ބޮޑުގޮހޮރާއި ފުރަގަސް ފަރާތު ކެންސަރު
ޑރ.މުޙައްމަދު ޝިފާން
ތައާރަފް
ރާއްޖޭގެހާލަތު
އިންޓަރނެޝަނަލް އެޖެންސީ ފޮރ ރިސަރޗް އޮން ކެންސަރ ގެ އޮންލައިން ކޮށް ކެންސަރގެ ތަފާސްހިސާބާއި އަންދާސީ ހިސާބުތައް ދައްކައިދޭ ޕޯރޓަލް (ގޮލޯބޯ ކޭން) ގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި 2018 ވަނައަހަރު ދިވެހިރާއްޖޭގައި އަލަށް ޑައިގްނޯސްވި ކެންސަރުގެ(ފިރިހެނުންގެ) %14.3 މީހުންނަކީ ބޮޑުގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރ އަށް ޑައިގްނޯސްވިމީހުންނެވެ.އަދި މިމޭރުމުން އަންހެނުން ގެ %5.2 މީހުން ހިމެނެއެވެ.
މިވައްތަރުގެ ކެންސަރު އުފެދޭނީ ބޮޑުގޮހޮރާއި ފުރަގަސްފަރާތުންނެވެ.މިވައްތަރުގެކެންސަރއަށް ނަން ކިޔެނީ ބަލިފަށާ ގޮހޮރުގެ ހިސާބަކަށް ނިސްބަތްކޮށެވެ. ބޮޑުގޮހޮރުގެ ކެނަސަރއާ ފުރަގަސް ފަރާތުގެކެންސަރު ގައި އެއްގޮތް އެތައް ގޮތްތަކެއް ހުރެއެވެ. މިސަބަބަށް ޓަކާ ފަރުވާކުރުމުގައި ވެސް އެއްކަހަލަ ހަމަތަކެއް ބޭނުން ކުރެއެވެ.
ކެންސަރަކީ ހަށިގަނޑުގައި އުފެދޭ ނޫނީ އިތުރުވާ ސެލްތައް އޭގެ ހަމައިން ނެއްޓި، ކޮންޓްރޯލު ވުމެއް ނެތި އިތުރުވުމަށް ކިޔޭނަމެކެވެ.
ބޮޑުގޮހޮރާއި ފުރަގަސް ފަރާތު ކެންސަރު އުފެދެނީ ކިހިނެއް:
ބޮޑުގޮހޮރާއި ފުރަގަސް ފަރާތުގެ “ޕޮލިޕް”
ޕޮލިޕް އަކީ ގޮހޮރުގެ ނޫނީ ފުރަގަސްފަރާތު އެތެރޭގެ ފަށަލައިން އުފެދޭ މަސްކޮޅެކެވެ.ގިނަފަހަރު ގޮހޮރުގެ އަދި ފުރަގަސްފަރާތުގެ ކެންސަރ އުފަދެނީ މިފަދަ މަސްކޮޅަކުންނެވެ.
އެއްބައި ވައްތަރުގެ ޕޮލިޕް އަށް މިފަދަ ބަދަލު އަންނަން، އާނމުކޮށް ވަރަށް ގިނަ އަހަރު ނަގައެވެ.ކުރިންވެސް ބަޔާންކުރެވުނެ ފަދައިން ހުރިހާ ވައްތަރުގެ މިފަދަ ޕޮލިޕް އަކީ ކެންސަރ އަށް ބަދަލުވާ އެއްޗެއް ނޫނެވެ.
މުހިއްމު ދެވައްތަރެއް ގެ ޕޮލިޕް:
މިވައްތަރުގެ ޕޮލިޕް އެއްބައިފަހަރު ކެންސަރަށް ބަދަލުވެއެވެ.މި ސަބަބަަޓަކައި މިއީ ކެންސަރަށްބަދަލުވުމުގެ އެއްމަރްހަލާ ކުރި( ޕްރީ ކެންސަރަސް) ކަމަށް ބުނެވެއެވެ.
