އުރަމަތީގެ ކެންސަރ އަށް ދެވޭފަރުވާ ތަކުގެ ތެރެއިން، އޮޕަރޭޝަންގެ ފަރުވާގެ ބާވަތެއްކަމުގައިވާ،
"ބްރެސްޓް-ކޮންސާވިންގ ސަރޖަރީ" : އުރަމަތީގެ ބައެއް ރައްކާތެރި ކުރުން
(ފުރަތަމަ ބައި)
ޑރ.މ.ޝިފާން
ގިނަ އަންހެނުންނަށް ބްރެސްޓް ކެންސަރުގެ ބަލި ދެނެގަނެވޭއިރު، އެންމެ ބޮޑު ބިރަކީ އުތަމަތި ނެތިގެންދިއުމުގެ ބިރެވެ. ނަމަވެސް، މިޒަމާނުގެ ކެންސަރ ފަރުވާއިން މި ދަތުރު ބަދަލުކޮށްފައިވެއެވެ. މިއަދު، ބްރެސްޓް-ކޮންސާވިންގ ސަރޖަރީ (ބީ.ސީ.އެސް) ގިނަފަހަރަށް "ލަމްޕެކްޓޮމީ" ނުވަތަ "ވައިޑް ލޯކަލް އެކްސިޝަން" ކަމަށް ކިޔާ ވައްތަރުގެ އޮޕަރޭޝަން، ގިނަ އަންހެނުންނަށް އުރަމަތި އެއްކޮށް ނުނަގައި ކެންސަރު ފަރުވާކުރުމުގެ ފުރުޞަތު ދެވެއެވެ. އަދި، ދިރާސާތަކުން މިހާރު ދައްކަނީ ބީ.ސީ.އެސް، ރޭޑިއޯތެރަޕީއާއެކު، ފެށޭ މަރުޙަލާގެ އުރަމަތީގެ ކެންސަރަށް "މެސްޓެކްޓޮމީ" (އުރަމަތި އެއްކޮށް ނަގާ އޮޕަރޭޝަން) އާއެއްވަރަށް ފައިދާކުރެވެއެވެ.
މިއީ ހަމައެކަނި ސަރޖަރީއެއް ނޫނެވެ. މިއީ ފަރުވާގެ ފެންވަރު ދަށްނުކޮށް، އަންހެންވަންތަކަމާއި ، ޤަދަރާއި، ދިރިއުޅުމުގެ ފެންވަރު އެއްހަމަ އެއްގައި ހިފެހެއްޓުމަށް އެޅޭފިޔަވަޅެކެވެ.
ބްރެސްޓް-ކޮންސާވިންގ ސަރޖަރީއަކީ ޙަޤީޤަތުގައި ކޮބައިތޯ؟
ބްރެސްޓް-ކޮންސާވިންގ ސަރޖަރީގައި ހިމެނެނީ ޓިއުމަރާއި ދުޅަހެޔޮ ޓިޝޫގެ ބައެއް ނެގުމާއެކު،އުރަމަތީގެ ބާކީބައި ރައްކާތެރިކުރުމެވެ. މިއީ ކެންސަރުގެ ފަރުވާއާއި އުރަމަތީގެ ބައްޓަމާ ސިފަޔާ ދެމެދުގައި، އެންމެ ފުރިހަމަ ބެލެންސެއް ހޯދައިދޭ ގޮތެކެވެ (ނޭޝަނަލް ކޮމްޕްރިހެންސިވް ކެންސަރ ނެޓްވަރކް، 2024).
މުޅި އުރަމަތި ނަގާ މެސްޓެކްޓޮމީއާ ޚިލާފަށް، ބީ.ސީ.އެސް އިން އަންހެނުންނަށް، ޠަބީޢީ އުރަމަތީގެ ބައްޓަން ހިފެހެއްޓުމުގެ ފުރުޞަތު ދެއެވެ — މިއީ ނަފްސާނީ އަދި ޖަޒްބާތީ ގޮތުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާކަން ސާބިތުވެފައިވާ ކަމެކެވެ. (ފިޝަރ އެޓް އަލް، 2002).
