`
އުރަމަތީ ގެ ކެންސަރުގެ ފަރުވާގެ ތެރެއިން : އަތް ދުޅަވުން (ލިންފްއެޑީމާ), ރައްކާތެރި ވާނީ ކިހިނެއް އަދި ފަރުވާއަކީ ކޮބާ?ޑރ. މުޙައްމަދު ޝިފާން
ތައާރަފްއުރަމަތީގެ ކެންސަރ ގެ ފަރުވާގެ ބައެއްގެ ގޮތުގައި ގިނަފަހަރު ކިހިލިފަތް ދޮށުގައިވާ ގޮށް ތަކުގެ (ބޮޑު) ބައެއް ނަގައެވެ. މިފަދަ ބައެއްހިމެނޭފަރުވާއަކަށް ފަހު އަތް ދުޅަވުން ދިމާވެއެވެ. އަދި ކިހިލިފަތަށާއި, އުރަމައްޗައް ރޭޑިއޭޝަން ދިނުމުން މިފަދަ އިން އަތް ދުޅަވުން އިތުރުވެދެއެވެ. މިމައްސަލަ އަކީ ދާއިމީ ކަމެކެވެ. އެއްކޮށް ހައްލުކުރުމަށް ދަތި މައްސަލައެކެވެ. ނަމަވެސް މިފަދަ ކަމެއްފެށުނަނުދިނުމަށް އެޅިދާނެ ފިޔަވަޅު ތަކެއް ހުރެ އެވެ. އަދި ފެށިއްޖެނަމަ އަލާމާތް ތައް ގޯސްވިޔަ ނުދީ ބެލެހެއްޓުމަށް އެޅިދާނެ ފިޔަވަޅު ތަކެއް ވެއެވެ. ކުރީކޮޅުގައި އަޅާނުލެވިއްޖެނަމަ، “ލިންފްއެޑީމާ” އިތުރަށް ގޯސްވެދެއެވެ.
“ލިންފެޓިކް ސިސްޓަމް” އަކީ ކޮބާ؟މިއީ ގޮށްތަކަކާ އެކު ކުދިކުދި ލޭހޮޅީތަކަކުން އެކުލެވޭ ނިޒާމެކެވެ. މައިގަނގު ގޮތެއްގައި ހަށިގަނޑުގައި ލޭދައުރުކުރުމާ އެކު ދިފާއީ މުހިއްމުރޯލެއްއަދާކުރާ ނިޒާމެކެވެ. އަދި ހަށިގަނޑުގެ އެކިހިސާބުން ތަގައްޔަރުވެފައިވާ މާއްދާތައް ހަށިގަނޑުން ސާފުކުރާ “ފިލްޓަރެއްގެ” މުހިއްމު ރޯލުވެސް އަދާކުރެއެވެ.އަތްދުޅަވާންދިމާވާ ސަބަބު:އުރަމަތީ ގެ ކެންސަރ ގެ އޮޕަރޭޝަން ކުރުމުގައި, ޓިއުމަރ ނެގުމަށް ފަހު އެންމެކައިރީގަވާ ގޮށްތައްނަގައެވެ. މިފަދަ އިން ކަންކުރުމުން ދައުރުކުރަމުން ދިޔަ”ލިންފް” ގެ މަގަށް ހުރަސް އެޅި, މި ދިޔަ ޖަމާވެއެވެ. ބޭރުފުށުން ދުޅައިގެ ސިފައިގަ ފެނެއެވެ. މިފަދައިން ދުޅަ އަތުގަ(ބައެއްފަހަރު ދެއަތުގަ), ފައިގަ(ބައެފަހަރު ދެފައިގަ), ކަރާ މޫނުގެ ހިސާބުތަކުގަ, އުކުޅު ވަޅު އަދި ބަނޑުގެ ހިސާބުތަކުން ފެނުން އެކަށީގެން ވެއެވެ. ދުޅަ އިތުރުވެ, ދުޅަވެފައިވާ ހިސާބުތަކުގައި ފާރުކޮޅު ޖަހައެވެ. އަދި ފަރުވާ ނުލިބިއްޖެނަމަ މިފަދަ ފާރުކޮޅުތަކުގައި ޖަރާސީމުއަށަ ގަނެއެވެ.