭ، ކީމޯ ގެ ކެމިކަލް ގެ އަސަރު (ބާރު) ކަނޑުވާލުމުގެ ގަސްތުގައެވެ. އަދި މިފަދަ އިން ފެންދުއްވާލާއިރު ފާހާނާ ތަށިގެ މަތި ޖެހުމަކީ އެންމެ ރަނގަޅު ގޮތެވެ. މިގޮތަށް ކަންތައްކުރުމުން "ބުރައިގެން" ދާނެމިންވަރު ވަރަށްބޮޑަށް މަދުކުރެވެއެވެ. އެހެން ކަމުން އެހެންމީހެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރަނގަޅު އަސަރު ދުރުހެލި ކޮށް ދެއެވެ. (މެޔޯ ކްލިނިކް، 2022)

ޑައެޕަރް ނޫނީ ޑިސްޕޯސަބަލް ޕެޑްސް ބޭނުން ކުރުން :

ހަށި ގަނޑުން ބޭރުވާ ތަކެތި ޖެހޭފަދަ ތަން ތަން (މިސާލަކަށް ފާހާނަ ތަށީގެސީޓު، މޫނުދޮަންނަތަށީ ގެ އިސްކުރު)

ކުޑަކަމު ނޫނީ ބޮޑުކަމު ނުހިފެހެއްޓޭނަމަ، "ނެޕީ" ނުނީ "ޕެޑް" ބޭނުން ކުރަންވާނެއެވެ. އަދި ބޭނުން ކުރެވިފައިވާ މިފަދަ ތަކެތި އަންގި އެއްލައްވައިގެން، ލީކުނުވާފަދަ ކޮތަޅަކަށް ލާ އެހެނިހެން އުކާލެވޭ ތަކެއްޗާ ވަކިކުރެވެން ވާނެއެވެ. މިފަދަ އިން ވަކި ކުރެވޭ ތަކެތި ނައްތާލުމަށް ހާއްސަ ގަވަިދެއްގެ ދަށުން ކުރިޔަށް ގެންދެވޭނެއެވެ. (މިފަދަ އިންނައްތާލެވޭ ތަކެތި ރައްކާތެރި ކޮށް ނައްތާލުމަށް ހާއްސަ ގަވައިދެއް ލިޔެވިގެން ވާނެއެވެ). (އެމެރިކަން ކެންސަރ ސޮސައިޓީ، 2022).

ތަންތަން ސާޕުކޮށް ބެލެހެއްޓުމުގައި ކަންކުރަންވީ ގޮތް:

ހަށި ގަނޑުން ބޭރުވާތަކެތި ޖެހޭފަދަ ތަން ތަން،މިސާލަކަށް ފާހާނަ ތަށީގެ ސީޓު، މޫނުދޮންނަތަށީގެ ގެ އިސްކުރު ފަދަ ތަންތަން ބޭނުން ކުރުމަށް ފަހު ރަނގަޅަށް ލައްފިލުވާ "ބްލީޗް" އެކުލެވޭ ސާފުކުރާ ވަސީލަތެއް ބޭނުން ކޮށްގެން، ގަވަިދުން  ސާފުކުރަން ވާނެއެވެ. މިއީ، މިފަދަ ތަން ތަން ބޭނުން ކުރާ އެހެން މީހުންގެ ރައްކަލަކަށް ކުރާ ކަމެކެވެ. (ސެންޓަރ ފޯރ ޑިސީސް ކޮނޓްރޯލް އެންޑް ޕްރިވެންޝަން، 2021).

އަންނައުން ދޮވުމުގަ އަމަލުކުރަންވީ ގޮތްތައް :