މިއީ އެންމެ އާންމުވައްތަރުގެ ޕޮލިޕް އެވެ. އަދި އާނމު ކޮށް ކެންސަރަށް ބަދަލު ވާ ވައްތަރެއް ނޫނެވެ.
މިފަދަ މަސްކޮޅެއް (ޕޮލިޕް އެއް) ގައި ކެންސަރ ގެ ސެލްތައް އަށަގަނެފައި ހުރެދާނެ ނޫނީ ބަދަލުވުމުގެ ފުރުސަތު ބޮޑުވެދާނެ ބައެއް މުހިއްމު ސަބަބުތައް:
މިފަދަ ޕޮލިޕެއް ނަގާފަހުން (ބަޔޮޕޮސީ ނޫނީ ޕޮލިޕެކްޓަމީ)، ސެލްތަކަށް އާންމުކޮށް ހުންނަން ވީގޮތާހިލާފަށް، ނުރަނގަޅު ބަދަލެއް އައިސް ފައި ހުރިނަމަ “ޑިސްޕްލޭސިޔާ” އޭކިޔެއެވެ.”ޑިސްޕްލޭސިޔާ” އަކީވެސް ކެންސަރަށްބަދަލުވުމުގެ އެއްމަރްހަލާ ކުރި ( ޕްރީ ކެންސަރަސް) ކަމަށް ބުނެވެއެވެ.މިފަދައިން .ބަދަލު އައި ކަމުގާވިޔަސް ސީދާ ކެންސަރުގެ ސެލްތައް އެކުލެވިގެންނެއް ނުވެއެވެ
.
ބޮޑުގޮހޮރާއި ފުރަގަސް ފަރާތު ކެންސަރު ފެތުރެނީ ކިހިނެއް:
ކެންސަރު އުފެދުނީ “ޕޮލޮޕަކުން” ކަމުގައިވާނަމަ،ޓިއުމަރު ބޮޑުވެ ގޮހޮރުގެ ތަފާތު ފަށަލަތައް ހުރަސްކޮށް ގޮހޮރުގެ ބޭރަށް ފެތުރެއެވެ.މިފަދަ ބަދަލެއް އައުމަށް ގިނަ މުއްދަތު ނަގައެވެ. ބޮޑުގޮޮހޮރާއި ފުރަގަސް ފަރާތުގައި އެތައް ފަށަލައެއް ހިމެނެއެވެ. ކެންސަރު އުފެދެން ފަޝާނީ މީގެ އެންމެ އެތެރެ ފަށަލައިންނެވެ.
މިދެންނެވި ފަަށަލަ ތަކުން ކެންސަރެއް އުފެދެމުން ދާއިރު، ލޭދައުރު ކުރާ ހޮޅިތަކަށް (އަދި ލިންފް ހޮޅިއަށް) ފެތުރެއެވެ.މިހިސާބުން ފެށިގެން ލޭދައުރު ކުރާނިޒާމުގެ ގޮށް ތަކަށް(ލިންފް ނޯޑަށް) ފެތުރި، ދުރުގައިވާ ގުނަވަންތަކަށް ފެތުރެއެވެ.
މިބަލީގެ ސްޓޭޖް(ބަލި ފެތުރިފަ ހުރި މިންވަރު) ކުރުމުގެ އެންމެމުހިއްމު އެއް މިންގަނޑަކީ،ކެންސަރު އުފެދި ފެތުރިފަ ވަނީ ގޮހޮރުގެ ކިތައް ފަށަލައަކަށްތޯ، ކިހާފުންމިނަކަށް ތޯ ބެލުމެވެ.
