ޕްރޮސްޓޭޓް ކެންސަރް
ޑރ.މުޙައްމަދް ޝިފާން
ޕޮރޮސްޓޭޓް ކެންސަރްއަކީ ކޮބާ؟
ތައާރަފް
ދުނިޔޭގެ ބަލިމަޑުކަމުގެ ތަފާސްހިސާބުތަކުން ދައްކައި ދޭގޮތުން ދެހާސް އަށާރަވަނަ އަހަރު ދުނިޔޭގައި 1.3 މިލިއަންމީހުން ވަނީ ޕްރޮސްޓޭޓް ކެންސަރ އަށް އަލަށް ޑައިގްނޯސް ކުރެވިފައެވެ.ބުނެވޭ ގޮތުގައި ފިރިހެނެއް ގެ ހަޔާތުގައި ކޮންމެ ނުވަ ފިރިހެނަކުން އެކަކަށް މިބަލި ޖެހޭނެ އެވެ.
ޕްރޮސްޓޭޓް ކެންސަރ އުފެދެނީ މި ގްލޭންޑް ގެ ސެލްތައް ކޮންޓްރޯލް އިން ނެއްޓި އިތުރުވަމުން ދިއުމުންނެވެ.މިއީ ހަމައެކަނި ފިރިހެނުންގެ ހިމެނޭ ގްލޭންޑް އެކެވެ.މިގްލޭންޑް އަކީ މަނީގެ އެކުލެވޭ ދިޔައިގެ ބައެއް އުފައްދައި ދޭ ގްލޭންޑް އެކެވެ.މިގްލޭންޑް އިންނާނީ ކުޑަކަމުދާ އެއްޗެހި ޖަމާވާ މަސާނާ ގެ ތިރީ ގައެވެ.މިގްލޭންޑް އެކުލެވޭނީ މަސާނާގެ ތިރީގަ ވަށައިގެން، ފުރަގަސް ފަރާތުގެކުރިމަތީގަ އެވެ.ޕްރޮސްޓޭޓް ގްލޭނޑް ގެފަހަތުގައި އިންނަ އިތުރު ގްލޭންޑް ތަކެއް(ސެމިނަލް ވެސިކަލްސް،) މިއީ މަނީގަ އެކުލެވެދިޔައިގެ ބޮޑުބައެއް އުފައްދައިދޭ ތަނެކެވެ.ފިރިހެނެއް ގެ ކުރިމަތި ފަރާތުގަ އެކުލެވޭ ކުޑަކަމުދާހޮޅި ދަތުރުކުރާނީ ޕްރޮސްޓޭޓް ގްލޭންޑް ގެ މެދުން ކަހަލަ ގޮތަކަށެވެ.މިއީ ކުޑަކަމުދާ ހޮޅިޔާ މަސާނާޔާ ގުޅޭހިސާބެވެ.ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނެއް ގެ އުމުރުން ދުވަސް ވާވަރަކަށް ބޮޑުވާ އެއްޗެކެވެ.
……………………………………
ގިނަފަހަރު ޕްރޮސްޓޭޓް ކެންސަރުގެ އަލާމާތްތައް ބަލީގެ ކުރީކޮޅު ބުނެދޭން ނުއެންގި ދާނެއެވެ.އަދި ކޮންމެ ދޭދޭ މީހެއްގެ ދޭތެރޭ ގައި އަލާމާތްތައް ތަފާތުވެދާނެއެވެ.އަދި މިފަދަ އަލާމާތްތަކަކީ ޕްރޮސްޓޭޓް ގެ އެހެނިހެން ބަލިތަކުގެ (ކެންސަަރ ނޫން) މިސާލަކަށް ޕްރޮސްޓޭޓް ގެ އިންފެކްޝަން ފަދަ ބަލިތަކުގެ އަލާމާތެއްގެ ގޮތުގައި ފެނިދާނެއެވެ.މި ސަބަބަށްޓަކައި ވަކި އުމުރަކަށް ދިއުމަށް ފަހު، ގަވައިދުން މިބައްޔަށް ސްކްރީން ކުރުން، ކުރިންބަލި ދެނެގަތުމުގެ މުހިއްމު ފިޔަވަޅެކެވެ. (މިކަމަށް ޓަކައި ޑިޖިޓަލް ރެކްޓަލް އެގްޒަމިނޭޝަން އަދި ލޭގެ ޓެސްޓް، ޕީއެސް އޭ ހަދައެވެ) .
