ކަސްރަތާ އެކު ކެންސަރ އަށް މަގު ފަހިވުން ހަނިކުރެވި ދާނެ
ޑރ. މުހައްމަދް ޝިފާން
ތަފާތުބަލިތަކުން ރައްކާތެރި ވުމަށް ކަސްރަތަކީ މުހިއްމުކަމެއް ކަންވަނީ ގިނަދިރާސާތަކުން ދައްކާފައެވެ. އަދިހަމަ މިމޭރުމުން، ހާއްސަކޮށް ގޮހޮރު އަދި އުރަމަތީގެ ކެންސަރު ޖެހުމުން ރައްކާތެރި ކޮށްދޭކަމަކަށް ކަސްރަތުވަނީ އެތައް ދިރާސާއަކުން ދައްކާފައެވެ. އަދި ހަމަ ސައިންސުގެ ހޯދުންތަކުން ދައްކާގޮތުގައި ތިންބައި ކޮށް އެއްބައި ކެންސަރާ ގުޅި ފައި ވާ މަރަކީ ފަލަވުމާ އަދި ހަރަކާތް މަދުވެ ސިއްހަތައް ނުރަނގަޅު ކާނާޔާއި ގުޅިފައި ވާމަރެވެ.
އާންމު ގޮތެއް ގައި ގިނަބަޔަކަށް ގަބޫލް ކުރެވިފައި އޮންނަނީ ކަސްރަތަކީ ހަމައެކަނި ހިތުގެބަލިންރައްކާތެރި ވުމަށް މުހިއްމުރޯލެއް އަދާކުރާ ކަމެއް ކަމެވެ. ނަމަވެސް ކަސްރަތަކީ ކެންސަރުން ރައްކާތެރިވުމުގައި މުހިއްމުރޯލެއް އަދާކުރާ ކަމެކެވެ. ގި ނަކެންސަރު ޖެހެނީ ދިރިއުޅުމުގައި ހިޔާރު ކުރެވޭ އާދަ ކާދައިގެ ސަބަބުންނެވެ. “ޖީން” ގެސަބަބުންނެއް ނޫނެވެ.
ކަސްރަތުކޮށްގެން ކެންސަރ ޖެހުމުން ދުރުވާނީ ކިހިނެއް ހެއްޔެވެ.
ހ. އުނަގަނޑުގެ ވަށަމިން ކުޑަކޮށް ގެން އުރަމަތީ ގެ ކެންސަރަ އާ ދުރުވުން.
ކަސްރަތު ނުކުރާ އަންހެނުންނަށް ވުރެ ގަވައިދުން ކަސްރަތު ކުރާއަންހެނުންނަށް އުރަމަތީގެ ކެންސަރ ޖެހުމުން %40-30 ރައްކާތެރި ކޮށްދެއެވެ. މިކަމުގައި އަންހެން ހޯމޯން “އީސްޓްރޯޖަން” މުހިއްމު ރޯލެއް އަދާކުރެއެވެ. މިހޯމޯން ލޭގައި އިތުރުވުމުން އުރަމަތީ ގެ ކެންސަރ އަށް މަގުފަހިވެއެވެ. ކަސްރަތުކުރުމުން މިހޯމޯން ލޭގައި ދައުރު ކުރުން މަދުވެއެވެ. އަދި ކަސްރަތު ވަނީ ކެންސަރ ޖެހުން މަގުފަހިވާ އިންސުލިން ހޯމޯން ލޭގައި ދައުރު ކުރާމިންވަރުމަދު ކޮށްދެއެވެ.
ކުރިން ހީކުރެވިފައި ވާގޮތާ ހިލާފަށް އިއްދައިން ކެނޑުމަށްފަހު ގައި ވެސް އަންހެނުން ގެ “ފެޓް” ސެލްތަކުން އިސްޓްރޯޖަން އުފައްދައި ދެއެވެ. މީގެ ނަތީޖާ އަކީ އުރަމަތީ ގެކެންސަރ އަށް މަގުފަހިވުމެވެ. މިސަބަބަށް ޓަކައި އިއްދައިން ކެނޑުމަށްފަހުވެސް ގަވައިދުން ކަސްރަތު ކުރުމަކީ އުރަމަތީ ގެ ކެންސަރުން ރައްކާތެރި ވުމަށް އެޅޭ މުހިއްމުފިޔަވަޅެކެވެ.