ގޮހޮރާ ފުރަގަސްފަރާތުގެ ތަފާތުވަށްތަރުތަކުގެ ކެންސަރ ތައް:
ގާޔްގަނޑަކަށް %96 އަކީ “އެޑިނޯކާސިނޯމާ” ކިޔާވައްތަރުގެކެންސަރެވެ.މިވައްތަރުގެ ކެންސަރު އުފެދެން ފަށަނީ ގޮހޮރާއި ފުރަގަސްފަރާތުގެ އެތެރެ ފަށަލައިގައި އެކުލެވޭ “މިއުކަސް” ނޫނީ ތެތްކޮށް އެކުލަވާލުމަށް ޚާއްސަަވެފައިވާ “މިއުކަސް” ގްލޭންޑް ތަކުންނެވެ.އާންމު ކޮށް ޑޮކްޓަރުން ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރުގެ ވާހަކަ ދައްކާއިރު އެ މުޚާތަބްކުރައްވަނީ މިވައްތަރެވެ.އެޑިނޯކާސިނޯމާ ގެވެސް އިތުރު ވައްތަރުތައް ހުރެއެވެ.މިސާލަކަށް “ސިގްނެޓް ރިންގް” ނޫނީ “މިއުސިނަސް” ފަދަ ވައްތަރުތައް (މިފަދަވައްތަރު ހިމެނުމަކީ ބަލިން އަރައިގަތުމުގެ ކުރިމަގު އެހާރަނގަޅު ނޫން ވައްތަރުތަކެކެވެ.
މަދުން ނަމަވެސް ހިމެނޭ މުހިއްމު އިތުރު ވައްތަރުތައް:
“ކާރސިނޮއިޑް ޓިއުމަރ”
މިވައްތަރުގެ ކެންސަރ އުފެދެނީ ހޯމޯން އުފައްދައިދޭ ޚާއްސަ ގްލޭންޑް ތަކަކުންނެވެ.
“ގެސްޓޮރޯއިންޓަސްޓީނަލް ސްޓްރޯމަލް ޓިއުމަރސް (ޖިސްޓް)”
މިވައްތަރު އުފެދެނީގޮހޮރުގެ ފަށަލަތަކުގެ ތެރޭގައި ވާ “އިންޓަސްޓީށިއަލް ސެލްސް އޮފް ކަޖަލް” ކިޔޭ ޚާއްސަސެލްތަކަކުންނެވެ.މިވައްތަރުގެ އެއްބައި ވައްތަރަކީ ކެންސަރެއް ނޫނެވެ (ބިނައިން).މިވައްތަރު ގޮހޮރުގެ ކޮންމެހިސާބަކުން ވެސް ފެނިދާނެއެވެ.ނަމަވެސް އެންމެ އާންމުކޮށް ފެންނާނީ ބޮޑުގޮހޮރެގެ ހިސާބުތަކުންނެވެ.
މިއީ ހަށިގަނޑުގެ ދިފައީ ނިޒާމްގެ ސެލްތަކުން އުފެދޭވައްތަރެކެވެ.އާނމުކޮށް ފަށަނީ ލިންފް ނޯޑްއިންނެވެ. ނަމަވެސް މިވައްތަރުގެ ކެންސަރު ބޮޑުގޮހޮރާއި، ފުރަގަސް ފަރާތް އަދި އެހެނިހެން ގުނަވަން ތަކުން ފެނެއެވެ.
މިވައްތަރުގެ ކެންސަރ ފަށަނީ ބޮޑުގޮހޮރާއި ފުރަގަސް ފަރާތުގެ އެކި ފަށަލައިގައި ހިމެނޭ ލޭހޮޅި ޔާއި މަސްފަށަލަ ފަދަ ތަންތަނުންނެވެ.މިއީ ވަރަށް މަދުވައްތަރެއްގެ ކެންސަރެކެވެ.
.ސަމާލުވެލައްވަން ވީ މުހިއްމު ފަސް އަލާމާތެއް
ފަރުވާކުރުން:
ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރ ޑައިގްނޯސް ކުރެވުމަށް ފަހު ފަރުވާދޭ ޓީމް އިން ފަރުވާގެ ތަފާތު ވައްތަރުތަކާއި ބޭނުން ކުރެވޭނެ ވަސީލަތްތައް ކިޔައިދޭނެއެވެ.މިފަދަ މައުލޫމަތެއް ލިބުމަށް ފަހު ހިތުގައި އުފެދޭ ސުވާލުތަކަށް، ފަރުވާކުރާޓީމް އާ މަޝްވަރާކޮށް ޖަވާބު ހޯދަންވާނެެވެ.މިގޮތުން ކޮޮންމެ ފަރުވާއެއްގެވެސް ހުރި ފައިދާ އަދި ވަކިފަރުވާއެއް ހިޔާރުނުކޮށްފިނަމަ ވެދާނެ ގޮތްތައް އޮޅުންފިލުވަން ވާނެއެވެ.