ބްރެސްޓް-ކޮންޒަރވިންގ ސަރޖަރީ ގެ ނަތީޖާ ދައްކައިދެނީ ކޮންކަމެއް؟
ބައިނަލްއަޤްވާމީ ދިރާސާތަކުން ދައްކާގޮތުގައި ބްރެސްޓް-ކޮންޒަރވިންގ ސަރޖަރީ (ބީ.ސީ.އެސް) ކުރުމަށްފަހު ރޭޑިއޭޝަން ދިނުމުން، ކެންސަރުގެ ކުރީ މަރުޙަލާތަކުގައި، މެސްޓެކްޓަމީ (މުޅި އުރަމަތި ނެގުން) އާއި އެއްވަރަށް ފަރުވާ ލިބޭކަން ދައްކައިދެއެވެ.(ވެރޮނެސީ އެޓް އަލް، 2002؛ ލިޓިއޭރް އެޓް އަލް، 2012).
މަޝްހޫރު 20 އަހަރުގެ "ރޭންޑަމައިޒްޑް ޓްރަޔަލް"އަކުން ދައްކާގޮތުގައި: • ޖުމްލަ ދިރިހުރުމުގެ ނިސްބަތުގައި ތަފާތެއް ނެތް • ދުރު ހިސާބުތަކަށް ކެންސަރު ފެތުރުމުގައި ތަފާތެއް ނެތް • ރަނގަޅު ރޭޑިއޭޝަން ފަރުވާ އާއި ސާފު "މާޖިން"އާއެކު ކެންސަރު އަލުން އެނބުރި އައުމުގެ ނިސްބަތް ދަށްވެއެވެ. (ވެރޮނެސީ އެޓް އަލް، 2002)
މިއިން ދޭހަވަނީ، އުރަމަތީގެ ކެންސަރުގެ ކުރީމަރުހަލާތަކުގައި، އުރަމަތި އެއްކޮށް ނުނަގާވެސް، ރައްކާތެރިކަމަށް އުނިކަމެއް ނާންނާނެކަމެވެ.
ބްރެސްޓް-ކޮންޒަރވިންގ ސަރޖަރީގެ މުހިންމުކަން
· ދިރިހުރުމުގެ ނިސްބަތައް ތަފާތެއް ނައިސް، ޖިސްމާނީ ގެއްލުން އެންމެ ކުޑަވުން.
ބީ.ސީ.އެސްގެ އެންމެ ފާހަގަ ކޮށްލެވޭ ފައިދާއަކީ އުރަމަތި ރައްކާތެރިކޮށް ބެހެއްޓުމާއެކު، ބޮޑެތި ސަރޖަރީތަކާ އެއްވަރަށް ދިރިހުރުމުގެ ފުރުޞަތައް ހުށައެޅޭކަމެވެ. (ފިޝަރ އެޓް އަލް، 2002).
· ހަށިގަނޑުގެ ސިފައާމެދު ރަނގަޅު ބަދަލަކާއެކު، ނަފްސާނީ ރިކަވަރީ
ބީ.ސީ.އެސް ހަދާ އަންހެނުން ގިނަފަހަރު ހަށިގަނޑުގެ ސިފައާމެދު ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން މަތީ ދަރަޖައެއްގައި ހުންނަކަން ފާހަގަކުރެވެއެވެ. (ކިންގ އެޓް އަލް، 2000).
· ކުރު މުއްދަތެއްގައި ރަނގަޅުވުން
މެސްޓެކްޓަމީއާއި އަޅާބަލާއިރު، ބީ.ސީ.އެސްއަކީ މަދުން ހަށިގަނޑަށް ވަންނަ ސަރޖަރީއެއް ކަމުން، އަވަސް ފަސޭހަކަމާއެކު ރަނގަޅުވެ، ދުވަހުން ދުވަހަށް ކުރާ ކަންކަމަށް އަވަހަށް އެނބުރި އާދެވޭ.
