އުރަމަތީ ކެންސަރުން ރައްކާތެރި ވެވޭނީ ކިހިނެއް!

ޝެއާރް ކޮއްލާ

`

އުރަމަތީ ކެންސަރުން ރައްކާތެރި ވެވޭނީ ކިހިނެއް!

ޑރ. މުޙައްމަދް ޝިފާން

ތައާރަފް

އުރަމަތީގެ ކެންސަރަކީ މުޅިދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އާންމު އެއްބައްޔެކެވެ. ބުނެވޭގޮތުގައި ކޮންމެ އަށް އަންހެނުންގެ ތެރެއިން އެކަކަށް އުރަމަތީގެ ކެންސަރު, އުމުރުގެ ކޮންމެވެސް ހިސާބެއްގައި ތަހައްމަލް ކުރަންޖެހެއެވެ. މައިގަނޑު ގޮތެއްގައި މިބަލި ޖެހުމަށް މެދުވެރިވާ އެންމެ މުހިއްމު އެއް ސަބަބަކީ “އަންހެން ހޯމޯން” (އިސްޓްރޯޖަން) އަށް އުމުރުގެ ދުވަސްތަކުގައި ހުށައެޅޭ މުއްދަތުގެ ދިގުމިނެވެ.

ތިރީގައި ބަޔާންކުރެވިފައި މިވަނީ މިފަދަ ކަމަކުން ދުރުހެލި ވުމަށް ދެވޭނެ އެންމެ ރަނގަޅު އިރުޝާދެވެ.

ގާތުން ބުއްދިނުމަކީ މުހިއްމު ރައްކާތެރި ފިޔަވަޅެކެވެ!

ގާތުންބުއްދިނުމަކީ ކިރުއުފައްދައިދޭ ސެލްތައް ބޮޑުވެ ފައްކާވާ ސަބަބެކެވެ. އެހެންކަމުން އުރަމަތީގެކެންސަރަށް ބަދަލުވުމުގެ ޗާންސް ބޮޑުތަނުން ކުޑަވެއެވެ. މިހެޔޮބަދަލަކީ ގާތުން ބުއްދޭމިންވަރަކުން ލިބޭހެޔޮބަދަލެކެވެ. މިސާލަކަށް, ގާތުން ތިންކުދިންނަށް ތިންމަހު ބުއްދިނުމުން ލިބޭފައިދާ އެންމެކުއްޖަކަށް ނުވަމަހު ގާތުންބުއްދިނީމަލިބޭ ފައިދާއާއި އެއްވަރެވެ. ކުރުކޮށް ބުނަނީނަމަ, ގިނައިން ގާތުން ބުއްދިން ވަރަކަށް އުރަމަތީގެ ކެންސަރާ ދުރުކުރުވައެވެ.

އިއްދައިން ކެނޑުމަށްފަހު ހަށިގަނޑަށް އަންނަބަދަލުތަކަށް ބޭނުންކުރެވޭ “ހޯމޯން” ބޭހުގެމިންވަރު މަދުކުރުން! އިއްދައިންކެނޑުމަށް ގާތްވަމުންދާވަރަކަށް އިހްސާސް ކުރަންޖެހިދާނެ އަލާމަތް ތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބައެއްފަހަރު “ހޯމޯން” ބޭސް ލިޔެދެއެވެ. މިފަދައިން ބޭސް ބޭނުން ކުރުމުން, ނިދި, މޫޑް އަދި ހަށިގަނޑުގެ އެތެރެ ހޫނުވެފަ ހުންނަ އިހްސާސްތަކަށް ލުޔެއް ލިބެއެވެ. އެހެންކަމުން އެންމެ ބުއްދިވެރި ގޮތަކީ މިފަދަ ބޭސް ވީހާވެސް ކުރު މުއްދަތަކަށް ބޭނުން ކުރުމެވެ. ގިނަ އަންހެނުންނަށް މިފަދަ ބޭސް, ދިރި އުޅުމަށް އުނދަގޫ ނުވެ, އިތުރު މައްސަލައެއް މެދުވެރި ނުވެ,(އިއްދައިން ކެނޑުމަށް ފަހު) ބޭސްމަދުކުރަމުން ގޮސް އެއްކޮށް ހުއްޓާލެވެއެވެ.