ގިނަފަހަރު އުރަމަތީގެ ކެންސަރގެ ފަރުވާގެ ބައެއްގެ ގޮތުގައި, އުރަމައްޗައް އަދި ކިހިލިފައްޗަށާ ވަށައިގެން ވާހިސާބަށް “ރޭޑިއޭޝަން” ފަރުވާގެ މުހިއްމު ބައެއް ގެ ގޮތުގައި ހިމެނެ އެވެ. މިފަދައިން ރޭޑިއޭޝަން ދިނުމުން އިތުރަށް, “ލަކުނުލައި” “ލިންފް” ގެ ދައުރުވުމަށް އިތުރަށް ހުރަސްއެޅެ އެވެ.އެހެން ކަމުން ބޭރުފުށަށް ދުޅަ އިތުރުވެއެވެ. މިފަދައިން އަލާމާތް ތައް ބައެއްފަހަރު އޮޕަރޭޝަނަށް ފަހު ނޫނީ ރޭޑިއޭޝަނަށް ފަހު ފެނެއެވެ. ބައެއް ފަހަރު އެތައް ދުވަހެއް ނޫނީ އަހަރެއް ފަހުންވެސް ފެނެއެވެ.މައި ގަނޑުގޮތެއްގައި ބެހެވިގެން ދާ ބައިތައް:1-ފުރަތަމަ ވަށްތަރު : އޮޕަރޭޝަން ކުރާތާ ކުޑަމުއްދަތެއްގެތެރޭގައި ވަރަށް ކުޑަކޮށް ދުޅައަރާ, ކުޑަ މުއްދަތެއްގެތެރޭގައި އަމިއްލަޒާތުގައި ރަނގަޅު ވުން.2-އޮޕަރޭޝަން ނޫނީ ރޭޑިއޭޝަން ދޭތާ އެއްމަސް ނޫނީ ދޮޅުމަހެއްހާދުވަސް ތެރޭގައި ދުޅައައިސް, ވަގުތާއެކު އެކަންއަމިއްލައަށް ހައްލުވުން .3-އެންމެ އާންމު ވަށްތަރަކީ އޮޕަރޭޝަންކުރާތާ ދޮޅު އަހަރާ ދެ އަހަރާ ދޭތެރޭ އަރާދުޅައެވެ. މިއީ ގިނަފަހަރު ތަދަކާނުލާ އަންނަ ދުޅައެކެވެ. އަދި ފަރުވާއަކާ ނުލާ ލުޔެއް ނުލިބޭ ވަށްތަރެކެވެ.ނޯޓް; އޮޕަރޭޝަން ނޫނީ ރޭޑިއޭޝަނަށް ފަހު ކޮންމެ މުއްދަތެއްގެ ތެރޭގައިވެސް ދުޅަ އަތުވެދާނެއެވެ. އެއްކޮށް ފަސޭހަނުވިކަމުގައި ވިޔަސް އިތުރަށް ގޯސްވިޔަނުދީ ބެލެހެއްޓޭނެއެވެ. މިފަދައިން ދުޅައަންނާނީ ކާކަށް ކަމެއްފަރުވާގެކުރިން ބުނެދިނުމަކީ އުނދަގޫކަމެކެވެ. ނަމަވެސް މިފަދަ އިން ދުޅައައުން ދުރުކުރުމަށް ކުރެވިދާނެކަންކަން ހުރެއެވެ.މިފަދައިން ދުޅަވާ ދުޅަވުން ހުއްޓުވިދާނެ ތޯ:ފަރުވާއަށް ފަހު ހަންގަނޑު ރަނގަޅަށް ބަލަ ހައްޓާ އަދި ފަރުވާއަށް ފަހު ކަސްރަތު ކުރާމީހުންނަށް މިފަދަ ގޮތަކަށް ދުޅައައުން ދުރުވެއެވެ. ސީދާ ހުއްޓުވޭނެ ގޮތެއް ހޯދިފަކާ ނުވެއެވެ. އޮޕަރޭޝަން ކުރުމުގައި ބޭނުން ކުރެވޭ ވަސީލަތައް އައި ހެޔޮބަދަލާ ކުރެވޭ ގޮތަށް އައި ކުރިއެރުމާ އެކު މިފަދައިން ދުޅައައުން މަދުކަމަށް ދިރާސާތަކުން ދައްކައެވެ.
