ތައިރޮއިޑް ގްލޭންޑް ގެކެންސަރ

ތައިރޮއިޑް ގްލޭންޑް ގެކެންސަރ

ޑރ.މުޙައްމަދް ޝިފާން

ތައާރަފް

މިގުނަވަނަކީ “ކޮކާލެއް” ފަދަ ސިފައެއް ގައި އިންނަ ގުނަވަނެކެވެ. ތައިރޮއިޑް ގްލޭންޑް އިންނާނީ އިންސާނެއްގެ ކަރުގެ ކުރިމަތީގައެވެ.

 ތައިރޮއިޑް ގްލޭންޑް އާއި އެ ގްލޭންޑް ވަށައިގެން ހިމެނޭ ކުދިކުދި “ޕެރާތައިރޮއިޑް” ގްލޭންޑް އަކީ ހަށިގަނޑުގެ ހިނގުމަށް ބޭނުންވާ މުހިއްމު “ހޯމޯން” ތަކަކާއި ހަށިގަނޑު ގައި މުހިއްމުރޯލެއް އަދާކުރާ “ކެލްސިއަމް” ހަމަނިޒާމެއްގެ ތެރޭގައި ދައުރުކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މިސާލަކަށް، ހިތުގެހިނގުމާއި، ލޭގެ ޕްރެޝަރު އަދި ހަށިގަނޑުގެ ފިނި ހޫނުމިން ފަދަ ކަންކަމެވެ.

ތައިރޮއިޑްގްލޭންޑް ގައި މައިގަނޑުގޮތެއްގައި ހިމެނެނީ މުހިއްމު ދެވައްތަރެއްގެ ސެލްތަކެކެވެ.

“ފޮލިކިއުލަރ ސެލް” :

މިވައްތަރުގެ ސެލްތައް ހާއްސަވެފާވަނީ ތައިރޮއިޑް ހޯމޯން އެކުލަވާލުމަށެވެ. މިހޯމޯން (ކޮންމެވެސް ސަބަބަކާހުރެ) އިތުރުވެއްޖެނަމަ(ހައިޕަރ ތައިރޮއިޑިސިމް) ވިންދު އަވަސް ވެ،ހިތުގެ ހިނގުމަށް ބަދަލުއައުން، ނިދަންއުންދަގޫ ވުން، ހާސްވެ ކަންބޮޑު ވެފައި ހުރުން، ބަނޑުހައިވުން، ބަރުދަން ލުއިވެ މާބޮޑަށް ހޫނުވުން ފަދަ އަލާމާތް ތައް ހިމެނެއެވެ.

މިއާހިލާފަށް މިހޯމޯން (ކޮންމެވެސް ސަބަބަކާހުރެ) ހަށިގަނޑުގައި މަދުވެއްޖެނަމަ(ހައިޕޮ ތައިރޮއިޑިސިމް)، މީހާގެ ހަރަކާތްތައް ލަސްވެ، ވަރުބަލިވެ، ބަރުދަން އިތުރުވެދެއެވެ.

ތައިރޮއިޑް ގްލޭންޑްއިން ހޯމޯން ލެއަށް ފޮނުވާވަރު ކޮންޓްރޯލް ކުރާނީ ޕިޓިއުޓަރީ ގްލޭންޑް އެވެ.

“ޕެރާފޮލިކިއުލަރ” (ނޫނީ “ސީ ސެލް”) :

މިފަދަ ސެލްއިން އުފައްދާނީ ކެލޮސިޓޯނިން ކިޔާ ހޯމޯން އެކެވެ. މިހޯމޯން ގެ މަސައްކަތަކީ ހަށިގަނޑުގައި ކެލްސިއަމް ބޭނުންކުރާމިންވަރު ކޮންޓޮރޯލް ކުރުމެވެ.

ކެންސަރު ނޫން ތައިރޮއިޑް ދުޅަ / ގަނޑު ތައް:

ތައިރޮއިޑް ދުޅަވުން

ތައިރޮއިޑް ގްލޭންޑް ގެ ބައްޓަމަށް އަދި ސައިޒަށް އަންނަ ބަދަލުތައް ގިނަފަހަރު ތިބާއަމިއްލައަށް ނޫނީ ޑޮކްޓަރަށް ފާހަގަކުރެވެއެވެ.

އާދަޔާ ހިލާފު ބޮޑުތައިރޮއިޑް ގްލޭންޑް އަކަށް “ގޮއިޓަރ” އޭކިޔެއެވެ. ގިނަފަހަރު މިފަދަ ބަދަލަކީ ކެންސަރު ނޫން ކޮންމެވެސް އެހެން ސަބަބަކާހުރެ އަންނަ ދުޅައެކެވެ. (މިސާލަކަށް ހަށިގަނޑަށް ބޭނުންވާ އަޔޮޑިން ކާތަކެތީގައި ބޭނުން ވާވަރަށް ނުހިމެނުމުން ހިމެނެއެވެ.)

