ކީމޯތެރަޕީއާ ބެހޭ ގޮތުން އޮޅުން ފިލުވުން މުހިއްމުމައުލޫ
(ފަރުވާ ފެށުމުގެ ކުރިން ހޭލުންތެރިވުމާއި ތައްޔާރުވުން)
ޑރ. މޫޙައްމަދް ޝިފާން
§ ކީމޯތެރަޕީއަކީ ކެންސަރު ސެލްތައް ނައްތާލުމަށް ބޭސް ބޭނުންކޮށްގެން ކުރާ ކެންސަރުގެ ފަރުވާއެކެވެ. މިއީ އެހެން ފަރުވާއަކާ ނުލައި ވަކިން، ނުވަތަ ސަރޖަރީ، ރޭޑިއޯތެރަޕީ، ނުވަތަ ޓާގެޓެޑް ތެރަޕީއާ އެކުގައި ބޭނުންކުރެވިދާނެ ފަރުވާއެކެވެ. ފަރުވާ ފެށުމުގެ ކުރިން ވާނެގޮތް އެނގުމަކީ ކަންބޮޑުވުން ކުޑަކޮށް، ތަޖުރިބާ ފަސޭހަވެމިދަތުރު ފަސޭހަވުމަށް އެހީތެރިވާނެ ކަމެކެވެ.
ކީމޯތެރަޕީގެ މަޤްޞަދު
ކީމޯތެރަޕީގެ މަޤްޞަދުތަކަކީ:
• ކެންސަރު ސެލްތައް ނައްތާލުން ނުވަތަ އިތުރުވިޔަ ނުދިނުން.
• ސަރޖަރީ ނުވަތަ ރޭޑިއޭޝަން ކުރުމުގެ ކުރިން ޓިއުމަރ ގެ ސައިޒު ކުޑަކުރުން.
• ސަރޖަރީ ކުރުމަށްފަހު ބާކީ ހުރި ސެލްތައް ނައްތާލުން
• ކެންސަރު ކޮންޓްރޯލްކޮށް އަލާމާތްތައް ލުއިކުރުން، (ބަލި އެއްކަށް ނައްތާލެވޭވަރަށް ވުރެއިތުރުވެފާވާނަމަ).
ތިބާގެ ބަލީގެ ބާވަތާއި މަރުޙަލާއަށް ބަލައި، ތިބާގެ ފަރުވާގެ ވަކި މަޤްޞަދުތައް ތިބާގެ އޮންކޮލޮޖިސްޓް ކިޔައިދޭނެއެވެ.
ކީމޯތެރަޕީ ފެށުމުގެ ކުރިން
ފަރުވާ ފެށުމުގެމުގެ ކުރިން، ތިބާއަށް އަންނަނިވި އަސާސީ ޓެސްޓުތައް ހަދަންޖެހޭނެއެވެ:
• ލޭގެ އަދަދުތަކާއި، ލިވަރއާއި، ކިޑްނީގެ މަސައްކަތް ކުރާމިންވަރު ބެލުމަށް ލޭގެ ޓެސްޓުތައް، ބައެއްފަރުވާ އަށް ތައިރޮއިޑް ޓެސްޓް އަދި ލޭގައި ކެލްސިޔަމް އެކުލެވޭ ވަރު އަދި "މެގްނީސިއަމް" އަދި "އިލެކްޓޮރޯލައިޓް" ހަދައެވެ
• ހިތާއި ފުއްޕާމޭގެ މަސައްކަތް ބެލުމުގެ ޓެސްޓުތައް (ބޭނުންކުރާ ބޭހެއް ގެ ގޮތުން).
• ބޭހުގެ މިންވަރު (ހަށިގަނޑަށް ލިބެންވާމިންވަރު) ސީދާކޮށް ހިސާބުކުރުމަށް ބަރުދަނާއި އިސްކޮޅު.