ހަށިގަނޑުން ބޭރުވާތަކެތި ޖެހޭ އަންނައުން، ބެޑުޝީޓުފަދަ ތަކެތި ގެންގުޅެންވާނީ ވަރަށް ސަމާލުވެ ރައްކާތެރި ކަމާއެކުއެވެ.ހާްއްސަކޮށް މިފަދަތަކެތި ދޮންނަން ވާނީ އެހެން މީހުންގެ ތަކެއްޗާވަކިންނެވެ. އަދި ދޮވުމުގަ ރަނގަޅު ގޮތަކީ ތާފެނާފެން ބޭނުން ކުރުމެވެ.އަދި ރަނގަޅު ދޮންނަ ކުނޑިއެއް ބޭނުން ކުރުމެވެ. މިފަދައިން ދޮންނަން ބޭނުން ކުރެވޭ ފެންގަނޑެއް ރައްކާތެރިކަމާ އެކު ނައްތާލެވެން ވާނެއެވެ. އަދި މިފެންގަނޑުން އެހެންމީހުނގެ އެއަޗެހި ދޮވުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އަދި މިފަދަ ތަކެތި ދޮންނަ މީހެއްވެސް ރައްކާތެރި ފިޔަވަޅު އަޅަން ވާނެއެވެ. އަދި މަދުވެގެން، ދޮންނަ މީހަކު އަންގިއެއް ބޭނުން ކުރަންވާނެއެވެ. (އޮންކޮލޮޖީ ނަރސިން ސޮސައިޓީ، 2021)

ހޮޑުފަދަ ތަކެތި ނައްތާލާނެ ގޮތް:

ހޮޑުފަދަ ތަކެތި ސާފުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ހޮޑު ލެވިފައިވާތަނެއް ސާފުކުރުމުގައި އަންގިބޭނުން ކުރުން އަދި، ސާފުކުރުމުގައި "އެބްސޯރބް ކުރާ" ކަރުދާސް ޓިށޫ، ކަރުދާސް "ޓަވަލް" ބޭނުން ކުރުން ރަނގަޅުވާނީ. މިފަދަ އިން ބޭނުން ކުރެވޭ ތަކެއި "ޑަބަލް ބޭގް" ފައްތަރުކުރެވިގެން ދެ ކޮތަޅު ބޭނުން ކޮށް ރަނގަޅަށް ބަނދުކުރަން ޖެހޭނެއެވެ. އަދި މިފަދަ އިން ނައްތާލަން ވަކިކުރެވޭ ތަކެތި އެހެނިހެން ގޭގެ ތެރެއިނއް ނެރޭތަކެއްޗާ ވަކިކޮށްފަ ބަހައްޓަންވާނެއެެވެ. އަދި، ހޮޑު އާނމުކޮށް ލެވޭނަމަ ގާތުގައި "ލީކު" ނުވާފަދަ ހޮޑުކޮތަޅު ގެންގުޅުން އެހީތެރި ވެދޭނެއެވެ. (އެމެރިކަން ކެންސަރ ސޮސައިޓީ، 2022).

ތޫނު ތަކެތި، ނައްތާލެވޭ ތަކެތި ބެހެއްްޓުމަށް ހާއްސަ "ކޮންޓެއިނަރެއް" ބޭނުން ކުރުން.

ބަލިމީހާ އަކީ އިނޖެކްޝަން ޖަހަންޖެހޭ މީހެއްނަމަ ނޫނީ މިފަދަ ތޫނުވަސީލަތެއް(އިންޖެކްޝަން ކަށި ފަަދަ) ފަރުވާގެތެރޭ ގައި ބޭނުން ކުރަންޖެހޭމީހަކަށް ވާނަމަ، ބޭނުން ކޮށްފާވާ ތަކެތި އެކަހެރި ކޮށް ވަކި ދަޅެއް ނޫނީ ޕްލާސްޓިކް ކޮންޓޭނަރެއްގައި ވަކިން ބެހެއްޓުމަކީ ރައްކާތެރި ގޮތެވެ. އަދި މިފަދަ ކޮނޓޭނަރެއްގައި ސާފުކޮށް ނަންޖަހަން ވާނެއެވެ، އަދި ގޭތެރޭ ގެ އެހެނިހެން އުކާލެވޭ ތަކެއްޗާ، ވަކިން ބަހައްޓަން ވާނެއެވެ.( ނޯޓް ދިވެހިރާއްޖޭގއި ލިޔެވިފައި ވާ ގަވައިދު ގެ ލިންކް އެކުލަވާލާނަމެވެ).(ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތ، 2021)، (މިނިމަމް ސޮޓޭނޑަޑް ފޮރ ހެލްތްކެއަރ ވޭސްޓް މެނޭޖްމަނޓް އިން މޯޅްޑިވްސް، 2008).