ތައިރޮއިޑް ނޮޑިއުލްސް (ގަނޑުލުން)

ތައިރޮައިޑް ގްލޭންޑްގައި ލާ ކުދި ދުޅައަށް “ނޮޑިއުލްސް” އޭކިޔެއެވެ. މިފަދަ ގިނަ ނޮޑިއުލްސަ އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. ނަމަވެސް އުފެދޭ މިފަދަ ނޮޑިއުލްގެ 20 އެތިކޮޅު ގެ ތެރެއިން 3-2 ނޮޑިއުލްސް އަކީ ކެންސަރ އެވެ. ބައެއްފަހަރު މިފަދަ ނޮޑިއުލް ތަކުން އިތުރަށް ތައިރޮއިޑް ހޯމޯން އުފައްދައެވެ. މިފަދަ ހޯމޯން އިތުރަށް އުފައްދާ ނޮޑިއުލް ތަކަކީ ގިނަފަހަރު ނުރައްކާތެރި އެއްޗެއްނޫނެވެ.

މިފަދަ ގަނޑުކޮޅުތަކަކީ ކޮންމެ އުމުރެއްގައިވެސް އަތުވެދާނެއެއްޗެކެވެ. ނަމަވެސް އެންމެ އާންމުކޮށް ފެންނާނީ އުމުރުން ދުވަސް ވާވަރަކަށެވެ. ގިނަަފަހަރު މިފަދަ ނޮޑިއުލް ތަކަކީ އަތުން އަތް ލައިގެން ބަލާއިރު އަތުގަޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް އަލްޓަރާ ސައުންޑް ސްކޭންފަދަ ވަސީލަތަކުން މިފަދަ ކުދި ނޮޑިއުލްސް ފެންނާނެއެވެ.

ތައިރޮއިޑް ކެންސަރުގެ ވައްތަރުތައް :

މައިގަނޑު ވައްތަރުތައް

  • “ޑިފަރެންޝިއޭޓަޑް” ކެންސަރ (ޕެޕިލަރީ، ފޮލިކިއުލަރ، ހާރތުލް ސެލްކެންސަރ)
  • މެޑިއުލަރީ ކެންސަރ
  • އެނަޕްލާސްޓިކް (ވަރަށް ބާރަށް ފެތުރޭ ވައްތަރެއް)

“ޑިފަރެންޝިއޭޓަޑް” ކެންސަރ

ގިނަ ތައިރޮއިޑް ކެންސަރ އަކީ މިވައްތަރުގެ ކެންސަރ އެވެ.މިފަދަ ކެންސަރ ގައި އެކުލެވޭ ސެލްތައް ރަނގަޅު ތައިރޮއިޑް ސެލްއާވަރަށް ވައްތަރުވާނެއެވެ.މިވައްތަރުތަކަކީ ތައިރޮއިޑް ގެ ފޮލިކިއުލަރ ވައްތަރުގެ ސެލްއިން އުފެދޭ ކެންސަރ އެވެ.

ޕެޕިލަރީ ކެންސަރ

(އިތުރަަށް ކިޔާނަނަތައް : ޕެޕިލަރީ ކާސިނޯމާ، ޕެޕިލަރީ އެޑިނޯކާސިނޯމާ)

ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރ ގެ ތެރެއިން 8 ކެންސަރަކީ މިވައްތަރެވެ. އާންމުކޮށް މިފަދަ ކެންސަރ އުފެދޭނީ ވަރަށް ލަސް ލަހުންނެވެ. އަދި އާންމުކޮށް އުފެދޭނީ ގްލޭންޑް ގެ އެއްފަޅީގައެވެ. ލަހުން އުފެދި އިތުރުވީކަމުގައި ވިޔަސް މިވައްތަރު އާންމުކޮށް ފެތުރޭނީ ކަރުގެ ގޮށްތަކަށެވެ. މިފަދަ ކެންސަރ ގޮށްތަކަށް ފެތުރުމަށް ފަހުވެސް ކާމިޔާބުކަމާ އެކު ފަރުވާކުރެވި ޝިފާލިބެއެވެ.