އަލާމާތް ތައް:އުރަމަތީ ގެ ކެންސަރ އަށް ކުރާ އޮޕަރޭޝަންއަށް ފަހު މައިގަނޑު އަލާމާތަކީ , ކިހިލިފަތުން ގޮށް ނެގިފަރާތުގެ އަތް ދުޅަވުމެވެ. އަދި މިފަދަ އިން ދުޅައަރާ މިންވަރު ދޭދޭ މީހުންގެތެރޭގައި ތަފާތު ވާނެއެވެ. އެހެންކަމުން, ދެއަތުގެ ވަށަމިނުގެ ތަފާތުގައި ބޮޑެތި ފަރަގު ހުރުން އެކަށީގެން ވެއެވެ.ބައެއް އެހެނިހެން އަލާމާތް ތައް:އަތާއި ކިހިލިފަތް (ދުޅައެއް ނެތި) ބަރުވެފައި ހުންނަ އިހްސާސް އެއްވުންކުރިން އަތަށް ހެޔޮވަރު ގަހަނާފަދަ ތަކެތި ބާރުވުންމޭމަތީގައި ދުޅައިތުރުވެ, އަޅަމުންދިޔަ ބްރާ ބާރުވާކަމުގެ އިހްސާސް ވުންއަތް ވަރުބަލި ވުމުގެ އިހްސާސްވުންއިނގިލިތައް ބާރުވެ, ލެނބުމަށް އުނދަގޫވުންހަންގަނޑު ބޯވެ ބަދަލުތަކެއް އައުން
ރައްކާތެރިވުން :އޮޕަރޭޝަން ކޮށްފައިވާ ފަރާތުގެ އަތް ރައްކާކުރުމަކީ އެންމެ މުހިއްމުއެއް ފިޔަވަޅެވެ. މިފަދަ ފަރުވާއަކަށް ފަހު “ލިންފް” ދައުރުކުރުމުގައި ހުރަސްތަކެއް ހުރުމަކީ އެފަރާތުގައި ޖަރާސީމު އަށަ ގަތުމާ ފަސޭހައިން އަނިޔާ ވުމަށް މަގުފަހި ވާކަމެކެވެ.އެހެންކަމުންލޭނެގުމާއި އިންޖެކްޝަން ފަދަ ކަންކަން ފަރުވާކުރެވުނު އަތުން ނުކުރުން މުހިއްމުވާނެއެވެލޭގެ ޕްރެޝަރު ބެލުން ވެސް އަނެއް އަތަށް ( ފަރުވާ ކުރިއަތް ނޫން) ބަދަލު ކުރުން މުހިއްމުވާނެއެވެބޭނުން ކުރާއަންނައުނުގައި އަތް ކުރި ދޫކޮށް ހުރުން މުހިއްމުވާނެއެވެ. (ބާރު ރަބަރު ލައިފައި ހުންނަ އަތުކުރި ބޭނުން ނުކުރުން)ބަރު ދަބަސް ނޫނީ އެފަދައިން ކޮނޑުގައިއުފުލާ ދަބަސް އަނެއްއަތަށް ބަދަލުކުރުންސާފު ރޭޒަރު ބޭނުން ކުރުން (ކިހިލިފަތުގައި ހުންނަ އިސްތަށި ބޭލުމަށް )ވަރަށް ހޫނު މާހައުލަކަށް އަތް ނޫނީ ހަންގަނޑު ހުށަ ނޭޅޫންކިޔައި ދެވިފައި ވާލުއި ކަސްރަތުތައް ކުރުންމިންހެޔޮ ލޮނުމަޑު ކޮށް ކެއުން ބުއިން ބެހެއްޓުން