ތިބާގެ ޑޮކްޓަރު ނުވަތަ ނަރުހުން ތިބާގެ ޞިއްޙީ ރެކޯޑުތަކާއި، މިހާރު ބޭނުންކުރާ ބޭސްތަކާއި، އެލަރޖީތައް ވެސް ބަލާނެއެވނެއެވެ. ތިބާ ބޭނުންކުރާ ހުރިހާ ބޭހަކާއި ސަޕްލިމެންޓްތަކުގެ ލިސްޓެއް ގެންނާށެވެ.
ކީމޯތެރަޕީ ދެވޭ ގޮތް
ކީމޯތެރަޕީ ދެވި ދެވިދާނެ ގޮތްތަކަކީ:
• އިންޓްރަވީނަސްކޮށް (އައި.ވީ): ލޭނާރަކަށް، ގިނަފަހަރު ކެނިއުލާއެއް ނުވަތަ ޕޯޓެއް މެދުވެރިކޮށް.
.އަނގައިން: ގުޅަ ނުވަތަ ކެޕްސިއުލްގެ ގޮތުގައި.
• އިންޖެކްޝަން ނުވަތަ އިންފިއުޝަން: ބޭހުގެ ޝެޑިއުލްއަށް ބަލައި.
* އިންޓްރާތީކަލް ؛
އިންޓްރަތީކަލް ކީމޯތެރަޕީ މާނައަކީސީދާސިކުނޑިއާ މައި ނާރު ވަށައިގެންވާ ދިޔައަށް ބޭސް، ސީދާ، ދިނުމެވެ.
މިކަން ކުރެވެނީ ބުރަކަށީގެ، މައިބަދަ ނިމޭ ހިސާބަށް، ޚާއްސަ ކައްޓެއް ބޭނުންކޮށްގެން، ނުވަތަ” އޮމާޔާ ރިޒަވޮޔަރ" ކިޔާ ކުޑަ އާލާތެއް މެދުވެރިކޮށެވެ.
• މިގޮތަށް ބޭސްދިނުން ބޭނުންކުރެވެނީ މައިގަނޑު ގޮތެއްގައި ލިއުކީމިއާ، ލިމްފޯމާ، ނުވަތަ ސިކުނޑި އާ ވަށައިގެންވާ ދިޔައަށް ފެތުރިދާނެ ކެންސަރުތަކަށެވެ. މިއީ އާންމުކޮށް ލޭހޮޅިންދޭ ކީމޯތެރަޕީ ފަސޭހައިން ނުފޯރާ ތަންތަނަށް ވާތީއެވެ.
އަދި އިންޓްރާވެސައިކަލް :
އިންޓްރަވެސިކަލް ކީމޯތެރަޕީ މާނައަކީ ބޭސް ސީދާ މަސާނައަށް (ލޭ ހޮޅިން ނޫން ގޮތަކަށް) ދިނުމެވެ.
ކީމޯތެރަޕީ ބޭސް ދެވޭނީ ކުޑަ ހޮޅިއެއް (ކެތީޓަރެއް) ކުރިމަތި ފަރާތް މެދުވެރިކޮށް މުސާނައަށް ލައްވައިގެންނެވެ. އަދި އެ ބޭސް މަސާނާގައި ކުޑަ ވަގުތުކޮޅަކަށް (އާންމުކޮށް 2-1 ގަޑިއިރު ވަރަށް) ބަހައްޓާފައި ހުންނާނެއެވެ.
މިގޮތަށް ބޭސް ދެނީ މައިގަނޑު ގޮތެއްގައި މަސާނައި (ޔޫރިނަރީ ބްލެޑަރ) ގެކެންސަރަށެވެ.
ފަރުވާ ދެވެނީ ސައިކަލްތަކެއްގައި، ހަށިގަނޑަށް ފަސޭހަވާން ވަގުތު ދިނުމަށް އެ ދޭތެރެއިން މެދުކެނޑުމާ އެކުގައެވެ. ސައިކަލްތަކުގެ އަދަދު ބިނާވަނީ ތިބާގެ ކެންސަރުގެ ބާވަތާއި އޭގެ ނަތީޖާއަށެވެ.