ފޮލެކިއުލަރ ކެންސަރ

ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރުގެ ތެރެއިން 1 ކެންސަރ އަކީ މިވައްތަރުގެ ކެންސަރއެވެ. މިފަދަ ވައްތަރު އާންމުކޮށް ގިނައިން ފެންނަނީ ކެއުމުގައި ހަށިގަނޑަށް ލިބެންވާ އަޔޮޑިން ނުލިބޭ މީހުންނަށެވެ. މިވައްތަރަކީ ގޮށް ތަކަށް ފެތުރޭ ވައްތަރެއްނޫނެވެ. ނަމަވެސް ދުރުހިސާބުތަކަށް ފެތުރޭ ވައްތަރެކެވެ.(މިސާލަކަށް ކައްޓާ، ފުރަ މޭފަދަ ގުނަވަނެވެ). މިވައްތަރަކީ ވެސް ފަރުވާ އަށް ފަހު ޝިފާލިބޭ މިންވަރު ރަނގަޅު ވައްތަރެކެވެ.

ހާރތުލަ ސެލް ކެންސަރ (އޮކްސީ ފިލް ކާރސިނޯމާ ގެނަމުން މުހާތަބުކުރެވެ އެވެ.)

ގާތްގަނޑަކަށް މިވައްތަރަކީ ޑައިގްނޯސް ކުރެވޭ ތައިރޮއިޑް ކެންސަރުގެ %3 އެވެ. މިއީ މަތީގައި ބަޔާންކުރެނިވި ދެވައްތަރަށް ވުރެ ފަރުވާ ކުރުމަށް ފަހު ޝިފާލިބޭ ވަރު މަދު ވައްތަރެވެ.

މެޑިއުލަރީ ތައިރޮއިޑް ކެންސަރ

މިއީ ގަތްގަނޑަކަށް ޑައިގޮނޯސް ކުރެވޭ ތައިރޮއިޑް ކެންސަރ ގެ %4 އެވެ. މި ވައްތަރަކީ ތައިރޮައިޑް ގްލޭނަޑް ގެ “ޕެރާފޮލި ކިއުލަރ ސީ ސެލް” އިން އުފެދޭ ކެންސަރ އެކެވެ. މަތީގައި ބަޔާން ކުރެވިފައި ވާފަދައިން މިފަދަ ސެލްއިން އުފައްދާނީ ކެލްސިޓޯނިން ކިޔާ ހޯމޯން އެކެވެ. މިހޯމޯން ގެ މަސައްކަތަކީ ހަށިގަނޑުގައި ކެލްސިއަމް ބޭނުންކުރާމިންވަރު ކޮންޓޮރޯލް ކުރުމެވެ. ބައެއްފަހަރު މިފަދަ ކެންސަރެއް ތައިރޮއިޑް ގްލޭންޑް އިންފެނުމުގެ ކުރިން އެހެނިހެން ދުރުހިސާބުތަކަށް ފެތުރުރިފަ ހުއްޓަފެެނެއެވެ.

މިވައްތަރުގެ މައިގަނޑު ދެވައްތަރެއްވެއެވެ.

ސްޕޮރޭޑިކް މެޑިއުލަރީ ތައިރޮއިޑް ކެންސަރ:

މިވައްތަރުފެންނާނީ، ޑައިގްނޯސް ކުރެވޭ މެޑިއުލަރީ ތައިރޮއިޑް ގެގާތްގަނޑަކަށް 10 އަކުން 8 ފަހަރެވެ. އަދި މިއީ ވާރުތަކުރާ ވައްތަރެއްނޫނެވެ. އަދި އާންމުކޮށް ފެންނާނީ ދޮށީ އުމުރުގެ މީހުންގެ އެވެ. ގިނަފަހަރު ފެންނާނީ ތައިރޮއިޑް ގެ އެެއްފަޅިން ނެވެ.

ފެމީލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރ:

މިއީ އެއް ޖެނަރޭޝަނުން އަނެއްޖެނެރޭޝަނަށް ވާރުތަ ކުރާ ވައްތަރެއް. މިވައްތަރު އާންމުކޮށް ފެންނަނީ ކުޑައިރު ނޫނީ ފުރާވަރަށް އަރާހިސާބުގައެވެ. މިއީ އަވަހަށް ފެތުރޭ ވައްތަރެކެވެ. ހާއްސަކޮށް މިވައްތަރަކީ އެހެނިހެން ގުނަވަންތަކުގެ ކެންސަރާއެކު ފެންނަވައްތަރެކެވެ.