ފަރުވާ:ފަރުވާ ބެހިގެންވާނީ މައިގަނޑުގޮތެއްގައި އަލާމާތްތައް ހުންނަމިންވަރަށް ބަލާފައެވެ.އަދި ފަރުވާގެތެރޭގައި ތިރީގައި ބަޔާންކުރެވޭ ކަންކަން ހިމެނޭ ނެއެވެ.– ކަސްރަތު. ކަސްރަތު ކުރުމުން “ލިންފް” ދައުރުކުރުމަށްއެހީވެދެއެވެ.ފަރުވާކުރާ ޓީމުގެ ޑޮކްޓަރު ނޫނީ ފިޒިކަލް ތެރަޕިސްޓް ވަކިކަސްރަތުތަކެއް ކިޔައިދޭނެއެވެ.– ބެންޑެޖެއް ބޭނުން ކުރުން : ދެމޭ ބެންޑޭޖެއް ނޫނީ ހާއްސަ “ކޮމްޕްރެސިވް ސްލީވް” އެއް ބޭނުން ކުރުމުން ޖަމާވާ ލިންފް ޖަމާވިޔަނުދީ ދައުރު ކުރުމަށް އެހީވެދެއެވެ.– މިންހެޔޮ ކެއުމެއް އަދި ބަރުދަން ހެޔޮ މިންވަރެއްގަ ބެލެހެއްޓުން: އާންމު ފަރުވާގެ ތެރޭގައި މިންހެޔޮ ކެއުމެއް އަދި ހަށިގަނޑުގެ ބަރުދަން ވަކިމިން ގަނޑަކަށް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.– އަތް އުފުލާފައި ބޭއްވުން: އަތް އެމީހެއް ގެ ހިތް އިންނަ މިނައް ވުރެ މައްޗައްއުފުލުމުން “ގްރެވިޓީ” ގެ ބާރުން ތިރިޔަށް ދަމަން އެހީވެދެއެވެ. އެފަރާތް އަތްމައްޗައް ނިދަން އޮށޯވެ ނުއޮތުން. އަދި ނިދާއިރު ކުޑަބާލީ ހެއް އެ އަތް ދަށަށް ލެއްވުން.– ޖަރާސީމް އަށަގަތަ ނުދިނުން: ދުޅަވެފައިވާ ހިސާބުގެ ހަންގަނޑަށް ހާއްސަ ސަމާލުކަމެއްދިނުމަކީ މުހިއްމުކަމެކެވެ. ކިތައްމެ ކުޑަކޮށް ހަންގަނޑު ހަލާކުވެއްޖެނަމަ ޖަރާސީމު އަށަގަނެ ފަސޭހަކުރުމުގައި އިތުރު ހުރަސް ތަކެއް މެދުވެރި ވެއެވެ.– މަސާޖް/ ތެޔޮދެމުން: މިކަމުގެ ހާއްސަ ތަމްރީން ލިބިފާ ވާ މީހެއްގެ އެހީހޯދުން މުހިއްމުވާނެއެވެ.