· ޒަމާނީ ޓެކްނިކްތައް ބޭނުންކުރުމުގެ ފުރުޞަތު
ބީ.ސީ.އެސްއާއެކު އޮންކޮޕްލާސްޓިކް އުކުޅުތައް ބޭނުންކޮށްގެން، ޗެލެންޖިންގ ޓިއުމަރ ހުންނަ ތަންތަނުގައިވެސް ރީތި ނަތީޖާއެއް ނެރެވިދާނެ.
ބްރެސްޓް-ކޮންސަރވިންގ ސަރޖަރީ (ބީސީއެސް)ހެދުމަށް ލަފާދެވެނީ ކޮން ހާލަތްތަކެއްގައި؟
އާންމުގޮތެއްގައި އެކަށީގެންވަނީ: • ކެންސަރުގެ ފުރަތަމަ މަރުޙަލާތަކުގައި ތިބި (ސްޓޭޖް I ނުވަތަ II) އަންހެނުންނަށް. • އެއް ޓިއުމަރު ނުވަތަ އެކުއެކީގައި ނެގޭނެ ގިނަ ޓިއުމަރުތައް ހުންނަ ފަރާތްތަކަށް. • ސަރޖަރީއަށްފަހު ރޭޑިއޭޝަން ފަރުވާ ކުރެވޭނެ ފަރާތްތަކަށް. • ގައިގެ ގުނަވަން ރައްކާތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް • އުރަމަތީގެ ބޮޑުމިނާ އަޅާބަލާއިރު ކުދި ޓިއުމަރުތައް ހުންނަ ފަރާތްތަކަށް
މީގެއިތުރުން، "ނިއޯއެޑްޖުވަންޓް" ކީމޮތެރަޕީއަށްފަހުވެސް މިފަރުވާ ދެވިދާނެ، އެއީ ބޮޑެތި ޓިއުމަރުތައް ކުޑަކޮށް ގައިގެ ގުނަވަން ރައްކާތެރިކުރުން ވީހާވެސް ފަސޭހަކުރުމަށް (ކޯޓަޒަރ އެޓް އަލް، 2014).
ބީސީއެސް އަށް އެކަށީގެންނުވާ ފަރާތްތަކަކީ ކޮބާ؟
ބީސީއެސް އަށް ލަފާ ނުދެވޭނެ ހާލަތްތައް: • އުރަމަތީގެ ބޮޑުމިނާ އަޅާބަލާއިރު ޓިއުމަރު މާ ބޮޑުވުން • އުރަމަތީގެ، އެކިހިސާބުގައި ގިނަ ޓިއުމަރުތައް ހުރުން • ރޭޑިއޭޝަން ތެރަޕީ ނުދެވޭނެ ހާލަތްތައް (މިސާލަކަށް: މާބަނޑުވުން، ވަކި ބައެއް ސިއްޙީ ހާލަތްތައް) • ތަކުރާރުކޮށް ސަރޖަރީ ކުރުމުންވެސް ޓިއުމަރުގެ ކައިރިން ކެންސަރު ސެލްތައް ފެނުން
މިފަދަ އަންހެނުންނަށް، "މެސްޓެކްޓޮމީ" ނުވަތަ "އޮންކޮޕްލާސްޓިކް ރީކޮންސްޓްރަކްޝަން" އެނމެ ރައްކާތެރި ގޮތްތަކަކަށް ވެއެވެ.
އުރަމަތީގެ ބައްޓަމާ ބޭރުފުށަށް ފެންނަފެނުމުގެ ނަތީޖާއަކީ ކޮބާ؟
ގިނަ އަންހެނުންނަށް، ޚާއްޞަކޮށް އައު ސަރޖިކަލް ޓެކްނިކްތަކާއެކު، އުރަމަތީގެ ބައްޓަމާ ބޭރުފުށަށް ފެންނަފެފެނުނުމަށް، ހިތްހަމަޖެހޭ ރަނގަޅު ނަތީޖާތައް ލިބެއެވެ. ރަނގަޅަށް ރޭވިގެން ކުރެވޭ ފަރުވާތަކުގައި، ރަނގަޅުނޫން ނަތީޖާއެއް ފެންނަނީ %10 އަކަށްވުރެ މަދުންނެވެ. (ކްލަފް އެޓް އަލް، 2010).