މިފަދައިން ރައްކާތެރި ވުމުގެ ބޭނުމަކީ ކޮބާ؟

މަތީގައި ބަޔާން ކުރެވުން (ރައްކާތެރިކަމުގެ) ފިޔަވަޅު ތަކަކީ(ފަރުވާ ނަގާ މީހެއްގެ އިތުރުން، އެހެނިހެން މީހުންނަށް ) ރައްކާތެރިވުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅު ތަކެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކީމޯގައި ބޭނުން ކުރެވޭ "ސައިޓޮޓޮކްސިކް" ބޭހުގެ އަސަރ ހަށިގަނޑުގއި ދެމިހުރެ އެވެ. މިފަދަ ދިޔައެއްގައި އެހެންމީހަކު ޖެހިއްޖެނަމަ ސިއްހަތަށް (ދިގުމުއްދަތަކަށް) ނޭދެވޭ ބަދަލުތަކެއް އާދެއެވެ. އާންމުކޮށް ސިއްޙީ މުއައްސަސާތަކު ގައި މިފަދަ ތަކެތި ނައްތާލުމަށް ގަވައިދުތަކެއް ލިޔެވިފައި ހުރެއެވެ. މިސަބަބަށް ޓަކާ މަތީ ގައި ބަޔާން ކުރެވުނު ކަން ކަމަށް ރައްކާތެރިވެ، ގެއެއްގައި މިތަކެތި ގެންގުޅުމާ ނައްތާލުމުގައި ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.

މިސާލަކަށް : ފާހާނާ ބޭނުން ކުރުމަށް ފަހުފާހާނާ ތަށިން 2 ފަހަރު ފެންދުއްވާލުން، އަދި މިފަދައިން ފެންދުއްވާލާއިރު ފާހާނާ ތަށީގެ މަތިގަނޑު ޖަހައިފައި ހުރުމުން ބުރައިގެން ވައިގެ ތެރެއަށް ގޮސްފާނެ އެތިކޮޅަކަށް ހުރަސް އަޅައެވެ.އަދި ހަމަ މިފަދައިން މިފަދަ ތަކެތި ގެންގުޅުމުގައި ރަނގަޅު އަނގި ބޭނުން ކުރުން، ލީކުނުވާފަދައިން ފައްތަރު ކުރެވިފައިވާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުމުން މިތަކެތި ހަށިގަނޑު ގައި ޖެހުމެގެ ޗާންސް ކުޑަކޮށް ދެއެވެ. އެހެން ކަމުން، މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމުން ބަލިމީހާގެ އެހީތެރިން ގެ އިތުރުން ގެއެެއްގައި އުޅެ އެހެނިހެން މީހުންވެސް މިފަދަ ތަކެތީގައި ޖެހުމުގެ ޗާންސް ކުޑަކޮށް ދެއެވެ. މިއީ ރައްކާތެރިކަމަށް އެޅޭ އެންމެ މުހިއްމު އެއްފިޔަވަޅެވެ.

މަތީގައި ލިޔެވުނު ފަދައިން، ސިއްޙީ މުއައްސަސާތަކު ގައި މިފަދަ ތަކެތި ނައްތާލުމަށް ގަވައިދުތަކެއް ލިޔެވިފައި ހުރެއެވެ. މިސަބަބަށް ޓަކާ މަތީ ގައި ބަޔާން ކުރެވުނު ކަން ކަމަށް ރައްކާތެރިވެ، ގެއެއްގައި މިތަކެތި ގެންގުޅުމާ ނައްތާލުމުގައި ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.އަދި ބަލިމީހާގެ އެހީތެރިއަކަށް ވާނަމަ މި މައުލޫމަތު ތައް ވަރަށް ސާފުވާން ވާނެއެވެ. އެއްވެސް ޝައްކެއްވާނަމަ، ފަރުވާދޭ ޓީމުގެ މެމްބަރާކާ ސުވާލުކޮށް ރަނގަޅަށް އޮޅުންފިލުވަންވާނެއެވެ. އަދި، ލިޔެވިފައި ވާ މިފަދަ "ގަޑްލައިން" ތަކަށް އާންމުން ހޭލު ތެރި ކުރުމަކީ، މިފަދަ ތަކެތި ހަށިގަނޑުގައި ޖެހުމުގެ މަގު ހަނި ކޮށް ދޭކަމެކެވެ.

