އެޗް.ޕީ.ވީ. ވެކްސިން ގެ މުހިއްމުކަން އިންގެނީ ކިހާވަރަކަށް

ޝެއާރް ކޮއްލާ

އެޗް.ޕީ.ވީ. ވެކްސިން ގެ މުހިއްމުކަން އިންގެނީ ކިހާވަރަކަށް

ޑރ. މުހައްމަދް ޝިފާން

އެޗް.ޕީ.ވީ.ވައިރަސް އަކީ ކޮބާ؟

  • ހިޔުމަން ޕެޕިލޯމާ ވައިރަސް( އެޗް.ޕީ.ވީ) އަކީ އާންމު ކޮށް ޖިންސީ ގުޅުމުން ގައިން ގަޔަށް އަރާ ވައިރަސް އެކެވެ. މި ވައިރެސް ގެ ބައެއް ވައްތަރު ތަކަކީ ރަހިމުގެ ދޮރަށް ކެންސަރު ޖެހުމަށް މަގުފަހި ކޮށް ދޭ އެއްޗެކެވެ. މީގެ އިތުރުން އަނގަޔާ، ކަރުތެރެޔާ، ނޭފަތުގެ އެތެރެ،ކުރިމަތި ފާރާތް އަދި ފުރަގަސް ފަރާތު ދޮރަށް ކެންސަރު ޖެހުމަށް މަގު ފަހި ކޮށްދޭ ވައިރަސް އެކެވެ.
  • އެޗް.ޕީ.ވީ.އަކީ އެއް ވައްތަރަކަށް ނިސްބަތްވާ ގުރޫޕެއްގެ ވައިރަސް ތަކަކަށް ކިޔޭ ނަމެކެވެ.މިއީ ސަތޭކަޔަށް ވުރެ ގިނަ އަދަދަކަށް ނިސްބަތް ވާ .
  • .ތަފާތު ވައިރަސް ތަކެކެވެ.
  • ގިނަފަހަރު މި ވައިރަސް ހަށިގަނޑުގައި އަށަގަތުމަށްފަހު ބަލީގެއަލާމާތެއް ނެތި، ހަށިގަނޑުގެ ދިފާއީ ނިޒާމުން، ބައްޔަކަށް ބަދަލުނުވެ ފިލުވާލައެވެ. ނަމަވެސް “ތަކުރާރު ކޮށް” މި ވައިރަސް ހަށިގަނޑުގައި އަށަގަންނަ ނަމަ ރަހިމުގެ ދޮރުގެ ބައްޔަށް މަގުތަނަވަސް ވެއެވެ.
  • ކުރިންވެސް ލިޔެވި ދިޔަ ފަދައިން، އެޗް.ޕީ.ވީ.ގެ ބައެއް ވައްތަރު ތަކަކީ “ހައި ރިސްކް” (އެޗް.ޕީ.ވީ. ސްޓްރެއިން16،18،31،45..)ވައިރެސް ތަކެކެވެ، ސަބަބަކީ މި ވައްތަރުތައް ކެންސަރ ބައްޔަަށް މަގު ފަހި ކޮށް .ދޭތީ އެވެ.
  • ގާޔްގަނޑަކަށް ރަހިމުގެ ދޮރަށް ޖެހޭ ހުރިހާ ކެންސަރަކީ (%99.7)، މިހައިރިސްކް ވައިރަސް ސްޓްރެއިން ތަކުގެ ގެ އިންފެކްޝަނުން ޖައްސައިދޭ ބައްޔެކެވެ.(އެން.އެޗް. އެސް ގެ ތަފާސްހިސާބު 2018)
  • ވަރަސް ގިނަ ވައް ތަރުގެ އެޗް.ޕީ.ވީ. އަކީ އަނގަ، ކަރުތެރެ، އަދި ޖިންސީ ގުނަވަނާއި ފުރަގަސް ފަރާތު ދޮރު ގައި ފަސޭހައިން އަށަގަންނަ އެއްޗެކެވެ.

