ކެންސަރ އާއި ކޮރޯނާވައިރަސް
ޑރ. މުޙައްމަދު ޝިފާން
ތައާރަފް
ޔޫނިއަން އޮފް އިންޓަރނޭޝަނަލް ކެންސަރ ކޮންޓްރޯލް (ޔޫ.އައި.ސީ.ސީ) ގައި ޝާއިރު ކޮށްފައި ވާ ގޮތުގައި ކެންސަރ ބައްޔަކީ ކޯވިޑް-19 ގެ ސަބަބުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ބައްޔެކެވެ( ކޮރޯނާ ވައިރަސް ގެ ރިސްކުތައް އިތުރުވާސަބަބެއް ކަމުގައެވެ) .މިއީ ޗައިނާއިން މިބަލި(ކޮވިޑް-19 ޖެހުނު އެތައް ހާސް ބައެއް ގެ ދިރާސާއަކުން ލިބިފާވާ މައުލޫމާތު ކަމުގާ ވެއެވެ.
ޚާއްސަ ގޮތެއްގައި ލޭގެ ކެންސަރ ފަދަ ބައްޔަށް ފަރުވާކުރަމުން ދަނީ ނަމަ، މިވަގުތު ފަރުވާނަގަމުން ދާނަމަ (މިހާރު ކީމޯ، ނޫނީ ބާރުގަދަ ރޭޑިއެޝާން ފަރުވާ، އެންޓިބޯޑީ ފަރުވާ ނޫނީ ޓަރގެޓް ކުރެވިގެންދޭ ފަރުވަ، މިސާލަކަށް ޕްރޮޓީނެ ކައިނޭސް އިންހިބިޓަރ ފަދަ، ބޯންމެރޯ ނޫނީ ސްޓެމްސެލް ބަދަލު ކޮށްފައިވާ، ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި މިފަދަ ފަރުވާ ލިބިގަނެފައިވާނަމަ ޚާއްސަ ކޮށް މިލިސްޓުގައި ހިމެނެ އެވެއެވެ.
މިވަގުތަކީ ކޮވިޑް-19ގެއިންފެކްޝަން ހަލުއިކާމާއެކު ފެތުރެމުން ދާވަގުތަކަށް ވުމާއެކު، ބައެއްހޮސްޕިޓަލް ތަކުގައި ދެމުން ދާކެންސަރުގެ ބައެއް ފަރުވާ ވާތައް ވަނީ ވަގުތީ ގޮތުން މަޑުޖައްސާލާފައެވް.
އަދި މިވަގުތަކީ ދުނިޔޭގެ ގިނަގައުމުތަކުގެ ހޮސްޕިޓަލް ތަކުގައި ވެސް އެކަކު އަނެކާކާ ގައި ގޯޅި ވިޔަނުދިނުމުގެ ގަސްތުގައި ކޮންމެހެން ޚާއްސަ ނޫނީ ޒަރޫރީ ހާލަތެއް ގައި ނޫނީ އެކި ކަންކަމު މީހުން ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރާމިން ވަރު ވަރަށް ބޮޑަށް މަދުކުރަމުން ދާ ދުވަސް ވަރެކެވެ.
މިބަޔާންކުރެވުނެ ކަންކަމުގެ އަލީގައި، (ޔޫ.އައި.ސީ.ސީ) ގެ އިރުޝާދަކީ އާންމު އެންމެންނަށް ވުރެ ބޮޑަށް މަތީގައި ބަޔާންކުރެވުނެ ފަދަ މީހުނެ(ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަވެފައި ވާ ހާލަތުގައި) އިޖްތިމާއީ ދުރުހެލިވުމާ، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާ އި(މަދުވެގެން 20 ސިކުންތު) ޚާއްސަކޮށް އާންމުސާފުތާހިރު ކަމަށް އިތުރަށް ސަމާލުވުމަކީ، މިފަދަ އުންދަގޫ ދަނޑިވަޅަކުން އެންމެން އެކުއަރައިގަތުމުގަ އެޅޭ އެންމެ މުހިއްމު އެއްފިޔަވަޅު ކަމުގައި ނޫނީނުވާނެއެވެ.
މިހާލަތާކުރިމަތި ލައި، ސިއްހަތު އާދައިގެ ހާލަތެއްގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަން:
މިފަދަ ދުވަސްވަރެއްގައި، ލިބޭކޮނޮމެ މައުލޫމާތަކަށް އަމަލު ނުކޮށް، އެމައުލޫމާތަކީ ސައްޚަފަރާތެއްގެ މައުލޫމާތެއްތޯބެލުން.
އާންމު އެންމެންނަށް ވުރެ ބޮޑަށް މަތީގައި ބަޔާންކުރެވުނެ ފަދަ މީހުނެ(ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަވެފައި ވާ ހާލަތުގައި) އިޖްތިމާއީ ދުރުހެލިވުމާ، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާ އި(މަދުވެގެން 20 ސިކުންތު) ޚާއްސަކޮށް އާންމުސާފުތާހިރު ކަމަށް އިތުރަށް ސަމާލުވުމަކީ، މިފަދަ އުންދަގޫ ދަނޑިވަޅަކުން އެންމެން އެކުއަރައިގަތުމުގަ އެޅޭ އެންމެ މުހިއްމު އެއޮފިޔަވަޅު ކަމުގައި ނޫނީނުވާނެއެވެ.
މީގެ އިތުރުން، ކެންސަރުގެ ބަލިމީހުން ޚާއްސަ ސަމާލްކަމެއް ދޭންވީ ކަންކަން:
މިވަގުތަކީ އެންމެންވެސް ވިސްނައިގެން ކަންކަން ކުރަންވީ ވަގުތެކެވެ. ހިކްމަތްތެރި ކަމާއެކު ހިތްތިރިކަމާ އެކު އަމިއްލަ ފަރުުދީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަންވީ ހިނދުވެސްމެއެވެ. މިފަދަ އުންދަގޫ ދަނޑިވަޅަކުން އެންމެން އެކުގއި އަރައިގަތުމަށް މަސައްކަތް ކުރަމާ ތޯއެވެ.އިރާދަ ކުރެއްވިއްޔާ ކާމިޔާބުވާނެއެވެ.
……………………………………………………………………………………………………
އެޗް.ޕީ.އޭ-ކޮވިޑް ހޮޓްލައިން: 1676
ޓެސްޓް ކުރުމައް ލިޔެފައި.