ފަހުބަސް

ކީމޯތެރަޕީ ނަގަމުން ދާ މީހެއްގެ ހަށިގަނޑުން ބޭރުވާ ތަކެތި ގެންގުޅުމާ ނައްތާލުމަކީ ބުރަކަމަކަށް ވާއިރު، މިފަދަ ކަން ކަން ރަނގަޅަށް ސަމާލުކަމާއެކުކުރުމަކީ ބަލިމީހަގެ އިތުރުން އެތައްބައެއްގެ ސިއްހަތަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަމެކެވެ.

މިފަދައިން ހަށިގަނޑުން ބޭރުވާތަކެތި ނައްތާލުމުގަ އެއްވެސް ޝައްކެއްވާނަމަ، ފަރުވާދޭ ޓީމުގެ މެމްބަރަކާ ސުވާލުކޮށް، ލިޔެވިފައިވާ ގަވައިދުތަކާމެދު އަހުލުވެރިވާށެވެ.(ނޯޓް؛ އެކި ގައުމުތަކުގައި މިގޮތުގެމަތިން ލިޔެވިފައިވާ ގަވައަދުތަކާ އާދަ ތަކުގައި ކޮންމެވެސް ވަރަކަށް ތަފާތުހުރެއެވެ).

އެހެންކަމުން، މިފަދައިން ބޭރުވާ ތަކެއްޗާ "ކީމޯ" ދީފަ އިތުރުވާ ބައި، ނައްތާލުމުގައި ލިޔެވިފައި ވާ ގަވައިދުތަކާ، ރިސާރޗް ގެ އަލީ ގައި އަމަލުކުރެވޭ އެންމެ ރަނގަޅު ގޮތް (ބެސްޓް ޕްރެކްޓިސް) ތަކާ އެއްގޮތަށް އަމަލު ކުރަމަކީ، ބަލިމީހާ އާއި އެހީތެރިންގެ އިތުރުނަ ވަށައިގެންވާ މާހައުަލު ރައްކާތެރި ކޮަށް ބެލެހެއްޓުމަށް ވެސް އެޅޭ އެންމެ މުހިއްމު ފިޔަވަޅެވެ.

ރެފަރެންސް

Algethami, A.A., Alshamrani, M.A., AlHarbi, A.M., AlAzmi, A.A., Khan, M.A. and AlHadidi, R.A., 2021. Evaluation of handling, storage, and disposal practices of oral anticancer medications among cancer patients and their caregivers at home setting in the Princess Noorah Oncology Center. Journal of Oncology Pharmacy Practice27(1), pp.20-25.

Easty, A.C., Coakley, N., Cheng, R., Cividino, M., Savage, P., Tozer, R. and White, R.E., 2015. Safe handling of cytotoxics: guideline recommendations. Current Oncology22(1), p.e27.

Oratz, T., 2021. Oral chemotherapy: An evidence-based practice change for safe handling of patient waste. Number 3/June 202125(3), pp.272-281.

Sargidy, A.A.W., Yahia, A., Ahmad, M., Abdalla, A., Khalil, S.N., Alasiry, S., Shaphe, M.A., Mir, S.A. and Kashoo, F.Z., 2022. Knowledge of safe handling, administration, and waste management of chemotherapeutic drugs among oncology nurses working at Khartoum Oncology Hospital, Sudan. PeerJ10, p.e14173.

Slotterback, S. and Stringer, R., 2018. Maldives Green Climate-Smart Hospitals: Hospital Vulnerability Analysis and Report. World Health Organization and Health Care Without Harm.

Takada, S., 2003. Principles of chemotherapy safety procedures. Clinical techniques in small animal practice18(2), pp.73-74.

Temima Oratz, B.S.N. and Racheal Ogletree, B.S.N., 2021. Oral Chemotherapy. Clinical Journal of Oncology Nursing25(3), pp.272-281.

https://health.gov.mv/en/downloads/minimum-standards-for-healthcare-waste-management-at-health-facilities

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް ޑރ. މުހައްމަދު ޝިފާން ފަށާފައިވާ މަސައްކަތެކެވެ.
ވެބްސައިޓް ޕޮލިސީ
COPYRIGHT © 2024