ފެތުރިފައިވާ ކެންސަރ އާއެކު ދިރިއުޅުން

ޝެއާރް ކޮއްލާ

ފެތުރިފައިވާ ކެންސަރ އާއެކު ދިރިއުޅުން

ޑރ މުޙައްމަދް ޝިފާން

ތައާރަފް

ކެންސަރއެއް އުފެދޭ ގުނަވަން ނޫންއެހެން ދުރުހިސާބަކަށް (ގުނަނަވަނަކަށް ނޫނީ ގުނަވަންތަކަކަށް) ފެތުރުމުން އެއީ ދުރަށް ފެތުރިފާވާ “މެޓާސްޓޭޓިކް” ކެންސަރ އޭކިޔެއެވެ. ބައެއް ފަހަރު ކައިރިހިސާބާ ވަށައިގެންވާ ގޮއްތަކަށް ކެންސަރ ފެތުރެއެވެ. މިފަދަ ވަށްތަރަށް “ލޯކަލީ އެޑްވާންސް ކެންސަރ” އޭ ކިޔެއެވެ.

ބައްޔަށް ނަން ދެވޭގޮތް

މިފަދަ ބައްޔަކަށް ނަންދެވޭ ގޮތް ފަހަރުގައި ތަފާތުވެދާނެއެވެ. މިސާލެއް ނަގާނަމަ, އުރަމަތީގެކެންސަރ ކައްޓައް ފެތުރުނީމަ އެއަށް ކަށީގެނަން ދިނިމުގެ ބަދަލުގައި ކިޔާނީ ފެތުރިފައިވާ އުރަމަތީގެކެންސަރ ނޫނީ “މެޓާސްޓެޓިކް ބޮރެސްޓް ކެންސަރ” އެވެ.

ފަރުވާކުރުމުގައި އަމަލު ކުރެވޭ ގޮތް ތަފާތުތަ!

މީގެ އަހަރުތަކެއް ކުރިން މިފަދަ އިން ދުރަށް ފެތުރިފައިވާ ކެންސަރ ތަހައްމަލް ކުރަމުން ދާމީހިންނަށް ފަރުވާކުރުމުގައި ދެވެނީ މަދު ފަރުވާއެކެވެ. އަދި ދުނިޔޭގައި ދެމި ތިބޭމުއްދަތުވެސް ކުރުމެއެވެ. ނަމަވަސް ފަރުވާއަށް އައި ހެޔޮބަދަލުތަކާއެކު މިފަހަކަށް އައިސް ދެވޭ ފަރުވާގެ އަދަދު އިތުރުވެ ދުނިޔޭގައި ދެމިހުންނަ ދުވަސްތައް މަހުން އަދި އެތައް އަހަރުތަކަ ކަށް ބަދަލް ވެއްޖެއެވެ.

 އެއްކޮށް ބަލި ނައްތާނުލެވުނުކަމުގައި ވީކަމުގައި ވިޔަސް, ބަލި ފެތުރުނަ ނުދީ އެއް ވަރެއްގައި އެތައް އަހަރެއް ހިފަހައްޓައި ދެއެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ލޭ މެއްޗައް ދިޔުން ފަދަ ދާއިމީ ބައްޔަކަށް ފަރުވާކުރާ ބީދާއިން ފެތުރިފައިވާ ކެނަސަރ އަށް ފަރުވާކުރާ މަގު މިހާރުވަނީ ހުޅުވިފައެވެ. އެހެން ކަމުން މިފަދަ ބަލި ތަހައްމަލް ކުރަމުން ދާ މީހުން ގެ ހަޔާތައް އުފެއްދުން ތެރި”ރަނގަޅު” އެތައް އަހަރުތަކެއް އިތުރުވެގެން ދެއެވެ.