ޕްރޮސްޓޭޓް ކެންސަރ ގެ ކުރީކޮޅުގެ އަލާމާތް ތައް.
………………………………………………
ފެތުރިފައި ވާބަލީގެ އަލާމަތް (އެޑްވާންސް ސްޓޭޖް)
……………………………………
މިފަދަ ބައްޔެއް ފެތުރުމައް ފަހު ކައިރީގައި ވާ ގުނަވަނެއްގައި އަށަގަނެފާނެއެވެ.މިސާލަކަށް މައި ބަދައިގެ ކަށިތަކުގަ އަށަގަނެ، މައިބަދައިގެ ތެރެއިން ދަތުރު ކުރާނާރު އަދި ދެބަދަ ދޭތެރެއިން ނިކުންނަ ނާރު ފިތުން ދިމާވެއެވެ.މިފަދައިން ފެތުރިފައި ވާކެންސަރެއްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބައެއް އަލާމާތް ތިރީ ގައި ލިސްޓު ކުރެވިފައި ވެއެވެ.
ދުޅަވުން، ދެފަޔާ އި އުނަގަނޑާއި އުކުޅު ވަޅު.
އައްސިވުން ނޫނީ ތަދުވުން އުނަގަނޑާއި އުކުޅުވަޅު، ދެފަޔާއި ފައި ތިލަ
ކަށީގަ އަށަގަތުމުން އަންނަ ތަދު، މިފަދަ ތަދެއް ނުފިލާ ހުރުން، އަދި ކަށި ފީ ވެ ބިނދުން.
ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މިފަދަ އަލާމާތް ތަކަކީ ދޭދޭ މީހުންގެ ތެރޭގައި ތަފާތުވެދާނެ އަލާމާތްތަކެކެވެ.ބައްޔަތް ފަރުވާކުރުމަށް ފަހު ބަލި އަނބުރާ އައި ކަމުގެ ފުރަތަމަ ނިޝާނަކީ، ލެއިން ހެދޭ ޓެސްޓް (ޕްރޮސްޓޭ ސްޕެސިފިކް އެންޓިޖަން،ނުނީ ޕީ.އެސް. އޭ) މައްޗައް ދިއުމެވެ.މިސަބަބަށް ޓަކައި ފަރުވާޔަށް ފަހު ގަވައިދުން (އުސޫލެއް ގެ މަތިން) މި ޓެސްޓް ހަދަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.
ފަރުވާނިމުމަށް ފަހު އެންބުރި އަންނަ ކެންސަރުގެ އަލާމާތް ތައް.
……………………………………………..
ދެވަނަ ފަހަރަށް ބަލި އެނބުރި އައުމަށް ފަހު ފެންނައަލާމާތް ތައް ތަފާތުވެދާނެއެވެ.އަލުން ޕްރޮސްޓޭޓް ގްލޭންޑް އިން ހިސާބުގައި ބަލި އަށަގަނެއްޖެނަމަ “ލޯކަލް ރިކަރަންސް” އެެއްކަމަށް ބަލައެވެ.ހަށި ގަނޑުގެ ދުރުހިސާބެއް ގައި އަށަ ގަނެއްޖެނަމަ “މެޓާސްޓެޓިކް ކެންސަރ” އޭ ނަން ދެވެއެވެ.އާނމު އުސޫލެއްގެ ގޮތުން ޕްރޮަސްޓޭޓް ކެންސަރ ފުތުރޭނީ ވަށައިގެން ވާ ގޮއް ތަކަށެވެ. ދުރައްފެތުރޭނަމަ ފުރަމޭ، ކަށި އަދި ފުއްޕާމޭ ހިމެނެއެވެ.
ފުރަތަމަ ފަހަރު ފަރުވާނިމުމަށް ފަހު، ލޭގެ “ޕީ.އެސް.އޭ’ ލެވަލް ވަރަށް ބޮޑަށް ދަށަށް ދާނެއެވެ.ކެންސަރ އަނބުރާ އައި ކަމުގެ ފުރަތަމަނިޝާނަކީ، މިއަދަދު މައްޗައް އަރަން ފެށުމެވެ.މީގެ އިތުރުން ފެނުދާނެ ބައެއް އަލާމާތް ތައް ތިރީގައި ލިސްޓު ކުރެވިފައި ވަނީ އެވެ.