އެނަޕްލާސްޓިކް (އަންޑިފަރެންޝިއޭޓަޑް) ކެންސަރ

މިވައްތަރަކީ ވަރަށް މަދުން ފެންނަވައްތަރެއްގެ ކެންސަރ އެކެވެ.(ގާތްގަނޑަކަށް ޑައިގްނޯސް ކުރެވޭ ހުރިހާ ތައިރަޮއިޑް ކެންސަރުގެ ކެންސަރުގެ %2 ވަރެވެ. މިވައްތަރަކީ މިއީ ޑައިގްނޯސް ކުރެވޭ އިރުވެސް 4 ވަނަ ސްޓޭޖް ކެންސަރ އެވެ. މިއީ ވަރަށް އަވަހަށް ދުރަށް ފެތުރޭ ވައްތަރެކެވެ. އަދި މިއީ ފަރުވާކުރަން އެންމެ އުނދަގޫ ވައްތަރެވެ.

އާންމުނޫން ވައްތަރުތައް

ތައިރޮއިޑް ލިންފޯމާ

ތައިރަޮއިޑް ސާކޯމާ

ތައިރޮއިޑް ކެންސަރ އިންރައްކާތެރި ވެވިދާނެތަ؟

ތައިރޮައިަޑް ކެންސަރ އަށް ޑައިގްނޯސް ކުރެވޭ ގިނަމީހުން ނަކީ އިނގޭ އެއްވެސް ރިސްކަކަށް ހުށަހެޅިގެން އަންނަ ބައެއްނޫނެވެ. މިސަބަބަށްޓަކާ ގިނަފަހަރު މިއީ ރައްކާތެރި ވެވޭ ބައްޔެއްނޫންމެއެވެ.

ރޭޑިއޭޝަނަށް ހުށައެޅުން، ހާއްސަކޮށް ކުޑައިރު، އަކީ ތައިރޮއިޑް ކެންސަރ ޖެހުމަށް މަގުފަހިވާ ސަބަބެކެވެ.

ޖެނެޓިކް ޓެސްޓް ކުރުން:މިކަމުގެ މުހިއްމުކަން ފެންނާނީ ފެމީލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރ އަށް ހުށަހެޅުން ގާތް މީހުންނަށެވެ. މަތީގައި ބަޔާން ކުރެވިފައި ވާ ފަދައިން، މިއީ އެއް ޖެނަރޭޝަނުން އަނެއް ޖެނެރޭޝަނަށް ވާސިލް ވާ ވައްތަރެކެވެ. ބަދަލުވެފާ ވާ ޖީން އެއްވާނަމަ، ބަލި ފެނުމުގެ ކުރިން މި ގްލޭންޑް އޮޕަރޭޝަން ކޮށް ގެން އެކީ ނެގިއްޖަނަމަ މިފަދަ ބައްޔަކުން ރައްކާތެރި ވީއެވެ!

ނޯޓަ: މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން މިކަމުގެ އެންމެފަހުގެ ފަރުވާތައް، ޖެނެޓިކް ޓެސްޓިން އަދި ޖެނެޓިކް ކައުންސިލިން ގެމާހިރަކާ މަޝްވަރާކުރުން މުހިއްމު ވާނެއެވެ.

ތައިރޮއިޑް ކެންސަރ ޖެހުމަށް މަގު ފަހި ކޮށްދޭ ކަންކަން

ބަދަލުނުކުރެވޭ ކަން ކަން

އުމުރާ / ޖިންސު:

މިހާތަނަށް ސިދާސަބަބު ހޯދިފާނުވިކަމުގައި ވިޔަސް މިބައްޔަކީ ގާތް ގަނޑަކަށް އަންހެން ޖިންސަށް 3 ގުނަ އިތުރު ބައްޔެކެވެ.

ތައިރޮއިޑް ކެންސަރ އެންމެ އާންމު އުމުރަކީ(އަންހެނުންނަށް) 50-40 އަހަރާދެމެދު، އަދި ފިރިހެނުންނަށް 70-60 ގެ އަހަރުތަކުގައެވެ.

ވާރުތަކުރާ ބަލިތަކުގެތެރެއިން:

މެޑިއުލަރީ ތައިރޮއިޑް ކެންސަރ: މިބައްޔަށް ޑައިގްނޯސް ވާ 10 މީހަކުން 2 މީހަކީ ބަދަލުވެފައި ޖީން އެއް ވާރުތަވެގެން މިބަލި ޖެހޭ ބައެކެވެ. މިއީ ފެމީލިއަލް މެޑިއުލަރީ ތައިރަޮއިޑް ކެންސަރ، އެހެނިހެން އެންޑޯކްރައިން ގްލޭންޑް ގެ ޓިއުމަރަކާ އެކު ފެނިއްޖެނަމަ “މަލްޓިޕަލް އެންޑޯކޮރްއިން ޓިއުމަރސް” ގެނަމުން ނަން ކިޔެއެވެ.

އެހެނިހެން

ހިޔާލު

avatar