ރަނގަޅު ބަރުދަނެއް ގައި ހަށިގަނޑު ބެހެއްޓުން!

މި ނުކުތާ ވަކިން ޚާއްސަކޮށް މުހިއްމުވަނީ އިއްދައިން ކެނޑުމަށްފަހުއެވެ. ސަރުބީ ބަދަލުވެގެންދަނީ “އިސްޓްރޯޖެން” ހޯމޯން އަށެވެ. މިސަބަބަށްޓަކާ ހޯމޯން އާންމުކޮށް ދައްކޮށް ހުންނަ އެއްޗެއް, ހަށި ގަނޑުގައި ސަރުބީ އިތުރު މީހުންގެ އެތައް ގުނައެއް އިތުރުވެދެއެވެ.

ބަނގުރާ ބޭނުން ނުކުރުން!

ބަނގުރާ އަދި އިސްޓްރޯޖެން އަކީވެސް ފުރަމޭގައި މުހިއްމު (މެޓާބޮލިކް) ރިއެއްކްޝަންތަކެއް ހިންގައިދޭ މާއްދާތަކެކެވެ. ބުނެވޭގޮތުގައި ދުވާލަކު ގަވައިދުން އެއްތަށި ބަނގުރާ ބޯމީހަކަށް އުރަމަތީގެ ކެންސަރ ޖެހުމުގެ ޗާންސް %30 އިތުރުވެދެއެވެ.( ބޭނުން ކުރާ އަދަދާ ސީދާ ބަލި ޖުހުމުގެ ޗާންސް ގުޅިފައިވާ އެއްޗެކެވެ.)

ކަސްރަތަކީ ހަށިގަނޑު ޒުވާންކަންމަތީ ބެހެއްޓުމުގެ ސިއްރު އެކަޏެއްނޫންމެއެވެ!

ގިނައިން ހެލިފެލިވެ އުޅޭއަންހެނުންގެ (ކޮންމެ ބަރުދަނެއްގައި ކަމުގާވިޔަސް) އިސްޓްރޯޖަން ހޯމޯން ހުންނަ މިންވަރު މަދުވާނެއެވެ. ހުރިހާ އުމުރު ފުރާއަކަށް ވެސް ހަފްތާއަކު ތިނެއް ނުވަތަ ހަތަރު ދުވަހު މަދުވެގެން ބައި ގަޑިއިރުގެ ކަސްރަތު ލިބުމަކީ އުރަމަތީގެ ކެންސަރާ ދުރުކޮށްދޭ މުހިއްމު ފިޔަވަޅެކެވެ.

މިންހެޔޮ ކެއުމެއް ހިޔާރުކުރުން!