ކުޑަކަމުދާ އެއްޗެހީ ގައި ލޭ ހުރުން
ކުޑަކަމުދާން އުނދަގޫ ވުން
އުނަގަނޑުގައި ރިއްސުން
ވަރުބަލި ވުން
ނޭވާ ލާން އުނދަގޫ ވުން
ލޮލުގެ އެތެރެޔާ ހަންގަނޑު ރީނދޫ ވުން.
ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރުގެ ވައްތަރުތައް:
ޕްރޮސްޓޭޓް ކެންސަރގެ މަދު ވައްތަރަކީ ކުރުމުއްދަތެއްގެ ތެރޭގައި ބޮޑުވެ ފެތުރޭ ވައްތަރެކެވެ.ނަމަވެސް ގިނަ ވައްތަރަކީ ވަރަށް ލަހުން ބަދަލުއަންނަ(ބޮޑުވެ، ފެތުރޭ) ވައްތަރެކެވެ.
ނޯޓް: ގިނަ ހޯދުންތަކުން ދައްކާ ގޮތުގައި ފިރިހެނުން (އުމުރުން ދުވަސްވީ، އަދިބައެއް ޒުވާނުން) އެހެނިހެން ސަބަބުތަކުން ނިޔާވުމަށް ފަަހުހެދޭ އޯޓޮޕްސީ ގައި ޕްރޮސްޓޭޓް ކެންސަރ ތަފާތު މަރުހަލާތަކުގައި ފެނެއެވެ. ނަމަވެސް މިއިން އެއްވެސް ބައްޔެއްގެ އުނދަގުލެއް(އަދި އަލާމާތެއް) ދުނިޔޭގައި ހުރިހާއިރަކު ނުފެނެއެވެ.
ޕްރޮސްޓޭޓް ކެންސަރ އަށް ބަދަލުވުމެގެ މަރްހަލާއެއް ކުރިން (ޕްރީ ކެންސަރަސް ސްޓޭޖް)
ބައެއް ދިރާސާތަކުން ދައްކާގޮތުގައި ޕްރޮސްޓޭޓް ކެންސަރ ފަށަނީ،ކެންސަރ އަށް ބަދަލުވުމުގެ އެއްމަރްހަލާ އެއް ވަރުކުރިންނެވެ.ނަމަވެސް މިއީ ކަށަވަރުކުރެވިފައި ވާކަމެއް ނޫނެވެ.ބައެއް ފަހަރު ޕްރޮސްޓޭޓް ބަޔޮޕްސީ އަކުންވެސް މިފަދަ ބަދަލުތައް ފެނެއެވެ.
(ޕްރޮސްޓެޓިކް އިންޓްރާއެޕިތީލިއަލް ނިއޯޕްލޭސިއާ(ޕީ.އައި.އެން)
މިފަދަ ބަދަލެއް ގައި މައިކްރޮސްކޯޕް އަކުން ބަލާއިރު ޕްރޮސްޓޭޓްގެ ސެލްތަކަށް ބަދަލު އައިސް ފަ ހުރެއެވެ. ނަމަވަވެސް މިފަދަ ބަދަލެއް އައިސްފައި ހުންނަސެލްތައް ވެސް އާންމުކޮށް ކެންސަރ އަށް ބަދަލު ވެފައިވާ ސެލްތައްހެން، ޕްރޮސްޓޭޓް ގެ ހިސާބުތަކަށް ފެތުރިފައެއް ނުހުރެއެވެ.އެހެންވެ މިފަދަ ބަދަލެއް އައިސް ފައިވާ މިންވަރަށް ބަލާފަ، ފަރުވާކުރުމަށް ފަސޭހަޔަކަށް، މައިގަނޑު ދެބަޔަކަށް ބެހިގެންދެއެވެ.
ލޯ ގްރޭޑް(ޕީ.އައި.އެން) : ސެލްތަކުގެ ވަނަވަރުތަކަށް(ސެލްތަކުގެ ތަރުތީބު، ބައްޓަން އަދި ސައިޒުފަދަ ހަމަތައް) ގާތްގަނޑަކަށް ރަނގަޅަށް ހުރުން.
ހައި ގްރެޑް(ޕީ.އައި.އެން) :ސެލްތަކުގެ ވަނަވަރުތަކަށް (ސެލްތަކުގެ ތަރުތީބު، ބައްޓަން އަދި ސައިޒުފަދަ ހަމަތައް) ބޮޑަށް ބަދަލު އައިސް ފައި ހުރުން.
