ދުންފަތުގެއިސްތިޢުމާލް ނުކުރާމީހުންނަށް މާހައުލްތެރޭ ގައި އުޅޭ ދުންފަތުގެ (ބޭނުންކޮށްފަ ބޭރަށް ދޫކޮށްލެވޭ) ދުމުން، ސިއްހަތަށް ކުރާ ނޭދެވޭއަސަރު.
މުޙައްމަދު ޝިފާން
ސެކަންޑްހޭންޑް ސްމޯކް (ބޭނުންކޮށްފަ ބޭރަށް ދޫކޮށްލެވޭ) ދުމަކީ ކޮބާ؟
ސެކަންޑްހޭންޑް ސްމޯކް(ބޭނުންކޮށްފަ ބޭރަށް ދޫކޮށްލެވޭ ދުން) އަށް މާހައުލްތެރޭ ގައި އުޅޭ ދުންފަތުގެ ދުމޭ (ނޫނީ އެންވަޔަރަމެންޓަލް ޓޮބޭކޯ ސްމޯކް އޭ) ކިޔައެވެ. މިއީ މައިގަނޑު ގޮތެއްގައި ދެވައްތަރެއްގެ ދުން އެކުލެވޭ ބާވަތެކެވެ.
މެއިން ސްޓްރީމް ސްމޯކް:
ދުންފަތުގެ އިސްތިއުމާލު ކުރާމީހުން ބޭރަށް ލާ ނޭވަޔާ އެކު ދޫކޮށް ލާ ދުން.
ސައިޑް ސްޓްރީމް ސްމޯކް:
ރޯކޮށް ފައިވާ ސިނގިރޭޓު، ބިޑި، ސުއްޓާ ނޫނީ ދުންގުޑުގުޑާ ފަދަ ވަސީލަތްތަކުން، އަނދަމުން ދާ ދުންފަތުން އަންނަ ދުން. މިފަދަ ދުމުގައި ކެންސަރ ޖައްސައިދޭ މާއްދާތައް އެކުލެވޭމިން ވަރު އެތައް ގުނައެއް އިތުރެވެއެވެ. އަދި “މެއިންސްޓްރީމް ސޮމޯކް” އަށް ވުރެ މާވިހައެވެ. މިވައްތަރުގެ ދުމުގައި ހިމެނޭ “އެތިކޮޅު” ތަކުގެ ސައިޒު ކުޑަވުމުން ފުއްޕާމޭގެ އެންމެ ކުދިހޮޅި ތަކާ ސެލްތަކުގެ އެތެރެއަށް ވާސިލް ވާންފަސޭހަވެދެއެވެ.
ދުންފަތުގެ އިސްތިއުމާލް ނުކުރާމީހުން މިފަދަ ދުން ނޭވަޔާ އެކު( ބޭއިހްތިޔާރުގައި) ނޭވާލާނިޒާމުން ހަށިގަނޑުގެ އެތެރެޔަށް ދިޔުމުން “ޕެސިވްސްމޯކިން” އޭކިޔައެވެ. މިވައްތަރުގެ ދުން ގިނައިން ހަށިގަނޑުގެ އެތެރެޔަށް ދާވަރަކަށް، ނުރައްކާތެރި ކެމިކަލްތައް ޖަމާވެއެވެ.
ސެކަންޑްހޭންޑް ސްމޯކް (ބޭނުންކޮށްފަ ބޭރަށް ދޫކޮށްލެވޭ ދުން) މައްސަލަ އަކަށް ވަނީކީއްވެ
މިފަދަ ދުމުގައި އެކުލޭވޭ ނުރައްކާތެރި މާއްދާތަކަކީ، ދުންފަތުގެއިސްތިއުމާލް ކުރާ މީހުންވެސް ނޭވާލާނިޒާމުން އެތެރެކުރާ ނުރައްކާތެރި މާއްދާތަކެވެ. ރިސާރޗްއިން ދައްކައި ދޭ ގޮތުގައި މި ދުމަށް ހަށިގަނޑު ގައި އެއްވެސް ވަރަކަށް ރައްކާތެރި މިންވަރެއް ނުވެއެވެ. މިފަދަ ދުމަކީ ކެންސަރ ޖައްސައިދޭ އެއްޗެކެވެ. މި ދުމުގައި ހަތް ހާހަށް(7000) ވުރެ ގިނަ ކެމިކަލް އެކުލެވެ އެވެ، އަދި މަދުވެގެން ކެންސަރު ޖައްސައި ދޭވައްތަރުގެ ހަތް ދިހަ(70) ކެމިކަލް އެކުލެވެއެވެ.
ސެކަންޑްހޭންޑް ސްމޯކް – ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލް ނުކުރާމީހުންނަށް ފުއްޕާމޭގެކެންސަރު ޖައްސައިދެއެވެ. އަދި ގިނަ ރިސަރޗް ތައް ދައްކައި ދޭގޮތުގައި ބޮޑެތިމީހުންގެ ގިނަ ގުނަވަންތަކެއްގެ ކެންސަރ އަށް މަގުފަހި ވާކަމަށް ދައްކައިދެއެވެ.