ކަސްރަތާއެކު ހަށިގަނޑަށް އެތެރެ ކުރެވޭ ކާނާއަކީ, އުރަމަތީގެކެނަސަރ ދުރުކުރުމަށް އެޅޭނެއެއް މުހިހްމުފިޔަވަޅެވެ. ދުޅަހެޔޮ ސިހްހަތެއް ގައި ހުރުމަށް ރަނގަޅު ބަރުދަނެއް ގައި ހުރުމަކީ އެންމެ މުހިއްމު އެއްފިޔަވަޅެވެ. އަދި މިފަދަ ކަމަކަށް މިންހެޔޮ ތަރުކާރީ އާއި މޭވާ އަސްލުކަމުގައި ވާ މިންހެޔޮކެއުމަކަށް ވާންޖެހެއެވެ. އެހެން ކަމުން ތަރުކާރީ – މޭވާ- ފަލަމަޑީ ގެ ބާވަތް ތަކާ, ގޮވާމުގެ ތަފާތު ވައްތަރު ތަކެވެ. ނޯޓް ކޮށްލަން މުހިންމު ކަމަކީ ތަރުކާރީ އާއި މޭވާ އަށް ކުލަ, ވަސް އަދި ރަހަ ގެނެސް ދޭ މާއްދާތައް “ފައިޓޯކެމިކަލްސް” އަކީ ކެންސަރ އިން ރައްކާތެރިކޮށް ދޭ އެއްޗެކެވެ.މީގެއިތހުރުން ތަފާތު މުހިއްމު މިނަރަލް އަދި ވިޓަމިން ގެ މާއްދާ ތައް ރަނގަޅުމިންވަރަކަށް އެކުލެވިގެން ވެއެވެ.މިއާ އެކު ދުވާލަކު މަދުވެގެން އަށެއް ނޫނީ ދިހަ ތަށި ފެން ބުއިމަކީ ވެސް މުހިއްމު ކަމެކެވެ.

“ބްރެސްޓް އެވެއަރ” ވުން :

މިއީ މިފަހަކަށް އައިސް އުރަމަތީގެ ކެންސަރ ގެ ވާހަަކަ ދެކެވޭހިނދު, ކުރީކޮޅުގައި އުރަމައްޗައް އަންނަ ބަދަލު ތައްދެނެގަތުމުގެ މުހިއްމު ކަންބަޔާން ކުރުމަށް ބޭނުންކުރެވޭ ލަފުޒެކެވެ. އަމިއްލަ އުރަމައްޗައް އަންނަ ބަދަލުތައް އަމިއްލަ އަށް ދެނެގަނެވޭނެ ނިޒާމެއްގެ ވާހަކައެވެ. މިގޮތުން އުމުރުން 40-20 އަހަރާދެމެދުގެ ކޮންމެ އަންހެނެއްވެސް, ޕީރިއަޑް ވުމަށް ފަހު ކޮންމެ އެއްދުވަހަކު އަމިއްލަ އަށް ބަލާ ފާސް ކުރަން ވާނެއެވެ. މިސާލަކަށް ޕީރިައްޑް ގެ ދިހަވަނަ ދުވަސް ހިޔާރުކުރެން ރަނގަޅުވާނެއެވެ.މިގޮތަށް ބަލާފާސް ކުރާއިރު, ދެފަރާތް އަޅާކިޔަން , ހަންގަނޑަށް އަންން ބަދަލު, ވައްގަނޑު އަދި ކިހިލިފަތް ބަލަން ވާނެއެވެ.

ސްކްރީން ކުރުން :

ސްކްރީން ކުރުމުގެ މާނައަކީ  ބައްޔެއްގެ އަލާމާތްތައް ފެށުމުގެކުރިން ބަލީގެ އެންމެ ކުރީކޮޅު (އަންނަބަދަލުތައް) އެބައްޔެއް، ހާއްސަ ވަސީލަތްތަކެއް/އާލާތެއް ބޭނުންކޮށްގެން ދެނެގަތުމެވެ. މިފަދައިން ދެނެ ގަނެވުމުން ވަރަށް “ލުއި” ގޮތަކަށް ފަރުވާ ކުރެވި ފުރިހަމަ ޝިފާ ލިބިދެއެވެ.