އެހެން ކަމުން, ފަރުވާ އެއް ފެށުމުގެ ކުރިން , ފަރުވާދޭ ޓީމް އާއެކު މަޝްވަރާކުރުމުގައި ހޭދަ ކޮށްލާށެވެ. އެއީ އެމީހެއްގެ ސިއްހަތާ އުމުރު އަދި ފަރުވާލިބިގަންނަ ފަރާތް ބޭނުންވާ ޚާއްސަ ކަމެއް ވާނަމަ އެކަން ކަން މަޝްވަރާގެ ތެރޭގައި ހިމަނަންވާނެއެވެ.

ފެތުރިފައިވާ ކެންސަރގެ ފަރުވާގެ ތެރޭގައި އޮޕަރޭޝަން ,ކީމޯގެ ފަރުވާ, ހޯރމޯން ތެރަޕީ, އިމިއުނޯތަރަޕީ .. އަދި ރޭޑިއޭޝަން ފަރުވާ ހިމެނެއެވެ.

ފަރުވާގެ އަމާޒް! (ލަނޑުދަނޑިތައް)

ކެންސަރ އަށް ޑައިގްނޯސް ކުރެވޭހިސާބުން, ގިނަމީހުންނަށް ފަރުވާކުރާނީ އެއްކޮށް ޝިފާއެއް ހޯދުމުގެ ގަސްދުގައެވެ. މީގެ މާނައަކީ ބަލި އެއްކޮށް ނައްތާލާ އަދި އިތުރުފަރުވާދީ ބަލި އަނބުރާ އަޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ.

ނަމަވެސް ފެތުރިފައިވާ ކެންސަރ އަށް ފަރުވާ ކުރުމުގައި އެއްކޮށް ޝިފާއެއް ހޯދުމަށް ފަރުވާކުރުމުގެ ބަދަލުގައި ފުރަތަމަ ބަލާނީ ބަލި ކޮޓްރޯލް ކުރެވޭތޯއެވެ. އިތުރަށް ބަލިފެތުރުނަ ނުދިނުމަށް އަމާޒު ހިފުމަށެވެ. އަބަދުވެސް ފަރުވާކުރާޓީމުގެ ލަފަޔާ މަޝްވަރާ ހޯދުން މުހިއްމުވާނެއެވެ. އަދިފަރުވާ ކުރާ “ނިޔަތް” ސާފުކޮށް ދެފަރާތައް ވެސް އިނގުން މުހިއްމުވާނެއެވެ.

އެހެން ކަމުން ފަރުވާގެ ގަސްދު ރަނގަޅަށް ދެފަރާތައް އިނގުމަކީ ފަރުވާ ފެށުމުގެ ކުރިން އަދި ފަރުވާ ކުރިއަށް ގެންދިޔުމުގެ މުހިއްމު އަސާސެކެވެ. އެއްކޮށް ޝިފާއެއް ނުދެވޭ ހާލަތެއް ނަމަ ފަރުވާގެ އަމާޒަކަށް ދެންވާނީ, ބަލީގެ ތަކުލީފުތައް ލުއިކޮށް, ބަލިފެތުރޭމިން ވަރުދައްކޮށް, ވީހާވެސް ގިނަދުވަހެއް ދުނިޔޭގައި ބެހެއްޓުމެވެ.

މިފަދަ އަމާޒެއް ބެހިގެން ވާނީ މައިގަނޑު 4 ބަޔަކަށެވެ.

  • ބަލީ ގެ ސަބަބުން މެދުވރިވެދާނެ ނުއެދެވޭ އަސަރުތައް ވީހާވެސް މަދުކުރުން.
  • ދެވޭފަރުވާގެ ސަބަބުން މެދުވެރިވެދާނެ ނުއެދެވޭ އަލާމާތް “ސައިޑްއިފެކްޓް” ތައް ވީހާވެސް މަދުކުރުން
  • ދުނިޔޭގައި ހޭދަ ކުރާ ދުވަސްތައް އެންމެ ބާއްޖެވެރި ގޮތުގައި ހޭދަކުރުމަށް މަގުފަހިކޮށް ދިނުން.
  • ކެންސަރ އާ އެކު ވީހާވެސް ގިނަ ދުވަހަކު ހެޔޮ ސިއްހަތެއް ގައި ބެހެއްޓުމަށް މަސައްކަތް ކުރުން.