އުރަމަތީގެ ބައްޓަމާ ބޭރުފުށަށް ފެންނަފެނުމަށް އެހީތެރިވެދޭކަންކަން • ޓިއުމަރުގެ ބޮޑުމިނާއި އުރަމަތީގައި އިންނަދިމާ • އޮޕަރޭޝަންގެ ކެފުންތަކުގައި، ހާއްސަސަމާލުކަމެއް ދިނުން (ބައްޓަމާއި ބޭރުފުށުގެ ފެނުމަށް) • އެރެމަތީގެ "ވޮލިއުމް" އެކަށީގެންވުން • ބޭނުންވާ ހާލަތްތަކުގައި "އޮންކޮޕްލާސްޓިކް" ގޮތްތައް ބޭނުންކުރުން
މިއިން ދޭހަވަނީ ކެންސަރު ސަރޖަންނުނަށް،އުރަމަތީގެ ކެންސަރ ސަރޖަރީގެ ތެރޭގައި، ކެންސަރު ނައްތާލައި ޤުދުރަތީ ރީތިކަން ދެމެހެއްޓޭނެކަމެވެ.
ވަސީލަތްތައް މަދު ތަންތަނުގައި، ބްރެސްޓް-ކޮންސަރވިންގ ސަރޖަރީ
ދިވެހިރާއްޖެ ފަދަ އަދި އެހެން ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގައި، ބީސީއެސް އަކީ އަންހެނުންނަށް، އަތްފޯރާފަށުގައި ލިބެންހުރި، އެންމެރަނގަޅު އެއް ފަރުވާއެވެ.
މީގެ ސަބަބުން: • ގުނަވަން ރައްކާތެރިކުރެވޭ • ހޮސްޕިޓަލްގައި ކުރު މުއްދަތަކަށް މަޑުކުރަންޖެހޭ • "މެސްޓެކްޓޮމީ"އާއި "ރީކޮންސްޓްރަކްޝަނަ" ށްވުރެ އަގުހެޔޮ
ރޭޑިއޭޝަން ތެރަޕީއަށް ފަސޭހައިން ވާޞިލުވެވޭނަމަ، ބީސީއެސް އަކީ ދިވެހި އަންހެނުންނަށް ރައްކާތެރި އަދި ބާރުވެރިކަން ދޭ ފަރުވާއެކެވެ.
ކެންސަރުން ބަލިވާ އަންހެނުންނަށް، އައު އުއްމީދެއް.
ބްރެސްޓް-ކޮންސަރވިންގ ސަރޖަރީއަކީ ކެންސަރުގެ ފަރުވާ ކިހާ ކުރިއަރައިގެންދިޔަކަން ދައްކުވައިދޭ ހަރުދަނާ ހެއްކެކެވެ. މިހާރު ފަރުވާއަކީ ހަމައެކަނި ދިރިހުރުމާ ބެހޭ ކަމެއް ނޫނެވެ - އެއީ އިތުބާރު، ހަށިގަނޑުގެ އިމޭޖް، އަދި ނަފްސާނީ ބާރުވެރިކަން އަލުން ބިނާކުރުމާ ބެހޭ ކަމެކެވެ.
ބީސީއެސް އަކީ ހަމައެކަނި މެޑިކަލް ޕްރޮސީޖަރއެއް ނޫނެވެ. އެއީ ވަޢުދެކެވެ: އަންހެނުންނަށް ކެންސަރު ބަލިމަޑުކަމުން ކާމިޔާބު ހޯދައި، އެމީހުންނަށް ނުހަނު މުހިންމު ގުނަވަންތައް ދެމެހެއްޓޭނެކަމުގެ.