ފަރުވާ މައި ގަންޑު ގޮތެއްގައި ބެހިގެންވަނީ ދެބަޔަކަށެވެ.
“ލޯކަލް ޓްރީޓްމަންޓް” ބަލި ހުރި ހިސާބައް ދޭފަރުވާ.
“ސިސްޓީމިކް ޓްރީޓްމަންޓް” މުޅި ހަށިގަނޑަށް ދެވޭފަރުވާ.
“ލޯކަލް ޓްރީޓްމަންޓް” ބަލި ހުރި ހިސާބައް ދޭފަރުވާ.
މިފަދަ ފަރުވާ އަމާޒުކުރެވިފައިވަނީ ހަމައެކަނި ޓިއުމަރް އިންހިސާބަށެވެ.މިފަދަ ފަރުވާއެއްގައި ހަށިގަނޑުގެ އެހެންހިސާބުތަކަށް އަސަރެއް ނުކުރާނެއެވެ.އާންމު ގޮތެއްގައި މިފަދަ ފަރުވާ އަމާޒުވެފައި ވަނީ ނުފެތުރި ހުރި ބަލީގެ ކުރީ ސްޓެޖްތަކުގައެވެ.ނަމަވެސް މިފަދަފަރުވާ ބަލީގެ އެކި ހިސާބުތަކުގައި އެހެންވަސީލަތްތަކާ ގުޅުވައިގެން ދެއެވެ.ހިމެނޭތަފާތުވައްތަރު ތައް:
“ސިސްޓީމިކް ޓްރީޓްމަންޓް” މުޅި ހަށިގަނޑަށް ދެވޭފަރުވާ.
މިފަދަ ފަރުވާ ދެވޭނީ ތަފާތުބޭހުގެ ގޮތުގައެވެ. އަނގައިން ދޭބޭސް ގުޅައެއް ގެގޮތުގަ ނޫނީ ސީދާލޭ ހޮޅިއަކަށް މަގުތަނަވަސްކޮށް އާލާތެއްލައްވައިގެންނެވެ.މިފަދަފަރުވާއަކުން ހަށިގަނޑު ގެ އެކިހިސާބުގައި ވާ ކެންސަރ ސެލްތަކަށް ފޯރާނެއެވެ.މިފަދަ ފަރުވާގެ މައިގަނޑު ބައިތައް ބެހެނީ ތިންބަޔަކަށެވެ.
ކީމޯތެރަޕީ
ޓާރގެޓް ތެރަޕީ
އިމިއުނޯ ތެރަޕީ
އާންމު ކޮށް ފަރުވާދޭން ބޭނުން ކުރާމިންގަނޑު
ބަލީގެ ސްޓޭޖް އަށްބެލުމަށް ފަހު ކަނޑައެޅޭ ފަރުވާ ނިންމާނީ “ސްޓޭންޑަޑް” ފަރުވާއެކެވެ. މިއީ ކޮންމެ ސޮޓޭޖް އަކަށް ކަނޑަ އެޅޭ އެންމެ ރަނގަޅު ފަރުވާއެކެވެ.ބައެއް ފަހަރު އެހެން ބަލި ތަކާއި ބަލިމީ ހާގެ ހާލު ތަންދޭ ގޮތުން މިދެންނެވުނު ސްޓޭންޑަޑް ފަރުވާއިން އެއްކައިރިވެ، ފަރުވާކުރާޓީމް ގެ މަޝްވަރާ އަށް ފަހު އެނމް ރަނގަޅު ފަރުވާއެއް ނިންމައެވެ.