ނޯޓް:

ކޮންމެ ދޭދޭ މީހެއްގެމެދުގައިވެސް މަތީގައިބަޔާން ކުރެވުނު މައިގަނޑުބައިތަކަށް އަހަމިއްޔަތުކަން ދޭމިންވަރު ތަފާތުވެދާނެއެވެ. އެހެން ކަމުން ފަރުވާދޭޓިމާ އެކު ވަގުތު ހޭދަ ކޮށް ތިބާއަށް އެންމެ މުހިއްމު ބައިތަކާބެހޭ ގޮތުން މަޝްވަރާ ކުރުން މުހިއްމުވާނެ އެވެ.

ފެތުރިފައިވާ ކެންސަރ އަށް ފަރުވާ ކުރުމަކީ މިހާރު, އެހެނިހެން, ދާއިމީ ބަލިތަކަށް ބޭސްކުރާފަދައިން ކުރެވޭ ފަރުވާއެކެވެ. މިސާލެއް ގެ ގޮތުން ހަކުރުބަލި, ލޭމައްޗަށް ދިޔުން ހިތުގެ ބަލި ފަދަ ދާއިމީ ބައްޔަކީ ވެސް ބޭސް ފަރުވާ ޔާ އެކު “ކޮންޓޮރޯލް” ކުރެވޭ ބަލި ތަކެކެވެ. ނަމަވެސް އެއްކޮށް ޝިފާލިބި ބޭސް ހުޓާލެވޭ ބަލިތަކެއްނޫނެވެ. އެހެންކަމުން މުޅިއުމުރައްވެސް ބޭސްފަރުވާ ކޮށް ބަލި ކޮންޓޮރޯލް ގައި ބެހެއްޓެއެވެ. ބައެއްފަހަރު, ބޭސް ބަދަލު ކުރަންޖެހިދެއެވެ. މިއީ, ފެތުރިފާވާ ކެންސަރ އަށް ވެސް ފަރުވާ ކުރުމުގައި ބޭނުން ކުރާ އަސްލެވެ.

ފަރުވާ ކުރަމުން ދާއިރު ދިމާވެދަނެ ހުރަސް ތައް !

ފެތުރިފައިވާ ކެންސަރ އާއެކު ދިރިއުޅުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ކޮންމެ ދޭދޭ މީހެއްތަހައްމަލް ކުރާނެކަން ކަން ތަފާތު ވެދާނެއެވެ. ނަމަވެސް ގިނަ މީހުންނަށް އާނމު ކަންކަން ތިރީގައި ފާހަގަ ކޮށްލާނަމެވެ.

  • ބަލި އަނބުރާ އައުމާދޭތެރޭ ވިސްނި, ދެރަވުން, ފިކުރުބޮޑުވުން, މާޔޫސްވެ އަދި އުންމީދުކަނޑާ ލެވޭގޮތްވުން. އަދި އެންމެގާތް މީހުންނަށް ވެސް ތިބާ ތަހައްމަލް ކުރަމުންދާ ކަންކަން ނޭނގޭނެކަމަށް ގަބޫލް ކުރެވުން.
  • ފަރުވާ މަސައްކަތް ނުކޮށް ފާނެކަމުގެ ބިރުހިތުތެރޭގައި އަބަދުވެސް ވުން.
  • އަބަދު ޑޮކްޓަރަށް ދެއްކުން ޓެސްޓް ހެދުން ބުރަކަމަކަށް ވުން.
  • ބައްޔާބެހޭގޮތުން އެންމެގާތް މީހުންނާވެސް ވާހަކަ ދެއްކުމަށް ޖެހިލިން ވުން.
  • އާނމުކޮށް ކޮށް އުޅުން ކަން ކަމުގައި މީހުންގެ އެހީއަށަ އެދުން ޖެހިލުންވުން .
  • ނަފްސާނީ ގޮތުން އަންނަބަދަލު ތައް އަމިއްލައަށް ގަބޫލް ނުކުރެވުން. އެހީ ހޯދުމުގައި ފަސްޖެހެވުން.