ށ. ބޮޑުގޮހޮރުގެ ކެންސަރ ގެ ހަނގުރާމައިން ކާމިޔާބީ ހޯދުން
ބޮޑުގޮހޮރާ ފުރަގަސް ފަރާތު ދޮރަށްޖެހޭކެންސަރ އިން ރައްކާތެރިވުމަށް ގަވައިދުން ކަސްރަތުކުރުމަކީ މުހިއްމުކަމެކެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކައިދޭގޮތުގއި ބޮޑުގޮހޮރާއި ފުރަގަސް ފަރާތުދޮރަށް ޖެހޭކެންސަރ އަކީ ދުނިޔޭގެ ތިން ވަނައަށް އެންމެގިނަ ކެންސަރއެވް. އަދި 2016ވަނަ އަ 1.4މިލިޔަންމީހުންނަށް މިބަލި އަލަށް ޖެހިފައި ވެއެވެ. އަދި މި އަދަދުގެ ތިންބައި ކޮށްފަ ދެބައި ޖެހެނީ ތަރައްގީގެ މިންގަޑު ތަކުން ކުރިއަރައި ފައިވާ ނޫނީ ކުރިއަރަމުން އަންނަ ގައުމްތަކެވެ. މީގެތެރޭ ގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.
ދާއިމީ ކޮށްކަސްރަތުކުރާމީހުން ނަށް ގޮހޮރުގެ ކެންސަރޖެހުން ގާތްގަނޑަކަށް ސައްތަޔަކުން 30 ޕަސެންޓް ދައްވެއެވެ. މިކަމުގެ ސަބަބަކަށް ބެލެވެނީ ހަށިގަނޑުން ސަރުބީ މަދުވުމުން، އިންސިއުލިން އަދި ‘ގޮރޯތް ފެކްޓަރސް” ހަށިގަނޑުން މަދުވުންފަދަ ސަބަބުތަކެވެ.
ކަސްރަތު ކުރުމުގެ މިންގަޑުތަކަކީ ކޮބާ؟
މިކަމުގެ ގިނަމާހިރުނެ އެއްބަސް ވާގޮތުގައި، ހަފްތާއެއް ގެ ގިނަ ދުވަހު 30މިނެޓު ގެ ކަސްރަތު، މަތީގައި ބަޔާން ކުރެވުން ރިސްކުތައް ދައްކުރުމައް ފުދެއެވެ. ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރުމަށް، ދުވާލަކު އެއްގަޑި އިރު ބާރަށް ހިނގުން ފަދަ ކަސްރަތު ކުރުމުން ފުދެއެވެ.
ފުރަތަމަކަމަކަށް އަބަދު ގޮނޑީގައި ނުއިނދެ ތެދުވާށެވެ!
މިކަހަލަ ކަސްރަތު ތާވަލެއް ރާވައި ކުރިޔަށް ގެންދިއުމަކީ ހީކުރާ ވަރަށް ވުރެ ފަސޭހަކަމެކެވެ. ދުވާލަކު އެއްގަޑި އިރު ހިނގުމަށް، ނޫނި ބައިސްކަލް ދުއްވުން ނުނީ މަޑުން ފެތުންފަދަ މަދުވަސީލަތާ އެކު ފަސޭހއިން ކުރަވޭ ފަދަ ކަސްރަތުތައް، ގަވައިދުން ކުރެވޭނަމަ ނަތީޖާ އެންމެ ރަނގަޅުވާނެއެވެ.
މަތީގައި ބަޔާން ކުރެވުނު ކަސްރަތުގެ އިތުރުން އިތުރަށް ހަރަކާތް ތެރިވެއުޅުމަށް ކުރެވިދާނެ ކަންކަން ތިރީގައި އެވަނީ ބަޔާން ކުރެވިފައެވެ.
ފަހުބަސް
ގިނަފަހަރު މީހުން ދެކެނީ ކަސްރަތު ކުރުމަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމައް ނޫނީ ބަރުދަން ލުއި ކުރުމަށް ކުރާކަމެކެވެ، މި ބަޔާން ކުރެވުނު ދެ ކަންތަކަކީ ވެސް ކަސްރަތުކުރުމުގެ ރަނގަޅު މަގްސަދެކެވެ.
ނަމަވެސް ކަސްރަތުކުރުމެގެ މައިގަނޑު އަސާސް އަކަށް ވާން ވާނީ އަމިއްލަ އަށް ދުޅަހެޔޮ ކޮށް ހުރުމުގެ ގަސްތެވެ. ދާއިމީ ދިގު މުއްދަތެއް ގައި ވޭތުކުރަންޖެހޭފަދަ ބަލިތަކުން ރައްކާތެރިވުމަށް އެޅެން ހުރިކަން ކަމަށް އެންމެ ބޮޑު ސަމާލު ކަމެއް ދިނުމެވެ.
………………………………………………………. ނިމުނީ……………………………………………………………………………….