-------------------------------------------------------------------------------------------------
އުރަމަތީގެ ކެންސަރ އަށް ދެވޭފަރުވާ ތަކުގެ ތެރެއިން، އޮޕަރޭޝަންގެ ފަރުވާގެ ބާވަތެއްކަމުގައިވާ،
"އޮންކޮޕްލާސްޓިކް ބްރެސްޓް ސަރޖަރީ".(ދެވަނަ ބައި)
އަންހެނަކަށް "ބްރެސްޓް ކެންސަރު" މިބަސް އިވޭ ހިނދު، ފުރަތަމަ ހިތަށްއަރާނީ ބިރުވެރިކަމުގެ ޚިޔާލުތަކެވެ - ތިމާގެ އުރަމަތި ގެއްލިގެން (ނެތިގެން) ދިއުމުގެ ބިރު، އަންހެންކަމުގެ ސިފަ ގެއްލުމުގެ ބިރު، އިތުބާރު ގެއްލުމުގެ ބިރެވެ. ނަމަވެސް، އޮންކޮޕްލާސްޓިކް ބްރެސްޓް ސަރޖަރީ (އޯ.ބީ.އެސް) ތައާރަފްވުމާއި އެކު، ބްރެސްޓް ކެންސަރުގެ ފަރުވާގެ ދާއިރާ ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ބަދަލުވެފައެވެ. މިއަދު، ސަރޖަންނުނަށް ކެންސަރު އުނިކުރުމުގެ އިތުރުން، އުރަމަތީގެ ޠަބީޢީ ސިފައަނބުރާ ގެނައުމާއެކު، އަމިއްލަ ނަފްސައް ކުރާ އިތުބާރު އަނބުރާ ގެނެވެއެވެ - އެންމެ އޮޕަރޭޝަނަކުންނެވެ
އޮންކޮޕްލާސްޓިކް ބްރެސްޓް ސަރޖަރީއަކީ ކޮބާ؟
އޮންކޮޕްލާސްޓިކް ބްރެސްޓް ސަރޖަރީއަކީ އޮންކޮލޮޖިކް ސަރޖަރީ (ކެންސަރު ނައްތާލުން) އާއި ޕްލާސްޓިކް އަދި ރީކޮންސްޓްރަކްޓިވް ޓެކްނިކްތައް އެކުވެފައިވާ އިންޤިލާބީ އުސޫލެކެވެ. މީގެ މަޤްޞަދަކީ ދެކަމެކެވެ: ކެންސަރު ފަރުވާ ފުރިހަމައަށް ކުރުމާއި އުރަމަތީގެ ޠަބީޢީ ސިފަ ދެމެހެއްޓުން ނުވަތަ އަލުން އިޔާދަކުރުމެވެ (ސިލްވަރސްޓީން އެޓް އަލް، 2016).
މިއީ ހަމައެކަނި ފުރާނަ ސަލާމަތްކުރުމުގެ ވާހަކައެއް ނޫނެވެ - މިއީ ދިރިއުޅުމުގެ ފެންވަރު ރައްކާތެރިކުރުމުގެ ވާހަކައެވެ. މި ޕްރޮސީޖަރއިން އަންހެނުންނަށް ކެންސަރު ކޮންޓްރޯލް ކުރުމަށް އުނިކަމެއް ނުގެނެސް، އަމިއްލަ ނަފުސުގެ ގޮތުގައި އަލުން ފެނި، އެގޮތުގައި އިޙްސާސްކުރުމުގެ ފުރުޞަތު ލިބިދެއެވެ.
އޮންކޮޕްލާސްޓިކް ސަރޖަރީގެ މުހިންމުކަން
ޢާންމު ލަމްޕެކްޓޮމީ ނުވަތަ މެސްޓެކްޓޮމީއިން ފެންނަން ހުންނަ އައިބުކަމާއި، ނުބައްދަލުކަމާއި، ނުވަތަ ބަލީގެ ހަނދާން އައުކޮށްދޭ ނިޝާންތައް ދޫކޮށްލެވިދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި 30-40% އަންހެނުން ޢާންމު ބްރެސްޓް-ކޮންސަރވިންގ ސަރޖަރީއަށްފަހު ނުރަނގަޅު ޖަމާލީ ނަތީޖާތައް ރިޕޯޓުކުރެއެވެ (ކްލަފް އެޓް އަލް، 2010). އޮންކޮޕްލާސްޓިކް އުކުޅުތަކުން މިކަން ހައްލުކުރަނީ ޓިއުމަރގެ ސައިޒަށާއި، މަޤާމަށާއި، އަދި ބަލިމީހާގެ ބްރެސްޓްގެ ބައްޓަމަށް ރިޢާޔަތްކޮށް ސަރޖިކަލް ޕްލޭންނެއް ތައްޔާރުކޮށްގެނެވެ.