ޕްރޮސްޓޭޓް ކެންސަރ އަށް ފަރުވާ ކުރުން
ފަރުވާއަށް މީހަކު ހުށައެޅުމުގެކުރިން ވިސްނާލަން ވީ ކަންކަން
ޕްރޮަސްޓޭޓް ކެންސަރ އަށް ހުށެހެޅޭ ގިނަމީހުންނަކީ ބަލީ ގެ ކުރީ ކޮޅު ފަރުވާ އަށް ހުށަ ހެޅޭމީހުންނެވެ. އަދި ޓިއުމަރުގެ ސައިޒު ކުޑަ ވެފަ ބަލި ލިމިޓުވެފަ ވާނީ ޕްރޮސްޓޭޓް ގްލޭންޑް އަށެވެ. މިފަދަ މީހުންނަށް ފަރުވާކުރުމަށް ގިނަ ތަފާތު ވަސީލަތާ ގޮތްތަކެއް ހުރެއެވެ.
(ފަރުވާ ގެ (ހުލާސާ)
ގާތުން ކަނޑައެޅި ފައިވާ އުސޫލުތަކެއް ގެ މަތިން ބަލަމުން ގެންދިއުން “ވޮޗްފުލް ވެއިޓިން ނުނީ އެކްޓިވް ސަރވެލަންސް”
ޕްރޮަސްޓޭޓް ގެ އޮޕަރޭޝަން
ރޭޑީއޭޝަން
ކްރަޔޯތެރަޕީ
ހޯމޯން ތެރަޕީ
ކީމޯތެރަޕީ
އިމިއިނޯ ތެރަޕީ
ފަރުވާއެއް ހިޔާރުކުރުމުގެ ކުރިން ވިސްނާލުމަށް!
ޕްރޮސްޓޭޓް ކެންސަރ އަށް ޑައިގްނޯސް ވާ ކޮންމެ މީހަކީ ވަގުތުން ފަރުވާ ފަށަންޖެހޭ މީހެއްނޫނެވެ.މިސާލެއް ދަންނަވަނީ ނަމަ ބަލި ވަރަށް ކުރީ ކޮޅުފެނިއް ޖެ ނަމަ، ފަރުވާޔަކާ ހަމައަށް ދިއުމުގެ ކުރިން ވިސްނާލަންޖެހޭ އުމުރާ، އާންމު ސިއްހަތު، ފަދަ ކަންކަމާ، ބައްޔާ(ޕްރޮސްޓޭޓް ކެންސަރ) އާހެދި މުސްތަގުބަލުގައި މައްސަލަ އެއް ދިމާވެދާނެ ތޯފަދަ ކަންކަމެވެ.
ޚާއްސަ ކޮށް ފަރުވާގެ ސަބަބުން ދިމާވެދާނެ ނޭދެވޭ ކަންކަމާ އެކަމުގެ ސަބަބުން ތިބާއަށް ދިރިއުޅުމަށް ކިހާބަދަލުތަކެއް އަންނާނެތޯ އެވެ.މިސާލަކަށް އެއްބައި ފަހަރު ފަރުވާ އަށްފަހު ކުޑަކަމު ދިޔުމުގައި ނުހިފެހެއްޓުން އަދި ޖިންސީ ގުނަވަނުގައި ބާރު ނެތުން ފަދަ ކަންކަން ދިމާ ވުން އެކަށީގެން ވެއެވެ.އެހެން ކަމުން މިފަދަ ނޭދެވޭ އަސަރުތަކުން ދުރުހެލި ވެހުރުމަށް އެއްބައިފަހަރު، މިކަން ކަަމުން ރައްކާތެރިވު މަށް، ފަރުވާ ފަސް ކުރެއެވެ. އަނެއްބައި މީހުން ބޭނުން ވާނީ މިފަދަ މައްސަލަ ތައް ދިމާވިކަމުގައި ވިޔަސް ކެންސަރުގެ ބައި ހަށިގަނޑުން ނަގާ އަވަހަށް ފަރުވާ ޔާގެން ކުރިއަށް ދިއުމެވެ.