ރަހިމުގެ ދޮރަށް އަނަން ބަދަލުތައް

ބަލިން ރައްކާތެރި ވުމަށް ވެކްސިން ގެ މުހިއްމުކަން

ފަހުގެ ދިރާސާ

މީގެ ދިހަ އަހަރު ކުރިން، އެޗް.ޕީ.ވީ.ވެކްސިން ބައެއް ގައުމުތަކުގާ ތައާރަފް ކުރެވިފައި ވެއެވެ. މި ކަމުގެ ތަހުލީލީ މާހިރުން އޭރު އެއްބަސްވެ ގަބޫލް ކުރި ގޮތުގައި ތައާރަފް ކުރެވުނު ވެކްސިން ގެ ސަބަބުން މުހިއްމު “ހައިރިސްކް ދެ ސްޓްރެއިން 16، 18” ނައްތާލާނެއެވެ.މިއީ ގާތްގަނޑަކަށް އަށްޑިހަ ޕަސެންޓް،ކެންސަރަށް ވާރުތަވުމުގެ ކުރީ މަރްހަލާ އެއް ގެ ބަލީގެ ވާހަކަ އެވެ.

ނަމަވެސް ރަނގަޅު ހަބަރަކީ މިވެކްސިން ގެ ސަބަބުން އިތުރު 3 “ސްޓްރޭން” އެއް ވެސް ނައްތާލަ އެވެ.

އަދި އެންމެ މުހިއްމުކަމަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ކުރިން އަންނަބަދަލުތައް ފެނުން ނުވަދިހަ ޕަސެންޓް (%90) އަށް މަދުވެގެން ދިއުމެވެ.  

(ސްކޮޓްލެންޑް ގެ ދިހަ އަހަރުގެ ދިރާސާ މައުލޫމާތު ގެ ތެރެއިން، މި ގައުމަކީ ދުނިޔޭގައި އެންމެ ފުރަތަމަ ތާވަލު ކުރެވިގެން އެޗް.ޕީ.ވީ ވެކްސިން ދޭން ފެށުނު އެއްގައުމެވެ).

މި ދިރާސާއިން ލިބުނު އަނެއް މުހިއްމު މައުލޫމާތަކީ އެ ގައުމުތަކުގައި ވެކްސިން ނުކޮށް ތިބި އަންހެނުން ގެ ތެރެއިން ވެސް ރަހިމުގެ ދޮރަށް ޖެހޭ ބަލި (ކެންސަރަށް ބަދަލު ވުމުގެ ކުރީ މަރުހަލާ) މަދުވިކަމެވެ.(ހާރޑް އިމިއުނިޓީ).

މަތީގައި ބަޔާން ކުރެވުނެ ފަދައިން މިވެކްސިން ވަނީ ރައްކާތެރި ކަމާއެކު ދުނިޔޭ އެކިހިސާބުތަކުގައި ދިހަ އަހަރު ބޭނުން ކުރެވިފައެވެ.

ފަހުބަސް

ދުނިޔޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި،ކޮންމެ މިނެޓަކު އެއްފަހަރަކު ދުނިޔޭގައި ރަހިމުގެ ދޮރުގެ ކެންސަރ އަށް ޑައިގްނޯސް ކުރެވެއެވެ.

ކޮންމެ ދެ މިނެއްޓަކުން މި ބަލީގައި އަންހެނަކު ނިޔާވެއެވެ.

އަހަރަކު ތިން ލައްކަ އަށް ވުރެ ގިނަ އަންހެނުން މި ބަލީގައި ނިޔާވެއެވެ.(ގްލޯބޯކެން2018).

މަތީގައި ބަޔާން ކުރެވުނު ދިރާސާތަކުގެ މައުލޫމާތުގެ އަލީގައި، މިވެކްސިން އަކީ މިފަދަ ބޮޑުބައްޔަކުން ރައްކާތެރި ވުމަށް އެޅެން ހުރި މުހިއްމު ފިޔަވަޅެއްކަން ހިތުގެ އަޑިން ގަބޫލް ކުރުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.

އަދި މިވެކްސިން ވަނީ ރައްކާތެރި ކަމާއެކު ދުނިޔޭ ގެ އެކިހިސާބުތަކުގައި ދިހަ އަހަރު ބޭނުން ކުރެވިފައެވެ.

……………………………………………………………………………

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް ޑރ. މުހައްމަދު ޝިފާން ފަށާފައިވާ މަސައްކަތެކެވެ.
ވެބްސައިޓް ޕޮލިސީ
COPYRIGHT © 2024