ޓިއުމަރ ނެގުމާއި ވަގުތުން އަލުން ބައްޓަންކުރުން އެއްކޮށްލުމުން، މި ޕްރޮސީޖަރއިން ހާސިލުކުރެވެނީ: • ރަނގަޅު ޖަމާލީ ނަތީޖާތައް - ބައްދަލު ބްރެސްޓްތަކަކާއި ފޮރުވިފައިވާ ނިޝާންތައް. • ބޮޑެތި ޓިއުމަރ ނެގުމުގެ މާޖިންތައް، އަލުން ނެގުމުގެ ރިސްކް މަދުކުރުން (ރީޓްޖެންސް އެޓް އަލް، 2019). • ނ ނަފްސާނީ ދުޅަހެޔޮކަމާއި އަމިއްލަ-އިމޭޖް ރަނގަޅުވުން، މިއީ ދިގު މުއްދަތުގެ ރިކަވަރީ ރަނގަޅުކުރާކަން ސާބިތުވެފައިވޭ (ލޮސްކެން އެޓް އަލް، 2017).
އޮންކޮޕްލާސްޓިކް ސަރޖަރީއަށް ހުށަހެޅެނީ، ކޮންހާލަތެއްގަތޯ؟
އޮންކޮޕްލާސްޓިކް ސަރޖަރީއަށް ހުށަހެޅޭ އާނމު ހާލަތްތައް:
މީގެ އިތުރުން، އަނެއް އުރަމަތީގައި "ސިމެޓްރީ" އިސްލާޙުކުރުމަށް ބޭނުންވާ އަންހެނުންނަށްވެސް މިއީ އެކަށީގެންވާ ގޮތެކެވެ. - ކުޑަކުރުން، އުފުލުން، ނުވަތަ ބޮޑުކުރުމުގެ ޛަރީޢާއިން - ހަމަހަމަ އަދި ތަނާސުބް ނަތީޖާއެއް ކަށަވަރުކުރުމަށް (މެކްމިލަން އާއި އެހެނިހެން، 2014).
އެންމެ ބޮޑަށް ފައިދާކުރާނީ ކޮންބަޔަކަށް؟
ދަށް އަދި މެދުމިންވަރުގެ އާމްދަނީ ލިބޭ ޤައުމުތަކުގައި - ދިވެހިރާއްޖެ ފަދަ ސަރަޙައްދުތައް ހިމެނޭގޮތަށް - އޮންކޮޕްލާސްޓިކް އުސޫލުތަކަކީ ޚާއްޞަކޮށް އަގުހުރި ގޮތްތަކެކެވެ. އާންމު ގޮތެއްގައި މެސްޓެކްޓަމީ ބޭނުންވާނެ ހާލަތްތަކުގައިވެސް އުރަމަތި ރައްކާތެރިކޮށް ބޭއްވުމަށް މިގޮތުން ފުރުޞަތު ލިބި، ފަރުވާއަށް ވާޞިލުވުމާއި އޮޕަރޭޝަނަށްފަހުގެ ހިތްހަމަޖެހުން އިތުރުކުރެވެއެވެ (ރާއޯ އާއި އެހެނިހެން، 2020).