މައިގަނޑު ގޮތެއްގައި އުރަމަތީގެ ކެންސަރ ސްކްރީން ކުރުމަށް ބޭނުން ކުރާ ވަސީލަތަކީ “މެމޯގްރާމް” އެވެ.މިއީ މިކަމަށް ޚާއްސަ ކުރެވިފައިވާ އެކްސްރޭ މެޝިނެއްގެ އެހީގައި ނެގޭ އުރަމަތީގެ އެކްސްރޭ އެކެވެ. ދެވައްތަރެއްގެ މެމޯގްރާމްގެ ޚިދުމަތް މިހާރު ދިވެހިރާއްޖޭގައި ލިބެން ހުރެއެވެ. އެއީ 2ޑީ އަދި 3ޑީ(ޑިޖިޓަލް ޓޯމޯސިންތެސިސް) އެވެ. މީގެ އިތުރުން އެމް.އާރް.އައި އަދި އަލްޓޮރާސައުންޑް ގެ އެހީ ބައެއްް ހާލަތްތަކުގިއި, އިތުރު މައުލޫމާތު ދެނެގަތުމުގެ ގޮތުން ބޭނުންކުރެވެއެވެ.

ރައްކާވެތިބިއްޔާ ދަތުރެއް!

މަތީގައިވެސް ބަޔާން ކުރެވުނު ފަދަ އިން ސްކްރީން ކުރުމުގެ މާނައަކީ  ބައްޔެއްގެ އަލާމާތްތައް ފެށުމުގެކުރިން ބަލީގެ އެންމެ ކުރީކޮޅު (އަންނަބަދަލުތައް) އެބައްޔެއް، ހާއްސަ ވަސީލަތްތަކެއް/އާލާތެއް ބޭނުންކޮށްގެން ދެނެގަތުމެވެ. މިފަދައިން ދެނެ ގަނެވުމުން ވަރަށް “ލުއި” ގޮތަކަށް ފަރުވާ ކުރެވި ފުރިހަމަ ޝިފާ ލިބިދެއެވެ.

އިނގިރޭސިވިލާތުގެ (އެން.އެޗް.އެސް) ގެ 2021-2022 ވަނައަހަރުގެ ތަފާސްހިސާބުތަކުން ދައްކައިދޭ ގޮތުގައި, އުރަމަތި ސްކްރީން ކުރމުރުގެ ޕްރޮގްރާމްގެ ތެރެއިން, ވިހިހާސް އެއްސަތޭކަ ފަންސާސް ދެ އަންހެނުން (20152), ބަލީގެ އަލާމާތެއް ނެތި, ބަލީގެ އެނމެ ކުރީކޮޅުގައި ވަނީ ދެނެގަނެވިފައެވެ.

އުމުރުން 40-20 އަހަރާދެމެދުގެ ކޮންމެ އަންހެނެއްވެސް, ޕީރިއަޑް ވުމަށް ފަހު ކޮންމެ އެއްދުވަހަކު އަމިއްލަ އަށް ބަލާ ފާސް ކުރަން ވާނެއެވެ. މިސާލަކަށް ޕީރިައްޑް ގެ ދިހަވަނަ ދުވަސް ހިޔާރުކުރެން ރަނގަޅުވާނެއެވެ.މިގޮތަށް ބަލާފާސް ކުރާއިރު, ދެފަރާތް އަޅާކިޔަން , ހަންގަނޑަށް އަންން ބަދަލު, ވައްގަނޑު އަދި ކިހިލިފަތް ބަލަން ވާނެއެވެ.

އުރަމަތީގެ ކެންސަރ އަކީ އެބަލީގެ ކުރީކޮޅުގައި ފެނިއްޖެނަމަ އެއްކޮށް ޝިފާލިބޭ ބައްޔެކެވެ. އަދިބަލި ފެތުރުމަށް ފަހުވެސް، ފަރުވާއަށް އައިސްފާވާބަދަލާ އެކު، ބަލި އިތުރުވިޔަނުދީ، އެހެނިހެން ދާއިމީ ބައްޔެކޭ އެއްފަދައިން ފަރުވާކުރެވޭ ބައްޔެކެވެ.

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް ޑރ. މުހައްމަދު ޝިފާން ފަށާފައިވާ މަސައްކަތެކެވެ.
ވެބްސައިޓް ޕޮލިސީ
COPYRIGHT © 2024