ހުރަސްތަކާ ކުރިމަތިލުމުގައި އަމަލުކުރާނީ ކިހިނެއް ?

އަމިއްލަ ހާލަތު ބޮޑަށް ދެނެގަތުމަށް ބައެއްފަހަރު އެހެން ޑޮކްޓަރެއްގެ މަޝްވަރާހޯދުމަކީ މުހިއްމުކަމެކެވެ(ސެކަންޑް އޮޕީނިއަންއެއް ހޯދުން). އަދި މިއީ ގިނަ ޑޮކްޓަރުން ލަފާދޭކަމެކެވެ.

ފަރުވާނަގަމުން ދާއިރުދިމާވެދާނެ ކަންނަކަމަށް ޑޮކްޓރަށް އެހީތެރިވެވި ދޭނެއެވެ. މިސާލަކަށް ބަލަނީނަމަ ފަރުވާގެތެރެއިން ތަދުއިހްސާސް ކުރެވެނީ ނަމަ އޮޕަރޭޝަނެއް ކޮށް ޓިއުމަރު ގެ ބައެއް ނެގުން ފަދަ (ތަދުން ލުޔެއް ހޯދުމަށް )  ކަންކަން ކުރުމަށް އިރުޝާދު ދޭނެއެވެ. ތަދަށް ބޭސް ދިނުމުގެ އިތުރުން މޭނުބައި ކޮށް ހޮޑުލެވޭނަމަ އެކަމަށް ވެސް އެކަށޭނަ ބޭސް ލިޔެދޭނެއެވެ.

ހުރަސްތަކާ ކުރިމަތިލުމުގައި އަމަލުކުރުމުގައި މުހިއްމު 3 ބަޔަކަށް އަލި އަޅުވާލަން ގަސްތުކުރަމެވެ.

  • ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކާއި ދިރިއުޅުމަށް އަންނަ ބަދަލު ތައް ބައްޓަން ކުރުން
  • އަމިއްލަ އިހްސާސް ތަކާއި ހިތުގައި އުފެދޭ ސުވާލްތަކަށް ޖަވާބެއް ހޯދުން
  • މިދަތުރުގައި އެހީތެރިވެދޭން ތިބިމީހުންނަށް ދިމާވެދާނެކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން

ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތަކާއި ދިރިއުޅުމަށް އަންނަ ބަދަލު ތައް ބައްޓަން ކުރުން.

ދިރިއުޅުމަށް އަންނަ ބަދަލުތަކާ ނަފްސާނީ ދުޅަހެޔޮކަމަށް އަންނަ ބަދަލުތައް ދެނެގަނެ, އެބަދަލު ތަކަށް ސަމާލު ވުމަކީ މިފަދަ ދަތުރެއް ގައި އެންމެ މުހިއްމުކަމެއް ދޭންޖެހޭ އެއްނުކުތާއެވެ.

މިގޮތުން ;

     ބައްޔާމެދު އަމިއްލައަށް ދެނެގަތުން (މައުލޫމާތު ހޯދުމުގައި އެންމެ ރަނގަޅު ވަސީލިަތް ތައް ބޭނުން ކުރެން) ގިނަފަހަރު މިފަދަ މައުލޫމާތުތައް ތައްފްސީލާއެކު, ސައްހް ވެބްސައިޓްކުން ނުވަތަ ފޮތްތަކުގެ ސިފައިގާ ލިބޭނެއެވެ.