މީގެތެރޭގައި އަޑު ފޮށި، ކަރުގެ އެތެރެ، ބޮލުގެ ސައިނަސްތައް، ސިކުނޑި، މަސާނާ، ބަނޑު، އުރަމަތި އަދި ފުރަގަސްފަރާތް ފާހަގަ ކޮށް ލެވެއެވެ.
އަދި ތުއްތުކުދިންގެ ތަފާތު ކެންސަރ(މިސާލަކަށް: ލިންފޯމާ، ލިއުކީމިއާ، ފުރަމޭ އަދި ސިކުނޑި ފަދަ ގުނަވަންތަކުގެ ކެންސަރު) އާވެސް ގުޅިފައިވާ ކަމަށް ދިރާސާއިން ދައްކައެވެ.
ފުރާނައަށް ނުރައްކާ ވާ ފަދަ އެހެނިހެން ބަލިތަކަށް މަގުފަހިވުން!
ސެކަންޑްހޭންޑް ސްމޯކްގެ ސަބަބުން ވަރަށް ގިނަ ފުރާނައަށް ނުރައްކާ ވާފަދަބަލިތަކަށް މަގުފަހިކޮށްދެއެވެ. މީގެތެރޭގައި ލޭ ހޮޅިތަކާއި، ހިތާ، ހާރޓް އެޓެކް، ސްޓްރޯކް، ކިޑްނީ ބަލި ފަދަ ފުރާނައަށް ނުރައްކާ ވާފަދަ ދާއިމީބަލިތަކަށް ވެސްމަގު ފަހިކުރުމުގަ މުހިއްމު ބަޔެއް ކުޅެދޭކަމަށް ފަހުގެދިރާސާއިން ދައްކައެވެ. އަދި މިފަދަ ދުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލް ނުކުރާމީހުންނަށް ނަފްސާނީ ބަލިތަކާ ވަނީ ގުޅިފައެވެ.
ސެކަންޑްހޭންޑް ސްމޯކް (ބޭނުންކޮށްފަ ބޭރަށް ދޫކޮށްލެވޭ ދުމާއި) – ތުއްތު ކުދިން
ތުއްތުކުދިން މިފަދަ ދުމުގެ ޝިކާރަޔަކަށް ވަނީ މައިން ބަފައިން ނޫނީ ގޭތެރޭ އެހެނިހެން ބޮޑެތި މީހުން ބޭނުން ކުރާ ދުންފަތުގެ ދުމުގެ ސަބަބުންނެވެ. މިފަދަ މާޙައުލްގައި އުޅޭ ތުއްތު ކުދިން :
މިފަދަ ދުމުގެ ސަބަބުންތުއްތު ކުދިން ގެ ނޭވާލާ ނިޒާމް އަށް އަންނަ ދާއިމީ ނުރަނގަޅު ބަދަލު ތަކުގެ އިތުރުން، ނޭވާހިއްލުމާ އަދި ނޭވާހިއްލާކުއްޖެއްނަމަ އެއަލާމަތް ތައް އިތުރަށް ގޯސްކޮށް ދެއެވެ.
“ތަރޑް ހޭންޑް ސްމޯކް” އަކީ ކޮބާ؟
މިފަދައިން ދިމާވަނީ ބޭނުންކޮށް ފައި ދޫކޮށްލެވޭ ދުން، ދުންފަތުގެއިސްތިއުމާލު ކުރާމީހެއްގެ ހަށިގަނޑުގައި ހަރުލާފަ ހުރެ ވައިގެ ތެރޭގައިވާ އޮކްސިޖަން އައި ނައިޓްރަސް އޮކްސައިޑް އާއެކުހިނގާ ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން ކެންސަރޖައްސައިދޭ މާއްދާއެއް އުފެދުމުންނެވެ. މިފަދަ އިންން އުފެދޭ ކެންސަރުޖައްސާދޭ މާއްދާއެއް ހުށެހެޅުން އެންމެ ގާތީ އުރާގެންގުޅޭ ކުޑަކުދިން ނާއި ގައިގޯޅީ ވެއުޅޭ ގާތްތިމާގެ މީހުންނެވެ. ސަބަބަކީ މިފަދަ ކެމިކަލް މާއްދާތައް ޖަމާވެފައި ހުންނާނީ ދުންފަތުގެއިސްތިއުމާލް ކުރާމީހެއްގެ ނިޔަފަތި ގަނޑުގެ ދަށުގަޔާއި އިސްތަށި، ތުނބުޅި މަތިމަސް އަނަްނައުން ފަދަ ތަންތަނުގަކަމަށް ވާތީއެވެ. އެހެނަކަމުން މިއީވެސް ދުންފަތުގެއިސް ތިއުމާލް ނުކުރާމީހުންނަށްބަލި ދުމާ ދުންފަތުގެ ސަބަބުން ކެންސަރ ފަދަ ބަލިތަކަށް ހުށަހެޅުމުގެ މުހިއްމު އެއްމެދުވެރި އެކެވެ.
ނިންމާލަމުން ..
މިލިޔުން ވަނީ އަޕްޑޭޓް ކުރެވިފަ އެވެ30.05.2021