ސައިންސާއި ފަންނުވެރިކަން
އޮންކޮޕްލާސްޓިކް ސަރޖަރީގެ ޖާދޫވެރިކަން އޭގެ ފަލްސަފާގައި އެކުލެވިގެންވެއެވެ: " ރީތިކަން ދެމެހެއްޓުމަށް ފަރުވާއަށް ކުޑަވެސް އުނިކަމެއް ނެތެވެ." ކޮންމެ އޮޕަރޭޝަނެއްވެސް އެ ފަރުދަކަށް ޚާއްޞަކުރެވިފައިވެއެވެ. ޓެކްނީކުތައް ވޮލިއުމް ޑިސްޕްލޭސްމަންޓް (އުރަމަތީ ހުރި ޓިޝޫ އަލުން ބައްޓަންކުރުން) އިން ފެށިގެން ވޮލިއުމް ރިޕްލޭސްމަންޓް (ޓިޝޫ ފްލެޕްސް ނުވަތަ ފެޓް ގްރާފްޓިންގ ބޭނުންކުރުން) އަށް ތަފާތުވެއެވެ..
މިސާލަކަށް:
• ތެރަޕިއުޓިކް މެމޮޕްލާސްޓީއަކީ" ޓިއުމަރ ނެގުމާއި އުކު އުރަމަތި ކުޑަކުރުމުގެ ނަމޫނާތައް އެކުލެވޭ ގޮތަށް ކުރެވޭ ފަރުވާއެކެވެ.
• "ލެޓިސިމަސް ޑޯރްސީ ފްލެޕް" ރީކޮންސްޓްރަކްޝަންއަކީ ގެއްލިފައިވާ ޓިޝޫ ބަދަލުގައި ބުރަކަށީގެ މަސްތަކާއި ހަން ބޭނުންކޮށްގެން ކުރެވޭ ފަރުވާއެކެވެ.
• "ނިޕަލް-ސްޕެއަރިންގ މާސްޓެކްޓޮމީ"އަކީ ޤުދުރަތީ ނިޕަލް-އެރިއޯލާ ކޮމްޕްލެކްސް ރައްކާތެރިކޮށް، ގާތްގަނޑަކަށް އިހުހުރިފަދައިން، ބައްޓަމާ ފެންނަފެނުމަށް ބަދަލެއް ނާންނަ ހެންކުރެވެ ފަރުވާއެކެވެ..
ކޮންމެ ގޮތެއް ވެސް ޚިޔާރުކުރެވެނީ، އެކުގައި - ސަރޖަންއާއި ބަލިމީހާއާ ދެމެދު - ސަލާމަތްތެރިކަމާއި، ސިމެޓްރީއާއި އަދި އަމިއްލަ އިޙްތިރާމަށް އިސްކަންދީ، ސައްލާކޮށް ދެފަރާތް އެއްބަސް ވެވިގެންނެވެ..
⸻
އެއްކޮށް ޝިފާލިބުމަށް އެޅޭ މުހިއްމު ފިޔަވަޅެއް — ހަށިގަނޑުގެ އެތެރެއާއި ބޭރުފުށުން
މިޒަމާނުގައި އުރަމަތީގެ ކެންސަރުގެ ފަރުވާއަކީ ހަމައެކަނި ބަލި ނައްތާލުމެއް(ނެގުމެއް) ނޫނެވެ؛ އެއީ ޤަދަރު އަނބުރާ ގެނައުމެވެ. އޮންކޮޕްލާސްޓިކް އުރަމަތީ ސަރޖަރީއިން އަންހެނުންނަށް އުއްމީދު ދެނީ ކެންސަރަށްފަހު، އެ މީހުންނަށް ދެން ލޯގަނޑުން ބަލައިލާއިރު ފެނިދާނީ، ހަށިގަނޑުން ބައެއް އުނިވެފައި ވުމުގެ ބަދަލުގައި، — ގަދަރުވެރި އަދި ރީތި، "ފުރިހަމަ" މީހެއްގެ ސިފައިގައެވެ..
"އޮންކޮޕްލާސްޓިކް ސަރޖަރީއިން މާސްޓެކްޓޮމީގެ ނިޝާން ބަދަލުކޮށްދެނީ ގެއްލުމުގެ ނިޝާނަކުން ދިރިހުރުމުގެ ނިޝާނަކަށެވެ. ކްލިފް. އެޓް. އެލް (2010)."
References