އާންމު ސައިޑް އިފެކްޓްތައް
ކީމޯތެރަޕީން ކެންސަރު ސެލްތަކާއި އަދި ބަލިނޫނަސް އަވަހަށް އިތުރުވާ ސެލްތަކަށް އަސަރުކުރާތީ، އޭގެ ސަބަބުން ސައިޑް އިފެކްޓްތައް ކުރިމަތިވެދާނެއެވެ. ހުރިހާ މީހުންނަށް މި ހުރިހާ އިފެކްޓެއް ނުވެދާނެއެވެ. އަދި ގިނަ ކަންކަމަކީ ވަގުތީ އަދި ކޮންޓްރޯލްކުރެވޭނެ ކަމެކެވެ.
• ވަރުބަލިކަމާއި ބަލިކަށިކަން
• މޭނުބައިކުރުމާއި ހޮޑުލެވުން
• އިސްތަށި ފެއިބުން (ވަގުތީ)
• ކާއެއްޗެހީގެ ރަހަ ގެއްލުން ނުވަތަ ރަހައަށް ބަދަލުއައުން
• ލޭގެ އެކުލެވޭ ސެލްތަކުގެ އަދަދު ދަށްވުން (އިންފެކްޝަން، ލޭމަނާވުމުގައި މައްސަލަ ދިމާވުން ނުވަތަ ހަށިގަނޑުގައި ލޭމަދުވުން)
• އަނގައިގައި ފާރު އުފެދުން
• ހަނގަނޑާ އަދި ނިޔަފަތިތަކަށް އަންންނަ ބަދަލުތައް
މި ކަންކަން ވީހާވެސް މަދުކުރުމަށް ތިބާގެ ޞިއްޙީ ފަރުވާދޭ ޓީމުން ބޭސް އަދި އިރުޝާދު ދޭނެއެވެ.
އިންފެކްޝަން ތަކުން ރައްކާތެރިވުން
ކީމޯތެރަޕީގެ ސަބަބުން ލޭގައި އެކުލެވޭ "ވައިޓް ބްލަޑް ސެލްތައް" މަދުވެދާވެދާނެއެވެ.އަފަދަ ހާލަތެއްގައި ތިބާއަށް އިންފެކްޝަނެއް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. އިންފެކްޝަންގެ ނުރައްކާ ދައްކުރުމަށް ކުރެވިދާނެ ކަންތައްތައް:
• އަތް އަބަދުވެސް ދޮވެ، ރަނގަޅު ޞިއްޙީ އާދަތަކަށް ސަމާލުވެ، އެކަންކަން ދަމަހައްޓާށެވެ.
• ބަލިމީހުން ގާތުގައި އުޅުމުން ދުރުހެލިވާށެވެ.
• ދުވާލަކު އެއްފަހަރު ހުންހުރިތޯ ބަލާށެވެ؛ 38°C އަށްވުރެ މަތިވެއްޖެނަމަ ސިއްހީއެހީތެރެރިއެއްގެ ސަމަލުކަމަށް ގެންނާށެވެ.
ކާއެއްޗެއްސާއި ދިރިއުޅުމުގެ ވައްޓަފާޅި
• ޕްރޮޓީނާއި މޭވާ އަދި ދިޔާ ތަކެތި ގިނައިން ހިމެނޭ ރަނގަޅު ކާނާ ކާށެވެ.
• ލޭގައި "ވައިޓް ބްލާޑް ސެލް"، މަދުވެފައިވާނަމަ ނުކައްކާ ނުވަތަ ރަނގަޅަށް ރޯނުފިލާ ކާނާ ނުކާށެވެ.
• ވާ މިންވަރަކުން ލުއި ކަސްރަތުކުރާށެވެ.
• ރަނގަޅަށް އަރާމުކޮށް، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވާސެވެ - ސަޕޯޓް ގްރޫޕްތަކާއި ކައުންސެލިންގެ އެހީތެރިކަންހޯދާށެވެ.