އުމުރުން ދުވަސް ވެ ނޫނީ އިތުރުބޮޑެތި ސިއްހީ މައްސަލަ ތައް އެކުލެވޭ ނަމަ، އަދި ހަށިގަނޑުގައި އުފެދިފައި ވާކެންސަރ އަކީީ ލަސް ލަހުން ބޮޑުވާ ވައްތަރެއް ނަމަ، މި ބައްޔަކީ އެހެނިހެން ގިނަދުވަހު ބޭސް ކުރަން ޖެހޭ ފަދަ ބައްޔެއްކަމަށް ވިސްނައިގެން، ފުރާނައަށް ގެއްލުން ނުވިކަމުގައި ވިޔަސް، ނުއެދޭ އަލާމާތް ތަކެއް ހުރެދާނެ ބައްޔެއްކަމަށް ބަލައިގެންނެވެ. މިފަދަ ހާލަތެއްގައި ވަރަށް ގާތުން ކަނޑައެޅި ފައިވާ އުސޫލުތަކެއް ގެ މަތިން ބަލަމުން ގެންދިއުން “ވޮޗްފުލް ވެއިޓިން ނުނީ އެކްޓިވް ސަރވެލަންސް” ހިޔާރުކުރުން އެންމެ ރަނގަޅުވާނެއެވެ. މިފަދަ ހާލަތް ތަކުގއި ފަރުވާގެ ތެރޭގައި ހިމެނޭ، ފަރުވާގެ ސަބަބުން ނޭދެވޭ މައްސަލަތައް ދިމާވެދާނެ ފަރުވާ ( އޮޕަރޭޝަން ނުނީ ރޭޑިއޭޝަން) އާ ދުރުވުން މިއީ އެންމެ ބުއްދިވެރި ކަމެއްކަމުގައި ވާނެއެވެ. އުމުރު އެކަނި މިއީ ހުރަހެއްކަމުގައި ބަލައިގެން ނުވާނެ އެވެ. ވަރަށް ގިނަ ފިރިހެނުން ނަކީ ހަތްދިހައަހަރުގައި ނަފްސާނީ ދުޅަހެޔޮކަމާ އާންމު ސިއްހަތު އެންމެ ރަނގަޅު މީހުންނެވެ.
ގިނަޑޮކްޓަރުން އެއްބަސްވާގޮތުގައި ބަލީގެ އެންމެ ފުރަތަމަ މަރްހަލާ(ސްޓޭޖް)ގައި ،އޮޕަރޭޝަން، އެކްސްޓަރނަލް ރޭޑިއޭޝަން، އަދި ބްރޭކީތެރެޕީ އަކީ ބަލިން ރަނގަޅުކުރުމަށް ދެވޭ އެއްވަރުގެ ނަތީޖާއެއް ލިބޭ ފަރުވާއެކެވެ. ނަމަވެސް މިފަދަ ކޮންމެ ވަސީލަތެއް ގައިވެސް ތަފާތު ސައިޑް އިފެކްޓް ތަކެއްހުރެއެވެ. އެންމެރަނގަޅު ފަރުވާއެއް(ކޮންމެ ސްޓޭޖް އަކަށް) ނިންމުމަކީ އުންދަގޫކަމަކަށް ވެދާނެއެވެ.ޚާއްސަކޮށް، މިފަހަކަށް އައިސް އައު ވަސީލަތްތަކެއް ފަރުވާއަށް ތައާރަފް ކުރެވެމުން ދާއިރު، މިސާލަކަށް ރޮބޮޓިކް ސަރޖަރީ (ރޮބޮޓް ބޭނުން ކޮށްގެން ޕްރޮސްޓޭޓް އޮޕަރޭޝަން ކުރުން)، ޕޯޓޯން ބީމް ރޭޑިއޭޝަން، އަދި ހައި އިންޓެންސިޓީ ފޯކަސްޑް އަލްޓްރަ ސައުންޑް ފަދަ ވަސީ ލަތްތަކެވެ.
މިފަދަ އައު ވަސީލަތް ތަކަކީ އުންމީދު އިތުރުވެ، ފަރުވާ އަށްލިބޭ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް މިފަދަ ވަސީލަތް ތަކުގެ ފަރުވާކުރުމުގެ ތަޖުރިބާ މަދުވުމުން، މިހާރުކުރެވޭ ފަރުވާތަކާ އަޅާކިއުން އަދިވަނީ އުނދަގޫކަމަށްވެފައެވެ..
………………………………ނިމުނީ ………………………………………………………