ސާފުނުވާ ކަންކްން ވަނީ ނަމަ ސިއްހީ ފަރުވާދޭ އެކަށޭނެ ފަރާތެއް ގެ ލަފާ ހޯދުން (މިސާލަކަށް ނަފްސާނީ ބަލި ތަކުގެ ހާއްސަ ޑޮކްޓަރަކާ, ކައުންސަލަރ, ފަދަ ފަރާތަކުން ލަފާ ހޯދުން).

ނަފްސާނީ އެހީތެރިކަމަކީ ތިބާ އަށާއި ތިބާގެ އާއިލާއަށް މުހިއްމު ހަތިޔާރެކެވެ. ތިބާފަދަ އެހެންމީހުންނާ (ފަރުވާލިބެމުންދާ) ވާހަކަދެއްކުމަކީ މުހިއްމުކަމެކެވެ. މިފަދަ މުއާމަލާތް ތަކުން ތިބާގެ އެކަނިވެރިކަން ފިލާ އަނެކާ އަށް ތިބާގެފަރާތުން ހިތްވަރުލިބި ދެއެވެ. އަދި ތިބާއަށް ހިތްވަރު ލިބި އަމިއްލަނަފްސަށް ކުރާ އިތުބާރު އިތުރުވެދެއެވެ.

.

ގިނަ ދިރާސާތަކުން ދައްކައި ދޭގޮތުގައި، މިފަދަ އިން އެހީހޯދާ މީހުން،(ގުރޫޕް އެއްގެ ގޮތުގައި ތެރަޕީ ،ނޫނީ އެކަނިވަކިން ކައުންސެލިން ސެޝަން ނެގުން)، މިފަދަ ކޮންމެ މޭރުމަކުން ނަފްސާނީ އެހީ ހޯދިކަމުގައި ވީކަމުގައިވިޔަސް އެންމެ ރަނގަޅުވާނެއެވެ. ދިރާސާތަކުން ދައްކައި ދޭގޮތުގައި މިފަދައިން އެހީހޯދައި މީހުން ގެ އާނމު ސިއްޙަތު  ރަނގަޅުވެ، އަމިއްލަނަފްސަށް ކުރާއިތުބާރު އެތައްގުނައެއް އިތުރުވެއެވެ.

އަޅުކަމާއި ދީނީކަންކަމަށް ސަމާލުކަންދިނުން

ގިނަފަހަރަށް މިފަދަ ބައްޔެއް ތަހައްމަލް ކުރަންޖެހުމަކީ، ދުނިޔޭގެ މާއްދީޔަތާއި ދުރުވެ، އުހްރަވީ ހަޔާތާ ގާތްވާކަމެކެވެ. ހަޔާތުގެ އަސްލުމާނަޔަ ދޭތެރޭ ވިސްނަން ލިބޭ ފުރުސަތެކެވެ. ކުރިމަތިވާމިފަދަ ބޮޑެތި އިމްތިހާން ތަކަކީ ކަލާނގެ ލޯބިވެވޮޑިގެންވާ އަޅުންނަށް ކެތްތެރިކަމާ އީމަންތެރިކަން، އަދި ތަޤްވާ އިތުރުވުމުގެ އަސްލުކަމުގައި ވެދެއެވެ. ވީއިރު މިފަދަ ކަންކަން ތަޙައްމަލްކުރަން ޖެހުމަކީ ތިމާއަށް ކަލާނގެޔާއި ގާތްވުމަށް ލިބޭ އިތުރު، ރަނގަޅު ފުރްސަތެކެވެ.

މި ބްލޮގް އަކީ ކެންސަރު ބަލީގެ މައުލޫމާތާއި ފަރުވާ އަދި ކެންސަރު ބަލީގެ އެންމެ ފަހުގެ ދިރާސާ މައުލޫމާތު ދިވެހިބަހުން ގިނަބަޔަކަށް ހުށައެޅުމަށް ޑރ. މުހައްމަދު ޝިފާން ފަށާފައިވާ މަސައްކަތެކެވެ.
ވެބްސައިޓް ޕޮލިސީ
COPYRIGHT © 2024