ދަރިމައިވުމާއި ޢާއިލާ ރޭވުން
ބައެއް ކީމޯތެރަޕީ ބޭސްތަކުން ދަރިމައިވުމުގެ ޤާބިލުކަމަށް އަސަރުކޮށްފާނެއެވެ. ފަރުވާ ފެށުމުގެ ކުރިން ދަރިމައިވުމުގެ ޤާބިލުކަން ރައްކާކުރުމުގެ ގޮތްތަކާ މެދު (މަނި ނުވަތަ ބިސް ރައްކާކުރުން) މަޝްވަރާކުރާށެވެ. ކީމޯތެރަޕީގެ ތެރޭގައި މާބަނޑުވުމުން ދުރުހެލިވާށެވެ. އެއީ ކުއްޖާއަށް ގެއްލުން ލިބިދާނެތީއެވެ.
ނޯޓް: އައު ހޯދުންތަކަށް އަހުލުވެރިވުން
އޮންކޯފަރޓިލިޓީގެ ދާއިރާގައި އަންނަ ކުރިއެރުންތަކުން ދަރިމައިވުމުގެ ޤާބިލުކަން ހިފެހެއްޓުމަށް އިތުރު އޮޕްޝަންތަކެއް ލިބޭނެކަމުގެ އުންމީދު އެބައޮތެވެ. އަލަށް ތަޢާރަފުވަމުންދާ ފަރުވާތަކާ ބެހޭގޮތުން ތިބާގެ ޞިއްޙީ ޓީމުގައި އަހާށެވެ (ރޮޑްރިގެޒް-ވޯލްބަރގް އެނޑް އަދަރސް، 2016).
ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން
ކަންބޮޑުވުން އެއީ އާންމު ކަމެކެވެ. ތިބާގެ ފަރުވާދޭ ޓީމާ ވާހަކަދައްކާށެވެ. ގިނަ ހޮސްޕިޓަލްތަކުން ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމަށް ކައުންސެލިންގ، ސަޕޯޓް ގްރޫޕްތައް، އަދި އޮންކޮލޮޖީ ނަރުހުންގެ ޚިދުމަތް ފޯރުކޮށްދެއެވެ.
އަވަސް ފަރުވާ ހޯދަންޖެހޭ ޙާލަތްތައް
އަންނަނިވި ކަންކަން ދިމާވެއްޖެނަމަ ތިބާގެ ޑޮކްޓަރަށް ގުޅާށެވެ ނުވަތަ އިމަރޖެންސީއަށް ދާށެވެ:°C • 38°C އަށްވުރެ މަތިން ހުން އައުން
• ނޭވާލުމަށް ދަތިވުން
• ހުއްޓުމެއްނެތި ހޮޑުލެވުން ނުވަތަ ޑައިރިޔާ ވުން.
• ތަހައްމަލް ނުކުރެވޭ ވަރުގެ ރިހުމެއް، ނުވަތަ ލޭމަނާ ނުވުން.
• ބޮޑަށް ބަލިކަށިވުން ނުވަތަ އޮޅުންބޮޅުންވުން.
ހަނދާންބަހައްޓާށެވެ: ތިބާގެ ކީމޯތެރަޕީގެ ދަތުރަކީ ތިބާއަށް ޚާއްޞަ ދަތުރެކެވެ.އިތުރު މަޢުލޫމާތު ހޯދާ، ސުވާލުކޮށް، އަދި ތިބާގެ ޞިއްޙީ ފަރުވާދޭ ޓީމާ މުޢާމަލާތްކުރާށެވެ. އެކުގައި، ތިބާއަށް މި ފަރުވާ ވީހާވެސް ރައްކާތެރި އަދި ފައިދާހުރި ގޮތެއްގައި ކުރިއަށް ގެންދެވޭނެއެވެ.
"މާތްﷲ ކޮންމެ ބަލިމީހަކަށްވެސް ހިތްވަރާއި ކެތްތެރިކަމާއި ފުރިހަމަ ޝިފާ މިންވަރުކުރައްވާށިއެވެ. އަދި އެންމެހައި ބަލި މީހުންގެ ޚިދުމަތުގައި އުޅޭ މީހުންނަށް އެމީހުންގެ އޯގާތެރިކަމާއި ޚިދުމަތަށްޓަކައި ދަރުމަ ދެއްވާށިއެވެ.. آمين"
references