އިންފެކްޝަނަކުން ނޫނީ އަނިޔާ އިންސަލާމަތް ވުން:( އެންމެ މުހިއްމު އަސާސް)
އުރަމަތީގެ އޮޕަރޭޝަނަކަށް ފަހު އެފަރާތުގެ އަތް ހާއްސަސަމާލުކަމެއްދީ ރައްކާތެރިކޮށް ގެންގުޅު މަކީ މުހިއްމުކަމެކެވެ. ލިންފް ދައުރުކުރުން ލަސްވުމަކީ ވެސް އިންފެކްޝަނަށް ހުށެހެޅުންގާތްވާ ކަމެކެވެ. އަދި އަތަށް ޕްރެޝަރު އިތުރުވާ ކަން ކަން (އަތަށް ބާރު އަންނައުނު) ނުކުރުމަށް ސަމާލުވާންޖެހެއެވެ. ލިންފް ދައުރުކުރުން ދައްވުމަކީ އަތުގެ ހިއްސު(ފިނި ހޫނު މިނުގެ އިހްސާސް ) ދައްވާކަމެކެވެ. އެހެންކަމުން ތިރީގައިބަޔާން ކުރެވިދާކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.• ލޭނެގުމާ އިންޖެކްޝަން ފަދަ ކަންކަމަށް އަނެއް އަތް ބޭނުން ކުރުން.• ލޭގެ ޕުރެޝަރު ބެލުން ފަދަ ކަން ކަން އަނެއް އަތުން ކުރުން .• އަންނައުނު ބޭނުން ކުރުމުގައި, އަތުކުރި ނޫނީ އަތައް ބާރު އަންނައުނު ހިޔާރުނުކުރުން .• ބަރުދަބަސް ފަދަ ތަކެތި އަނެއް އަތުން އުފުލުން.• ކިހިލި ފަތުގައި ހުންނަ އިސްތަށި ބޭލުމަށް ސާފު ރޭޒަރު ތިލަ ބޭނުން ކުރުން.• އިރުގެ ހޫނުން އެއަތް ރައްކާތެރި ކުރުން . އަދި އުނދުނުގެ ހޫނު (ހުޅުން) ފަދަގޮތްގޮތަށް ފިހުނަ ނުދީރައްކާ ތެރިކުރުން.• މަސައްކަތެއް ކުރަނީނަމަ އަންގިލައްވައިގެން މަސައްކަތް ކުރުން. (މިސާލަކަށް ގޭތެރެ ސާފުކުރުން ފަދަ ކަންކަމުގައި އަހުލުވެރިވެ އުޅޭއިރު.)• އޮޕަރޭޝަން ކޮށްފައިވާ އަތް މަދުވެގެން ދުވާލަކު އެއް ފަހަރު ދޮވެހިއްކުމަށް ފަހު “މޮއިސްޗަރައިޒަރ” އެއްލައިފާ ބެހެއްޓުން• މިކަމަށް ހާއްސަވެފާވާ ކަސްރަތުތައް, ކަނޑައެޅިފައިވާ ގޮތަށް, އާދަވެ ކުރުން.• ކެއުމުގައި ލޮނުމަދު, މިންހެޔޮ ކެއުމެއް ހިޔާރުކުރުން• އެއްވެސް ހާލަތެއްގައި އިންފެކްޝަނެއްގެ ފުރަތަމަ އަލާމާތް ތަކާއެކު (ތަދުވެ, ދުޅަވެ,ހޫނުވެ, އަދި ހުންއަންނަނަމަ), ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމުވާނެ އެވެ.ފަހުބަސް:ނޯޓް; މަތީގައި ބަޔާން ކުރެވިފައިވާ ފަދަ އޮޕަރޭޝަނެއް ނޫނީ ފަރުވާއެއްކޮށްފައި ވާނަމަ, އާނމުދިރިއުޅުމުގައި ކުރެވޭނެކަންކަމާ, އަތުގެ ބޭނުން ހިފޭނެވަރާމެދު, ފަރުވާކުރާ ޓީމުގެ ޑޮކްޓަރުންނާ ސުވާލުކުރާށެވެ. އަދި, އެލަފާ ތަކަކީ ކޮންމެދުވެހެއްގެ އާދަކާދައިގައި ހިމަނަންޖެހޭ މުހިއްމު ކަންކަން ކަމުގައި ގަބޫލުކޮށް އެގޮތަށް އަމަލުކުރުމަކީ ހަޔާތުގެ މުހިއްމު އަސާސެއް ކަމުގައި ހަދާށެވެ..